Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ12 މެންބަރުންގެ މައްސަލަ

މުސަތަފާ، ޝާހު، މުހަންމާ އަދި ޝަހުދީގެ ގޮނޑީގެ މައްސަލަ މާދަމާ ސުޕްރީމް ކޯޓުން ނިންމަނީ

29 އޮކްޓޯބަރު 2018 | ހޯމަ 19:37

ގޮނޑި ގެއްލުނު ކަމަށް ބުނާ 12 މެމްބަރުންގެ ތެރެއިން 8 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމް ކޮށްފި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 29 އޮކްޓޯބަރު 2018 | ހޯމަ 19:37
ގޮނޑި ގެއްލުނު ކަމަށް ބުނާ ބައެއް މެމްބަރުންނާއި، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެމްބަރުން

ގޮނޑި ގެއްލުނު ކަމަށް ބުނާ ބައެއް މެމްބަރުންނާއި، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެމްބަރުން

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ނިންމުން ބާތިލު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން މިހާތަނަށް ވަކިގޮތެއް ނިންމާފައިނުވާ ހަތަރު މައްސަލައަށް ގޮތެއް ނިންމުމަށް ސުޕްރީމް ކޯޓުގައި ތާވަލް ކޮށްފި އެވެ.

މީގެ އަހަރެއް ކުރިން ސުޕްރީމް ކޯޓަށް އެ 12 މެމްބަރުން ވަކިވަކި ހުށަހެޅި މައްސަލަތަކުގެ ތެރެއިން ސުޕްރީމް ކޯޓުގައި އަންގަރާ ދުވަހަށް ތާވަލް ކޮށްފައިވަނީ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲގެ އިތުރުން ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ އެވެ.

Advertisement - newsAdvertisement

މުސްތަފާގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ މައްސަލާގައި ހުކުމް ކުރުމަށް ބާއްވާ ޝަރީއަތް ތާވަލް ކޮށްފައިވަނީ 10:00 އަށެވެ. ޝާހުގެ ގޮނޑިއާމެދު ގޮތެއް ނިންމުމަށް ތާވަލް ކޮށްފައިވަނީ 11:00 އަށެވެ. މީގެ އިތުރުން މުހަންމާގެ ގޮނޑީގެ މައްސަލައާމެދު ގޮތެއް ނިންމުމަށް ތާވަލް ކޮށްފައިވަނީ 13:15 ގައެވެ. އަދި ޝަހުދީގެ ގޮނޑީގެ މައްސަލައާމެދު ގޮތެއް ނިންމުމަށް ތާވަލް ކޮށްފައިވަނީ 14:15 ގަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލިފައިވާ ކަމަށް ނިންމި 12 މެމްބަރުންގެ ތެރެއިން 8 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން ވަނީ ހުކުމް ކޮށްފަ އެވެ.

ސުޕްރީމް ކޯޓުން ގޮނޑި ނުގެއްލޭ ކަމަށް ހޯމަ ދުވަހު ނިންމާފައިވާ މެމްބަރުންނަކީ ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު އާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު އާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އަދި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނުގެ ގޮނޑި އެވެ.

މިމަހުގެ 8 ވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް އާއި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ އިތުރުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދުގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ވަނީ ނިންމާފަ އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

30 އޮކްޓޯބަރު 2017

ސައުދާއި މުސްތަފާ އަދި ޝާހު ވަކިކުރުން ދެކޮޅެއް ނުޖެހޭ:ރައީސް މައުމޫން

30 އޮކްޓޯބަރު 2017
ސައުދާއި މުސްތަފާ އަދި ޝާހު ވަކިކުރުން ދެކޮޅެއް ނުޖެހޭ:ރައީސް މައުމޫން
30 އޮކްޓޯބަރު 2017

މުސްތަފާ އާއި ސައުދުﷲ އަދި ޝާހު ޕީޕީއެމުން ވަކިކުރަން ނިންމައިފި

30 އޮކްޓޯބަރު 2017
މުސްތަފާ އާއި ސައުދުﷲ އަދި ޝާހު ޕީޕީއެމުން ވަކިކުރަން ނިންމައިފި
15 އޯގަސްޓު 2017

ގޮނޑީގެ މައްސަލައިގެ ބަޔާންތަކުގައި ސޮއިކުރުމަށް މެންބަރުން ސުޕްރީމް ކޯޓަށް!

15 އޯގަސްޓު 2017
ގޮނޑީގެ މައްސަލައިގެ ބަޔާންތަކުގައި ސޮއިކުރުމަށް މެންބަރުން ސުޕްރީމް ކޯޓަށް!
13 އޯގަސްޓު 2017

އަމީތާއި ލަތީފުގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުން ނިމިއްޖެ، ދެން އޮތީ ހުކުމް

13 އޯގަސްޓު 2017
އަމީތާއި ލަތީފުގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުން ނިމިއްޖެ، ދެން އޮތީ ހުކުމް
13 އޯގަސްޓު 2017

ވައްޑޭގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި

13 އޯގަސްޓު 2017
ވައްޑޭގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި
17 ޖުލައި 2017

އަނދަ ގޮނޑިޖަހައި ބުރިން ހަންނެގިޔަސް ވޯޓް ދޭނީ މާސީހާ ދެކޮޅަށް:މުހަންމާ

17 ޖުލައި 2017
އަނދަ ގޮނޑިޖަހައި ބުރިން ހަންނެގިޔަސް ވޯޓް ދޭނީ މާސީހާ ދެކޮޅަށް:މުހަންމާ
10 ޖުލައި 2017

މެންބަރު ޝާހު ވެސް ޕީޕީއެމް އިން ވަކިވެވަޑައިގެންފި

10 ޖުލައި 2017
މެންބަރު ޝާހު ވެސް ޕީޕީއެމް އިން ވަކިވެވަޑައިގެންފި
10 ޖުލައި 2017

މުހަންމާ ވެސް ޕީޕީއެމްއިން ވަކިވެއްޖެ

10 ޖުލައި 2017
މުހަންމާ ވެސް ޕީޕީއެމްއިން ވަކިވެއްޖެ
08 ޖުލައި 2017

މަސީހުއާ ދެކޮޅަށް މިހުރީ ސާބިތު ކަމާއެކު، ސޮއި އަނބުރާ ނުގެންނާނަން: މުހަންމާ

08 ޖުލައި 2017
މަސީހުއާ ދެކޮޅަށް މިހުރީ ސާބިތު ކަމާއެކު، ސޮއި އަނބުރާ ނުގެންނާނަން: މުހަންމާ
20 މެއި 2017

ޔާމީންގެ މަރުގެ ތަހުގީގަށް ހުރަސް އެޅި ކަމަށް ތުހުމަތު ކުރާ ގާނޫނީ ވަކީލް އަލީ ޝާހު ޝަރުތުތަކަކާއެކު ދޫކޮށްލައިފި

20 މެއި 2017
ޔާމީންގެ މަރުގެ ތަހުގީގަށް ހުރަސް އެޅި ކަމަށް ތުހުމަތު ކުރާ ގާނޫނީ ވަކީލް އަލީ ޝާހު ޝަރުތުތަކަކާއެކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް