Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

އިންތިހާބީ ރައީސަށް ނޮވެމްބަރު 11ގައި ހުވާ ކުރަން ހުރަހެއް ނެތް: އީސީ

22 އޮކްޓޯބަރު 2018 | ހޯމަ 16:12

އެގޮތަށް ނިންމީ ފަސް މެމްބަރުންގެ އިއްތިފާގުން

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 22 އޮކްޓޯބަރު 2018 | ހޯމަ 16:12
އީސީގެ މެމްބަރުންނާއި ބައެއް ގާނޫނީ ވަކީލުން ސުޕްރީމް ކޯޓުގެ ބޭރުގައި

އީސީގެ މެމްބަރުންނާއި ބައެއް ގާނޫނީ ވަކީލުން ސުޕްރީމް ކޯޓުގެ ބޭރުގައި

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންނަ ނޮވެމްބަރު 11ގައި ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމަށް ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން އެގޮތަށް ނިންމީ އެ ކޮމިޝަނުން މިއަދު ބޭއްވި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ފަސް މެމްބަރުންގެ އިއްތިފާގުންނެވެ.

Advertisement - newsAdvertisement

އީސީގެ ރައީސް އަހުމަދު ޝަރީފު ރިޔާސަތު ބެލެހެއްޓެވި އެ ބައްދަލުވުމާ ގުޅޭ ގޮތުން، އެ ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް "ރާއްޖެއެމްވީ" އަށް ވިދާޅުވީ ކޮމިޝަނުން އެގޮތަށް ނިންމާފައި ވަނީ އިންތިހާބީ ރައީސް ސޯލިހު އެ ކޮމިޝަނަށް ހުށަހެޅުއްވި ސިޓީއަކާ ގުޅިގެން ކަމަށެވެ. އެގޮތުން ރައީސް ސޯލިހު ނޮވެމްބަރު 11ގައި ހުވާ ކުރެއްވުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށް އަންގައި، އެމަނިކުފާނު ފޮނުވި ސިޓީގެ ޖަވާބު ފޮނުވާފައިވާ ކަމަށް އަކްރަމް ވިދާޅުވިއެވެ.

އީސީން އިބޫއަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ 2013 ވަނަ އަހަރުގެ ނޮވެމްބަރު 11ގައި ފެށުނު ރިޔާސީ ދައުރަށް ރައީސް އަބްދުﷲ ޔާމީން އިންތިހާބުވި ކަމަށް އެ ކޮމިޝަނުން ކުރިން އިއުލާނު ކޮށްފައިވާ ކަމަށާއި 2013ގައި ފެށުނު ރިޔާސީ ދައުރު ނިމޭނީ މި އަހަހަރުގެ ނޮވެމްބަރު 11އަށް ކަމަށެވެ. އެހެންކަމުން އަންނަ ނޮވެމްބަރު 11ގައި އިންތިހާބީ ރައީސް ސޯލިހަށް ހުވާ ކުރެއްވުމަށް ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.

އެ ކޮމިޝަނުން އެގޮތަށް ނިންމާފައި ވާއިރު، ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ދައުރު ނިމެނީ ނޮވެމްބަރު 17ގައި ކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން އެ ކޮމިޝަނަށް ކުރިން ވަނީ އަންގާފައެވެ. އެ ކޮމިޝަނުން ރިޔާސީ އިންތިހާބު ބާއްވާފައި ވަނީ ވެސް ބަންޑާރަ ނާއިބުގެ އޮފީހުގެ އެ އެންގުމާ އެއްގޮތަށް، ގާނޫނުގައި ބުނާ މުއްދަތަށް ބެލުމަށްފަހުގައެވެ.

ނަމަވެސް ގާނޫނުއަސާސީގެ 125 ވަނަ މާއްދާގެ (ނ)ގައި ބާރު އަޅާފައި ވަނީ ނޮވެމްބަރު 11ގައި ރިޔާސީ ދައުރު ނިމި، އާ ދައުރު ފެށޭނީ ވެސް ހަމަ އެ ދުވަހު ކަމަށެވެ. އެ މާއްދާގައި ބުނެފައި ވަނީ އެއްވެސް ސަބަބެއް މެދުވެރިވެގެން ހިނގަމުންދާ ރިޔާސީ ދައުރެއްގެ ތެރޭގައި އަލުން ރިޔާސީ އިންތިހާބެއް ބާއްވާންޖެހިގެން އިންތިހާބެއް ބާއްވައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ މަގާމަށް އަލުން އިންތިހާބުވި މީހުން މަގާމުގައި ދެމި ތިބޭނީ ބުނެވިދިޔަ ރިޔާސީ ދައުރުގެ ބާކީ އޮންނަ މުއްދަތަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

29 މެއި 2017

ސިޓީ ކައުންސިލްތަކުގެ މެމްބަރުން ހުވާކުރާނެ ތަން ހަމަޖައްސަދީފި

29 މެއި 2017
ސިޓީ ކައުންސިލްތަކުގެ މެމްބަރުން ހުވާކުރާނެ ތަން ހަމަޖައްސަދީފި
28 މެއި 2017

މާލެ ސިޓީގެ އާ ކައުންސިލް ހުވާކުރަން ދަރުބާރުގެ ނުލިބިގެން ޣިޔާސުއްދީނަށް

28 މެއި 2017
 މާލެ ސިޓީގެ އާ ކައުންސިލް ހުވާކުރަން ދަރުބާރުގެ ނުލިބިގެން ޣިޔާސުއްދީނަށް
26 މެއި 2017

ސިޓީ ކައުންސިލްތަކަށް ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވާނެ ތަނެއް ހަމަނުޖެހިފައި

26 މެއި 2017
ސިޓީ ކައުންސިލްތަކަށް ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވާނެ ތަނެއް ހަމަނުޖެހިފައި
25 މެއި 2017

ހޯލެއް ނުލިބިގެން އައްޑޫ ސިޓީ ކައުންސިލް މެމްބަރުން ހުވާކުރުން މަގުމަތީގައި!

25 މެއި 2017
ހޯލެއް ނުލިބިގެން އައްޑޫ ސިޓީ ކައުންސިލް މެމްބަރުން ހުވާކުރުން މަގުމަތީގައި!
16 މެއި 2017

މަޖިލިސް މެންބަރުން ހުވާ ކުރައްވަނީ ރައީސަށް އިޚުލާސްތެރިވާކަށް ނޫން، ސަރުކާރާއި ޕާޓީ ހިންގުން އެއްކޮށްގެން ނުވާނެ: ތައުފީޤު

16 މެއި 2017
މަޖިލިސް މެންބަރުން ހުވާ ކުރައްވަނީ ރައީސަށް އިޚުލާސްތެރިވާކަށް ނޫން، ސަރުކާރާއި ޕާޓީ ހިންގުން އެއްކޮށްގެން ނުވާނެ: ތައުފީޤު
15 މެއި 2017

އައު ކައުންސިލަރުން ހުވާ ކުރުމަށް އަންނަ ޖޫން މަހުގެ 3 ވަނަ ދުވަސް ކަނޑައަޅައިފި

15 މެއި 2017
އައު ކައުންސިލަރުން ހުވާ ކުރުމަށް އަންނަ ޖޫން މަހުގެ 3 ވަނަ ދުވަސް ކަނޑައަޅައިފި
09 މެއި 2017

ކައުންސިލަރުން ހުވާކުރުން ޖޫން މަހުގެ 3 ގައި

09 މެއި 2017
ކައުންސިލަރުން ހުވާކުރުން ޖޫން މަހުގެ 3 ގައި
09 މެއި 2017

ފްރާންސްގެ އިންތިހާބީ ރައީސަށް ރައީސް ޔާމީން ތަހުނިޔާ ވިދާޅުވެއްޖެ

09 މެއި 2017
ފްރާންސްގެ އިންތިހާބީ ރައީސަށް ރައީސް ޔާމީން ތަހުނިޔާ ވިދާޅުވެއްޖެ
20 ފެބުރުއަރީ 2017

އިބްރާހީމް ޝަހީޤް ސީއެސްސީގެ މެންބަރުކަމުގެ ހުވާ ކުރައްވައިފި

20 ފެބުރުއަރީ 2017
އިބްރާހީމް ޝަހީޤް ސީއެސްސީގެ މެންބަރުކަމުގެ ހުވާ ކުރައްވައިފި
12 ފެބުރުއަރީ 2017

މަޖީދިއްޔާ ސްކޫލުގެ ސްޓޫޑަންޑް ކައުންސިލް މެންބަރުން ހުވާކޮށްފި

12 ފެބުރުއަރީ 2017
މަޖީދިއްޔާ ސްކޫލުގެ ސްޓޫޑަންޑް ކައުންސިލް މެންބަރުން ހުވާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް