Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ ދައުރު

ރިއާސީ ދައުރު ނޮވެމްބަރު 11 އަށް ނިންމަވާނެކަމަށް އިބޫ ވިދާޅުވި: އިބްރާހިމް ދީދީ

30 އޮކްޓޯބަރު 2018 | އަންގާރަ 00:16

ރިޔާސީ ދައުރު ނޮވެމްބަރު 11 އަށް ނިންމަވާނެކަމަށް އިބޫ ވިދާޅުވި

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 30 އޮކްޓޯބަރު 2018 | އަންގާރަ 00:16
ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އިބްރާހިމް މުހައްމަދު ދީދީ

ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އިބްރާހިމް މުހައްމަދު ދީދީ

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ރިޔާސީ ދައުރު، މި އަހަރުގެ ނޮވެމްބަރު 17 ގައި ފެއްޓެވިޔަސް، އޭގެ ފަހުން ވެރިކަމަށް އިންތިޚާބުވާ ބޭފުޅަކު ނޮވެމްބަރު 11 ގައި މަގާމުގެ ހުވާ ކުރެއްވުމުގެ ފުރުސަތު ދެއްވުމަށް އެ މަނިކުފާނު ނިންމަވާފައިވާ ކަމަށް، މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އިބްރާހިމް މުހައްމަދު ދީދީ ހޯމަ ދުވަހުގެރޭ ވިދާޅުވެއްޖެއެވެ.

ރައީސް އަބްދުﷲ ޔާމީން ވެރިކަމުގެ ހުވާ ކުރައްވާފައި ވަނީ، 2013 ނޮވެމްބަރު 17 ގައި ކަމަށް ވާތީ، ސަރުކާރުން ބުނާ ގޮތުގައި އެމަނިކުފާނުގެ ރިއާސީ ދައުރު ހަމަވާނީ މި އަހަރުގެ ނޮވެމްބަރު 17 ގަ އެވެ. ނަމަވެސް ގާނޫނުއަސާސީ އަށާއި ރާއްޖޭގައި އަމަލު ކުރަމުން އަންނަ ގޮތަށް ބަލާއިރު، ރިއާސީ ދައުރު ފެށެނީ ނޮވެމްބަރު 11 ކަމަށް ވާތީ، ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ބޮޑު ބަހުސެއް އުފެދިފަ އެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގައި އާދިއްތަ ދުވަހު ބަހުސްކޮށް ނިންމާފައިވަނީ ރައީސް ޔާމީންގެ ރިޔާސީ ދައުރު ހަމަވާނީ އަންނަ ނޮވެމްބަރު މަހުގެ 17 އަށް ކަމުގައި ވާތީ، ރައީސް ކަމުގެ ހުވާ އިބްރާހިމް މުހައްމަދު ސޯލިހް ކުރައްވާނީ އެ ދުވަހު ކަމަށެވެ.

"މިހާރު" ނޫހާއި ވާހަކަ ދައްކަވަމުން ދީދީ ވިދާޅުވެފައިވަނީ އެ ތާރީޚު އެ ގޮތަށް ގެންދަވަން ބޭނުންފުޅުވާތީ ރިޔާސީ ދައުރު ނޮވެމްބަރު 11 އަށް ނިންމަވައި، އޭގެ ފަހުން އިންތިޚާބުވާ ރައީސަކަށް ނޮވެމްބަރު 11 ގައި ހުވާ ކުރެއްވޭނެ ގޮތް ހަމަޖައްސަވަން ނިންމާފައިވާ ކަމަށް އިބްރާހިމް މުހައްމަދު ސޯލިހް އާދިއްތަ ދުވަހު ވިދާޅުވިކަމަށެވެ.

ދީދީ ވިދާޅުވި ގޮތުގައި އިންތިޚާބީ ރައީސް އެ މޭރުމުން ވާހަކަފުޅު ދެއްކެވީ، ރިއާސީ ދައުރު ފެށުމާ ގުޅޭ ގޮތުން އާދިއްތަ ދުވަހު މަޖިލީހަށް ހުށަހެޅިފައި އޮތް މައްސަލައާ ބެހޭ ގޮތުން މަޖިލީހުގެ ތެރޭގައި ކުރެވުނު ނުރަސްމީ މަޝްވަރާތަކުގެ ތެރޭގަ އެވެ.

މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ރައީސް ޔާމީންގެ ރިއާސީ ދައުރު ނިމޭ ދުވަހަކާ މެދު ޚިޔާލު ތަފާތުވުން އުފެދިފައިވާ މި ދަނޑިވަޅުގައި، ނޮވެމްބަރު 11 ވަނަ ދުވަހު މަގާމުގެ ހުވާ ކުރައްވައިގެން، އެކަން ކުރެއްވީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް އެ މަނިކުފާނާ ދިމާލަށް ބުނާނެ ޖާގަ ދެއްވަން ބޭނުންފުޅު ނުވާ ކަމަށެވެ. އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ރައީސް ކަމުގެ ހުވާ ކުރައްވަން ބޭނުންފުޅު ވަނީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

ރާއްޖޭގައި ރިއާސީ ދައުރު ބަދަލުވާ ދުވަހެއްގެ ގޮތުގައި ޒަމާނުއްސުރެ ހަމަޖެހިފައި އޮންނަނީ، 1968 ވަނަ އަހަރު ރާއްޖޭގެ ވެރިކަން ޖުމްހޫރީ ނިޒާމަކަށް ބަދަލުވެ ފުރަތަމަ ރައީސްގެ ހައިސިއްޔަތުން އިބްރާހިމް ނާސިރު ވެރިކަމާ ހަވާލުވެވަޑައިގަތް ދުވަސް ކަމަށްވާ ނޮވެމްބަރު 11 އެވެ. އޭގެ ފަހުން ނޮވެމްބަރު 11 އަކީ ރާއްޖޭގެ ޖުމްހޫރީ ދުވަހެވެ.

ރައީސް ޔާމީން ފިޔަވައި ދެ ވަނަ ޖުމްހޫރިއްޔާގެ ހުރިހާ ރައީސުން ވެސް މިހާތަނަށް ހުވާ ކުރައްވާފައި ވަނީ ނޮވެމްބަރު 11ގަ އެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

07 އެޕްރީލު 2017

ރައީސް ޔާމީނަކީ ގަދަ ބާރުން ކަންތައް ކުރައްވަން އާދަވެފައި ހުރި ބޭފުޅެއް: އިބޫ

07 އެޕްރީލު 2017
ރައީސް ޔާމީނަކީ ގަދަ ބާރުން ކަންތައް ކުރައްވަން އާދަވެފައި ހުރި ބޭފުޅެއް: އިބޫ
07 އެޕްރީލު 2017

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތާއީދު ހޯދުމަށް މަސައްކަތްކުރުމަކީ ރިޝްވަތު ދިނުމެއް ނޫން: އިބޫ

07 އެޕްރީލު 2017
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތާއީދު ހޯދުމަށް މަސައްކަތްކުރުމަކީ ރިޝްވަތު ދިނުމެއް ނޫން: އިބޫ
03 އެޕްރީލު 2017

އަބްދުﷲ ރިޔާޒުގެ މައްޗަށް ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރާ ކަމަށް ތުހުމަތުކޮށްފި

03 އެޕްރީލު 2017
އަބްދުﷲ ރިޔާޒުގެ މައްޗަށް ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރާ ކަމަށް ތުހުމަތުކޮށްފި
30 މާރިޗު 2017

ޕީޕީއެމްގެ ގިނަ މެމްބަރުންގެ ތާއީދު ލިބިއްޖެ، ދެން ވަންނާނީ ހުރިހާ ކަމަކަށް ތައްޔާރުވެގެން: އިބޫ

30 މާރިޗު 2017
ޕީޕީއެމްގެ ގިނަ މެމްބަރުންގެ ތާއީދު ލިބިއްޖެ، ދެން ވަންނާނީ ހުރިހާ ކަމަކަށް ތައްޔާރުވެގެން: އިބޫ
29 މާރިޗު 2017

ސަރުކާރު މިވަނީ ގޮތް ހުސްވެފައި: އިބޫ

29 މާރިޗު 2017
ސަރުކާރު މިވަނީ ގޮތް ހުސްވެފައި: އިބޫ
27 މާރިޗު 2017

ޖަލްސާ ފެށުނީއްސުރެ ސިސްޓެމްގައި ވަނީ މައްސަލަ ޖެހިފައި: އިބޫ

27 މާރިޗު 2017
ޖަލްސާ ފެށުނީއްސުރެ ސިސްޓެމްގައި ވަނީ މައްސަލަ ޖެހިފައި: އިބޫ
26 މާރިޗު 2017

މަސީޙުގެ ވޯޓު އޮބްޒަރވް ކުރުމަށް ނޫސްވެރިންނާއި ޖަމިއްޔާތައް ދިއުމަށް އިބޫ ގޮވާލައްވައިފި

26 މާރިޗު 2017
މަސީޙުގެ ވޯޓު އޮބްޒަރވް ކުރުމަށް ނޫސްވެރިންނާއި ޖަމިއްޔާތައް ދިއުމަށް އިބޫ ގޮވާލައްވައިފި
25 މާރިޗު 2017

އެއްބަސްވުމާ އެއްގޮތަށް ގައުމީ މަސައްކަތުގައި ލީޑަރުން ދެމިތިބޭނެ: އިބޫ

25 މާރިޗު 2017
އެއްބަސްވުމާ އެއްގޮތަށް ގައުމީ މަސައްކަތުގައި ލީޑަރުން ދެމިތިބޭނެ: އިބޫ
22 ފެބުރުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުވަން މަޖިލީހުން ހުރަސް އަޅާ: އިބޫ

22 ފެބުރުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުވަން މަޖިލީހުން ހުރަސް އަޅާ: އިބޫ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް