ފަޅު ރަށް
ހުސެން ތެދުވެގެން ގޮސް ޝިޔާނާގެ އަތުގައި ހިފައިގެން ސަމާ ހެދިގޮތް ދައްކަން ފެށިއެވެ.

ފަޅު ރަށް
ތުވާލި ކޮނޑުމައްޗަށް ލައިގެން އައިސް ކޮޓަރީގެ ދޮރު ހުޅުވާލުމާ އެކު އެންމެ ފުރަތަމަވެސް ރިޔާއަށް ވެސް ލިބުނީ ހައިރާން ކަމެކެވެ. އޭރުވެސް އެންމެން ހެނީއެވެ. "ސަމާއަށް ލަނޑެއް ދިނީ ދޯ" ކޮޓަރިއަށް ވަދެ ރިޔާ ދޮރު ލައްޕާލާފިއެވެ. "ލަނޑެއް ދިނީއެއް ނޫން. ސަމާ މޮޔަވީ. ރިޔާ ދޭބަލަ ފާޚާނާއަށް. މިހާރު އެމީހުންވެސް ތެދުވެދާނެ. ކީއްވެތަ އެއްޗެކޭ ނުބުނެ ތިއިނީ. ނައްޓާފަތަ" ހުސެން ތެދުވެގެން ގޮސް ޝިޔާނާގެ އަތުގައި ހިފައިގެން ސަމާ ހެދިގޮތް ދައްކަން ފަށައިފިއެވެ. އެމަންޒަރުތައް ބަލަން ބޮލުން ފެންހިއްކަން ތުވާލި ހިފައިގެން ހުރި ރިޔާ ގާތަށްވެސް ހިނި އަތުވެއްޖެއެވެ. "އެހެން ވާނީ ނުތެދުވެ އޮންނަންޏާ"
ތުވާލި ގޮނޑި މަތީގާ ބޭއްވުމަށްފަހު ރިޔާގޮސް ސަމާ ކާއިރީގާ އިށީދެއްޖެއެވެ. "ވެރީ ފަނީ" ވާހަކަދެއްކީ ސަމާއެވެ. އެނާހުރީ ވަރުބަލިވެފައެވެ. "ކޮންއިރަކުން މެރީ" ހުސެން ކޮށްލީ ސުވާލެކެވެ. ބޭނުމަކީ ވާހަކައިގެ މިސްރާބު ބަދަލު ކޮށްލުމެވެ. "ތިޖެހުނީ ބޮޑުތާގަތާ. އަދި ވިސްނަށްޖެހޭނެ މިހާރު ބޭނުންވަނީ ދަތުރުގެ ކުރިއަށް ހުރި ޕްރޮގްރާމްތައް ރާވަން ، ދާނެ ތަންތަން ހަމަޖައްސަން" ރިޔާގެ ސަބަބުން ހުސެން ބޭނުންވީ ދިމާއަށް ވާހަކަ ފުރުޅާލެވޭ ގޮތެއް ނުވިއެވެ. ސަބަބަކީ ރިޔާ ނެގީ އެންމެންވެސް ގަޔާވާނެ މައުޞޫއަކަށްވީ ކަމެވެ. އެންމެންވެސް ތިބީ ދަތުރުގެ ޕްރޮގްރާމް އޮތް ގޮތް ނޭނގިފައެވެ. "އަތޮޅުގެ ހުރިހާ ރަށަކަށް ދާވޭއިރު ހުންނާނީ ހަމަޖެހިފަ" ޟިޔާނާ ބޭނުންވީ ގިނަ ވާހަކަ ނުދައްކާ ގޮތެއް ނިންމާނެވެ. "އެހެން ގޮތެއް ނެތްތަ؟" އަތުގާ އޮތް ނޫސްގަނޑަކަށް ބަލަށްއިން ހުސެން ނޫސްގަނޑު ބޭއްވުމަށްފަހު ތެދުވެއްޖެއެވެ. "ފަޅުރަށަކަށްދާނީ" އެންމެންނަށް ކަމުދާ ގޮތެއް ބުނެވުނީ ނިޔާާޟާއަށެވެ. އޭރު ނިޔާޟާ އިނީ އެހެންމީހުން ތަންކޮޅެއް ދުރުގައެވެ. "އެއީ ތެދެއް. އެއީ އަހަރެންވެސް ބޭނުން ގޮތް" ފެންވަރައިގެން އައި ސަމާ ކޮޓަރި އަށް އަތްއިރު ރުޅުމަޑުވެ ހަމަޖެހިފައެވެ. "އަހަރުމެންނަށް އެނގޭ ސަމާއަށް ކަމުދާނީ ........" "އަނެއްކާ ފެށީ" އެދުމަތީގައި އޮތް ޓީޟާޓެއް ނަގައިގެން އެ ޓީޟާޓް ލަމުން ރިޔާ ބުނަން އުޅުނު ވާހަކަ މެދުކަނޑާލީ ސަމާއެވެ. ސަމާ އެހެން ބުނުމުން ރިޔާ ވެސް އެ ވާހަކަ އިތުރަކަށް ނުދެއްކިއެވެ. ރޭގަނޑުގެ ކެއުމުން އަވަދިވެގެން ރަށުގެ ހިތް ފަސޭހަ މާހައުލުގައި ވަގުތު ކޮޅެއް ހޭދަ ކޮށްލުމަށްޓަކާ އެންމެންވެސް ނުކުމެއްޖެއެވެ. އޭރު ހަނދުވަރުގެ ރިހި އަލިން މުޅި ރަށް ވަނީ ޖަރީ ކޮށްފައެވެ. ރަށުގެރޭން ފެންން ހިމެން ކަންވެސް އަދި މިހާރު އަދި މާ ބޮޑެވެ. އެއަށްވުރެ ހިތް ގައިމީ ބޮޑެތި ގަސްގަސްދޮށުން ދީފައި އޮންނަ ކޮކާ ހަނދުވަރެވެ. "ވާހަކަތަކުގަ ސިފަކޮށްފާ ހުއްޓަ ނޫނީ މި ކަހަލަ މަންޒަރެއް ދުވަހަކުވެސް ނުދެކެން" ބޭރަށް ނުކުމެވުމާެއެކު ސަމާއަށް އެންމެ ފުރަތަމަވެސް ބަލާލެވުނީ އުޑުމަތިން ފެންނަށް ހުރި ހަނދަށެވެ. ދެން އެ ހަނދުގެ ރިހި އަލި އެޅިފާވާ ބިންގަނޑަށް ނަޒަރު ހިންގާލިއެވެ. ކިހާ ރީތި ހެއްޔެވެ. ކިހާ ފުރިހަމަ ހެއްޔެވެ. އެކަމަކު ހިތާ މައަކީ މި އުފާވެރި ދުވަސް ތަކާ ހަމަ ކުޑަދުވަސް ކޮޅެއްގެ ތޭރެގައި ވަކިވާންޖެހޭނެތީއެވެ. އަނެއްކާވެސް އެ ހަލަބޮލި ވާ ހައުލަށެއެވެ. އިލެކްޓްރިކް އަލީގެ ތެރޭއަށެވެ. އެތަށްހިސާބަކަށް ހިނގުނުއިރުވެސް އެއްވެސް މީހަކު ވާހަކަދައްކާ ކަށް ގަސްދެއް ނުކުރިއެވެ. ހިވަނީ މާޒީގެ ހާސިލްކުރަން ބޭނުންވަނީ ހެންނެވެ. ނޫންނަމަ ކޮންމެވެސް ހިތި ހަނދާންތަކެއް އެ ހިއްގައިމު އަލީގެތެރޭގައި ކަފުށްކޮށް ވަޅުލަން ބޭނުންވަނީ ހެންޔެވެ. އެއްޗަކޭ ބުނުމުގެ ބަދަލުގައި ކުރެވޭހާވެސް ކަމަކީ ދޭތެރެދޭތެރެއިން ކޮންމެވެސް ސަމާސް އެއްޗެބުނެ އެންމެން ހެއްވާލާ ހުސެންވެސް ހުރީ މާ ސީރިއަސްވެފައެވެ. ކޮންމެވެސް ކަމެއްގެ ތެރެއަށް ގެއްލިފައެވެ. އެކަމަކު އެ އުފާވެރި ވަގުތު ކޮޅުވެސް އެހާގިނައިރު ދެމި އޮންން ގޮތެއް ނުވިއެވެ. އެންމެވެސް ހިތައް ވެރިވެފައިވާ ހިމޭންކަން ގެއްލުވާލީ ޝިޔަނާ ވަރަށް ބާރަށް ހަޅެއްލަވައި ގެންފައެވެ. ހަމަ އެއާކު ހުސެންގެ ގައިގައި އޮޅުލައީގެންފިއެވެ. އެންމެންނަށްވެސް ހަމަ ކުއްލިއަކަށް ހުއްޓިވިއްޖެެއެވެ. "ކިހިނެއްވީ" ހުސެން ހިސާބަކަށް ހާސްވެއެޖެއެވެ. "ބުޅަލެއް" ޟިޔާނާއަށް ވާހަކަދެއްކުނީ އުނދަގުލުންނެވެ. ބިރުގެންފާހުރި ވަރުންވެސް ކަނަނޭނގެވެ. "ހޫން ! ސަބަހޭ، އެވަރުކަމަކާ ތި ބުރުގަތީ. ބުޅަލެކޯ" ޟިޔާނާ ގައިން ދޫކްށްލުމަށްފަހު ހުސެން ހިނިގަނޑެއްޖާހާލިއެވެ. ޝިޔާނާ އަށް މަލާމާތް ކޮށްލުމުގެ ގޮތުންނެވެ. "ފާރުމަތީގައި އޮވެފަ މަގޭ ފައިބުޓަށް ފުންމާލީ" ޝިޔާނާ ވާހަކަ ދެއްކީ އޭނާގެ އަމިއްލަ ދިފާއުގައެވެ. އޭރުވެސް އަޑުގާ ހިސާބެއްގެ ތުއްތުރެއް ހުއްޓެވެ. "ބުޅަލަށް ވެސް އެނގޭޔޭ ރީތި ހުތުރު ފާހަގަކުރަން"
(ނުނިމޭ)




