Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ބޮލީވުޑް

ރަންބީރު އާލިއާ އާ އެކު ނިއުޔޯކްގައި ވަގުތު ހޭދަކުރަނީ

ރަންބީރާއި ނީތޫ ނިއުޔޯކަށް ގޮސްފައި ވަނީ ރަންބީރުގެ ބައްޕަ ރިޝީ ކަޕޫރުގެ ބޭސްފަރުވާ އަށް

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ, ރާއްޖެ އެމްވީ | 18 އޮކްޓޯބަރު 2018 | ބުރާސްފަތި 13:45
ރަންބީރު ކަޕޫރާއި އާލިއާ ބަޓް

ރަންބީރު ކަޕޫރާއި އާލިއާ ބަޓް

ރަންބީރު ކަޕޫރު އޭނާގެ ލޯބިވެރިޔާ އާލިއާ ބަޓްއާ އެކު ނިއުޔޯކްގައި ވަގުތު ހޭދަކުރަން ފަށައިފިއެވެ.

ރަންބީރުގެ މަންމަ ނީތޫ ސިންގް ވަނީ އޭނާގެ އިންސްޓަގްރާމްގައި ނިއު ޔޯކްގެ މަގުމަތީގައި ހިނގާފައި ދަނިކޮށް ފުރަގަހުން ނަގާފައިވާ ރަންބީރު ކަޕޫރުގެ ފޮޓޯއެއް ޕޯސްޓްކޮށްފައެވެ. އެ ފޮޓޯގައި އޭނާ ލައިގެން ހުރީ ނޫކުލައިގެ ޓީޝާޓަކެވެ. ބެކް ޕެކް އަޅައިގެން ހުރި އިރު އޭނާގެ ބޮލުގައި ވަނީ ކެޕެއް އަޅާފައެވެ.

އެ ފޮޓޯގެ ކެޕްޝަންގައި ލިޔެފައި ވަނީ "ދަ ސްޓްރެންތު" އެވެ. އެ ފޮޓޯވެގެން ގޮސްފައި ވަނީ ފޭނުން ވަރަށް ގަޔާވާ ފޮޓޯ އަކަށެވެ.

ނީތޫގެ ފޮލޯވަރުން ވަނީ ރަންބީރުގެ ފޮޓޯ ޝެއަރ ކުރުމުން އެކަމަށް ޝުކުރު އަދާކޮށްފައެވެ.

"ގިނަ ފޮޓޯތައް ޕޯސްޓް ކުރުމަށް އެދެން... އޭނާ އަމިއްލައަށް އިންސްޓަގްރާމްގައި ނޫޅޭ. އޭނާ ފެންނާނެ ހަމައެކަނި ގޮތަކީ މިއީ.." ފޭނެއް ކޮށްފައިވާ ކޮމެންޓެއްގައި ވެއެވެ.

ކޮންމެއަކަސް އެ ފޮޓޯގައި މިވަގުތު ނިއުޔޯކްގައި ހުރި ރަންބީރުގެ ލޯބިވެރިޔާ އާލިއާ ފެންނަން ނެތުމުން ގިނަ ފޭނުންނަށް ވަނީ ހައިރާންކަން ލިބިފައެވެ.

އާލިއާ ވަނީ އަންގާރަ ދުވަހު ނިއުޔޯކްގެ މަގުމަތީގައި ނަގާފައިވާ ފޮޓޯ އެއް ޕޯސްޓްކޮށްފައެވެ.

ނީތޫ ޕޯސްޓް ކޮށްފައިވާ ފޮޓޯގައި އާލިއާ ނެތް ނަމަވެސް ބައެއް ފޭނުންގެ އެކައުންޓްތަކުން ޕޯސްޓް ކޮށްފައިވާ ފޮޓޯތަކުގައި އެ ދެ ލޯބިވެރިން އެކުގައި ނިއު ޔޯކްގެ މަގުމަތިން ފެނިގެން ދެއެވެ.

ރަންބީރާއި ނީތޫ ނިއުޔޯކަށް ގޮސްފައި ވަނީ ރަންބީރުގެ ބައްޕަ ރިޝީ ކަޕޫރުގެ ބޭސްފަރުވާ އަށެވެ.

ނިއު ޔޯކަށް ފުރުމުގެ ކުރިން ރިޝީ ކޮށްފައިވާ ޓްވީޓްގައި ބުނެފައި ވަނީ ބޭސްފަރުވާ އަށް އެމެރިކާ އަށް ދިއުމަށްޓަކައި މަސައްކަތާއި ދުރުވެ ކުޑަ ދުވަސް ކޮޅަކަށް ޗުއްޓީ އެއް ނަގާ ކަމަށެވެ. އަދި އޭނާއަށް ހެޔޮއެދޭ މީހުންގެ ކިބައިން ކަންބޮޑު ނުވުމަށް ވަނީ އެދިފައެވެ.

މީގެ އިތުރުން ރިޝީ ބުނެފައި ވަނީ ބޮލީވުޑްގެ ފިލްމުތައް ކުޅޭތާ 45 އަހަރު ވެފައިވާ ކަމަށާއި ފޭނުންގެ ލޯތްބާއި ހެޔޮއެދުމާ އެކު ވަރަށް އަވަހަށް އެނބުރި އަންނާނެ ކަމަށެވެ.

ރަންބީރު މިހާރު ކުރަމުންދާ މަސައްކަތްތަކަށް ބަލާއިރު އޭނާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ އަޔާން މުކަރްޖީގެ "ބްރަމާސްތްރާ" އިންނެވެ. ކަރަން ޖޯހަރު ޕްރޮޑިއުސްކުރާ މި ފިލްމްގައި ފެނިގެން ދަނީ އަމީތާބް ބަޗަން އާއި އާލިއާ ބަޓް، ނަގަރް ޖޫނާ އަދި މޮއުނީ ރޯއީ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހަތަރު ފަޔާއި އިތުރު ގުނަވަންތަކާ އެކު އުފަންވި ކުއްޖާ އޮޕަރޭޝަން ކޮށްފި

ހަތަރު ފަޔާއި އިތުރު ގުނަވަންތަކާ އެކު އުފަންވި ކުއްޖާ އޮޕަރޭޝަން ކޮށްފި

10 ފެބުރުއަރީ 2017
ސަންޖޭގެ ފިލްމްގައި ރަންބީރުގެ މަންމަގެ ރޯލު ކުޅޭނީ މަނީޝާ

ސަންޖޭގެ ފިލްމްގައި ރަންބީރުގެ މަންމަގެ ރޯލު ކުޅޭނީ މަނީޝާ

09 ފެބުރުއަރީ 2017
ސަންޖޭގެ ހަޔާތާ ގުޅޭ ފިލްމެއް ކުޅެން ރަންބީރު 13 ކިލޯ ބަރުވެއްޖެ

ސަންޖޭގެ ހަޔާތާ ގުޅޭ ފިލްމެއް ކުޅެން ރަންބީރު 13 ކިލޯ ބަރުވެއްޖެ

07 ފެބުރުއަރީ 2017
ޓްވިންސަކަށް ބިޔޯންސޭ ބަލިވެ އިން ޚަބަރާއެކު އެތައް މިލިއަން ބަޔަކު އިންޓަނެޓްގައި އުފާ ފާޅުކުރަނީ

ޓްވިންސަކަށް ބިޔޯންސޭ ބަލިވެ އިން ޚަބަރާއެކު އެތައް މިލިއަން ބަޔަކު އިންޓަނެޓްގައި އުފާ ފާޅުކުރަނީ

02 ފެބުރުއަރީ 2017
އަވަސް އަރުވާލައިގެން ހޮލީވޫޑް ފިލްމެއް ކުޅެން މިވަގުތު ބޭނުމެއް ނުވޭ: އަނުޝްކާ

އަވަސް އަރުވާލައިގެން ހޮލީވޫޑް ފިލްމެއް ކުޅެން މިވަގުތު ބޭނުމެއް ނުވޭ: އަނުޝްކާ

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު