Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

ސަރުކާރު ބަދަލުވާއިރު ބަޖެޓް ތައްޔާރުކުރުމުގެ ފުރުސަތު އައު ސަރުކާރަށް ލިބޭ ގޮތަށް ގާނޫނު ބަދަލުކުރަންޖެހޭ: ކުއްޓި ނަޝީދު

 5 އަހަރުން އެއް އަހަރު ދައުރު ބަދަލުވާއިރު އެއަށް މާލިއްޔަތު ގާނޫނުގައި ޚާއްސަ ހާލަތެއް ގާއިމްކޮށްދީފައެއް ނެތް

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު, ރާއްޖެ އެމްވީ | 30 އޮކްޓޯބަރު 2018 | އަންގާރަ 09:23
ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު

ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު

ސަރުކާރު ބަލުވާއިރު ބަޖެޓް ތައްޔާރުކުރުމުގެ ފުރުސަތު އައު ސަރުކާރަށް ލިބޭ ގޮތަށް މާލިއްޔަތު ގާނޫނަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ތިންވަނަ ޖަލްސާގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2019 ވަނަ އަހަރުގެ ބަޖެޓް، މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމޮ ގޮތުގެ ރިޕޯޓްގެ ބަހުސް މަރްހަލާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ 5 އަހަރުން އެއް އަހަރު ދައުރު ބަދަލުވާއިރު އެއަށް ޚާއްސަ ހާލަތެއް މާލިއްޔަތު ގާނޫނުގައި ގާއިމްކޮށްދީފައި ނެތް ކަމަށެވެ.

Advertisement - newsAdvertisement

ނަޝީދު ވިދާޅުވީ މާލިއްޔަތު ގާނޫނުގެ 32 ވަނަ މާއްދާއަށް ބަދަލެއް ގެންނަން ޖެހޭ ކަމަށެވެ. އަދި ގާނޫނު އަސާސީގައި އޮތީ މާލީ އަހަރު ފެށުމުގެ ކުރިން ދައުލަތުގެ ބަޖެޓް ފާސްކުރަންވާނޭ ކަމަށް އޮތުމުން އަހަރު ފެށުމުގެ ކުރިން ބަޖެޓް ފާސްކުރެވޭނެ ގޮތަށް އާ ސަރުކާރަށް ފުރުސަތު ދެވެންޖެހެނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ހިގަމުންދާ މާލީ އަހަރު ހުސްވުމުގެ އެއް މަސް ކުރިން ބަޖެޓް މަޖިލީހަށް ހުށަހަޅަންޖެހޭ ކަމަށް ނިންމާފައި ވަނީ 2006 އަދި 2007 ވަނަ އަހަރު ރައްޔިތުންގެ މަޖިލިސް މެމްބަރުން ހެދި ގަވާއިދަކުން ކަމަށެވެ. ނަމަވެސް ދާދި ފަހުން އެ ގަވާއިދު އަނެއްކާ ވެސް މަޖިލިސް މެމްބަރުން ބަދަލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ގަވާއިދު ބަދަލުކޮށްފައި ވަނީ ސްކޫލް ކުދިންގެ ޗުއްޓީއާ ދިމާކޮށް މަޖިލިސް މެމްބަރުން، މަޖިލީހުގެ ބޮޑު ޗުއްޓީއަށް ދިއުމަށް އޭގެ އެއް މަސްކުރިން ބަޖެޓް ފާސްކުރުމުގެ ބޭނުމުގައި ކަމަށެވެ.

އެކެއް ނޮވެމްބަރުގެ ކުރިން މަޖިލީހަށް ބަޖެޓް ހުށަހަޅަން ގަވާއިދަށް ބަދަލު ގެނައުމުގެ ސަބަބުން ފިނޭންސް މިނިސްޓްރީއަށް ވެސް މިހާރު ބޮޑު ޕްރެޝަރެއް އުފުލަންޖެހިފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އެ ގާނޫނެއް ނުދަނޭ، އަޅުގަނޑުމެން ދަންނަވަން މި އުޅޭ އެއްޗަކީ 5 އަހަރުން އެއް އަހަރު ރިޔާސީ އިންތިޚާބެއް އޮންނާނެ ކަމެއް. އާ ސަރުކާރެއް އަތުވެދާނެ ކަމެއް. ސިޔާސަތުތައް ބަދަލުވެދާނެ ކަމެއް. އެހެންވީމަ އަޅުގަނޑުމެން އެ ގާނޫނަށް ވެސް އެ ޖާގަދޭންޖެހޭ ކޮންމެވެސް ވަރަކަށް ލަސް ވަގުތެއްގައި އެ މީހުންނަށް (އާސަރުކާރަށް) އެކަން ކުރެވޭނެ ގޮތެއް ވުން،" ނަޝީދު ވިދާޅުވިއެވެ.

މޮޅު ގާނޫނީ ވަކީލެއްގެ ގޮތުގައި ވެސް މަޝްހޫރުކަން ހޯއްދަވާފައިވާ ނަޝީދު ވިދާޅުވީ ސަރުކާރު ބަދަލުވާ އިރު މިހާރު އޮތް ސަރުކާރުން ބަޖެޓް ހުށަހެޅުމަކީ މާ ހަރުދަނާ ކަމެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ. އަދި ވަގުތީ ހައްލެއް ހޯދުމަށްޓަކައި 100 ދުވަހުގެ ޕްރޮގްރާމްތަކަކަށްވާ ޚަރަދެއް އޭގެ ތެރޭގައި ހިމަނުއްވައިގެން މުޅި މަންޒަރު ފެންނާނެ ކަމެއް ކަމަކަށް ގަބޫލުނުކުރެއްވޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ފަސް އަހަރުން އެއް އަހަރު ވެރިކަން ބަދަލުވާ ނަމަ ބަޖެޓް ހުށަހެޅުމުގެ ފުރުސަތު ދިގުދަންމާލުމަށް މި އަހަރުގެ ތަޖުރިބާ އިން ފިލާވަޅެއް ލިބިގަންނަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު