އިންތިގާލީ ކޮމެޓީތަކުން ބޭރުގެ އެމްބަސީތަކަށް ޒިޔާރަތް ކުރަން ފަށައިފި
16 އޮކްޓޯބަރު 2018 | އަންގާރަ 14:27ފޮރިން އެފެއާރޒް ޓްރާންސިޝަން ކޮމިޓީއިން ލަންކާގައި ހުންނަ ދިވެހި އެމްބަސީގެ އިސްވެރިންނާ ބައްދަލުކުރުން

ފޮރިން އެފެއާރޒް ޓްރާންސިޝަން ކޮމިޓީން ލަންކާގައި ހުންނަ ދިވެހި އެމްބަސީގެ އިސްވެރިންނާ އެކު
އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަރާތުން ވެރިކަން ބަދަލުކުރުމުގެ މަރުހަލާ ހިންގާ އިންތިގާލީ ކޮމެޓީތަކުން ބޭރުގެ އެމްބަސީތަކަށް ޒިޔާރަތް ކުރަން ފަށައިފިއެވެ.
އެމްޑީޕީން ބުނީ ފޮރިން އެފެއަރޒް ޓްރާންސިޝަން ކޮމިޓީ އިން ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީގެ އިސްވެރިންނާ ހޯމަ ދުވަހު ބައްދަލު ކޮށްފައިވާ ކަމަށެވެ. ނަމަވެސް މި ބައްދަލުވުމުގެ އިތުރު ތަފްސީލެއް އެމްޑީޕީން ނުދެއެވެ.
އިންތިގާލީ މަރުހަލާގެ ކޮމެޓީތަކުން ވަނީ ސަރުކާރުގެ ހުރިހާ މުއައްސަސާތަކަށް ޒިޔާރަތްކޮށް، މުވައްޒަފުންނާ ބައްދަލުކޮށްފައެވެ.
އިންތިޚާބީ ރައީސް ސޯލިހު ވެރިކަމާ ހަވާލުވެ ވަޑައިގަންނަވާ އިރު އެއްވެސް ދަތި ކަމެއް ނެތި ރައްޔިތުންނަށް ޚިދުމަތް ދެވޭނެ އިންތިޒާމް ހަމަޖައްސައި މަސައްކަތަށް ހުއްޓުމެއް ނެތި ކުރިއަށް ދާނެ އިންތިޒާމް ހަމަޖެއްސުމަށް އިންތިގާލީ ކޮމެޓީތަކުން މަސައްކަތް ކުރާނެއެވެ.







