Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުއާދު ތައުފީގު

މި މަހު ފުއާދު ރާއްޖެ ވަޑައިގަންނަވަނީ!

ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 2 ނޮވެމްބަރު 2018 | ހުކުރު 13:42
ފުއާދު ތައުފީގް 2017 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރާއްޖެޓީވީ އަށް ދެއްވި އިންޓަވިއުގެ ތެރެއިން

ފުއާދު ތައުފީގް 2017 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރާއްޖެޓީވީ އަށް ދެއްވި އިންޓަވިއުގެ ތެރެއިން

އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަޤާމުގައި ކުރިން ހުންނެވި ފުއާދު ތައުފީގު ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެއްޖެއެވެ.

ފުއާދު މާލެ ވަޑައިގަންނަވަނީ ކޮންއިރަކުންތޯ މީހަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު މާލެ އަށް ބަދަލުވާން ނިންމަވާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ސްރީލަންކާގައި ހުންނަވައިގެން ރާއްޖެއެމްވީއަށް ފުއާދު މިދިޔަ އަހަރުގެ މާރޗް މަހު ދެއްވި އިންޓަވިއުއެއްގައި އޭރު ވިދާޅުވެފައިވަނީ އެއްވެސް މީހަކަށް ރާއްޖޭގައި ރައްކާތެރިކަމެއް ނެތް ކަމަށާއި އެހެންކަމުން ހުކުމުގެ މުއްދަތު ހަމަވިޔަސް ރައްކާތެރިކަން ލިބޭނެކަމުގެ އިހުސާސެއް ނުކުރެވޭ ކަމަށެވެ. އަދި ސުޕްރީމް ކޯޓުން ސޫމޯޓޯ މައްސަލައެއްގެ ގޮތުގައި ނުވަތަ އެ ކޯޓުން އަމިއްލަ އަށް އިސްނަގައިގެން ބެލި މައްސަލައެއްގައި ފުއާދުގެ މައްޗަށް އިއްވި ހުކުމް ތަންފީޒްކޮށް ނިމުމާ ގުޅިގެން ފުއާދު ވިދާޅުވީ ހުކުމް ތަންފީޒުކޮށް ނިމުނު ނަމަވެސް، އަމިއްލަ ރައްކާތެރިކަމާ މެދު އިތުބާރެއް ނެތް ކަމަށެވެ.

ސޫމޯޓޯ މައްސަލައެއްގައި ފުއާދުގެ މައްޗަށް 2014 ވަނަ އަހަރުގެ މާޗް 9 ވަނަ ދުވަހު އިއްވީ ހަ މަސް ދުވަހުގެ ޖަލު ހުކުމެކެވެ. ޖަލަށް ލާން ހުކުމް ކުރި ނަމަވެސް، ސުޕްރީމް ކޯޓުން ވަނީ ހުކުމް ތަންފީޒް ކުރުން ތިން އަހަރަށް ފަސް ކޮށްފަ އެވެ. އެ ހުކުމުގައިވާ ގޮތުން ތިން އަހަރުގެ މުއްދަތުގެ ތެރޭގައި އިތުރު ކުށެއް ނުކޮށްފި ނަމަ، ތިން އަހަރު ހަމަވުމުން ހުކުމް ތަންފީޒްކޮށް ނިމުނީއެވެ.

އެގޮތުން ފުއާދުގެ މައްޗަށް އިއްވި ހުކުމް ތަންފީޒްކޮށް ނިމިފައިވަނީ 2017 ވަނަ އަހަރުގެ މާރޗް މަހު 9 ވަނަ ދުވަހު އެވެ. އެ ހުކުމް އިއްވިތާ މާގިނަ ދުވަސްތަކެއް ނުވަނީސް ފުއާދު ވަނީ ލަންކާ އަށް ދިރިއުޅުއްވުން ބަދަލު ކުރައްވާފައެވެ.

ފުއާދުގެ މައްޗަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފައި ވަނީ 3,000 މީހުން ހަމަނުވާ ޕާޓީތައް އުވާނުލެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމަށް ގޮންޖައްސަވައި، އެކަމާ ބެހޭ ގޮތުން ކޯޓުން ނެރެފައިވާ އަމުރުތަކަށް އިހާނާތްތެރިވެ، މީޑިއާ މެދުވެރިކޮށް ފާޅުކަން ބޮޑު ގޮތެއްގައި އިލެކްޝަންސް ކޮމިޝަނުގެ މަސްއޫލުވެރިން ނުކިޔަމަންތެރިކަން ދައްކައި، އަދުލު އިންސާފު ގާއިމުކުރަން ހުރަސް އަޅައި، ކޯޓު ބަދުނާމުކުރުމުގެ އިތުރުން ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ކޯޓުގެ އިޖުރާއަތުތަކާއި އިހުތިސާސްތަކާ ދެކޮޅަށް އިހާނާތްތެރިކޮށް ކޮމިޝަންގެ ރައީސް ފުއާދު ވާހަކަ ދައްކާފައިވާ ކަމަށް ބުނެއެވެ.

ފުއާދުގެ މައްޗަށް ސަސްޕެންޑެޑް ޖަލު ހުކުމެއް އިއްވުމުގެ އިތުރުން ސުޕްރީމް ކޯޓުން ވަނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަގާމު ވެސް އޭނާ އަށް ގެއްލިފައިވާ ކަމަށް ހުކުމް ކޮށްފަ އެވެ. އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމުގެ މަގާމަށް، ފުއާދުއާއެކު އޭރުގެ އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަހުމަދު ފަޔާޒުގެ ޝަރުތު ހަމަނުވާ ކަމަށް އެ ހުކުމުގައިވެއެވެ.

އިންތިހާބުގައި އިދިކޮޅު ފަރާތްތަކުން ހޯދި ކާމިޔާބީއާއެކު ގިނަ ފަރާތްތަކުން ދަނީ އެނބުރި ރާއްޖެ ވަޑައިގަންނަވަމުންނެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އެ ޕާޓީގެ ރައީސް އަލީ ވަހީދުގެ އިތުރުން ކުރީގެ އޮޑިޓަ ޖެނެރަލް ނިޔާޒު އިބްރާހިމް ވެސް ވަނީ އެނބުރި ރާއްޖެ ވަޑައިގެންފައެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
15 ޖެނުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު