Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވާހަކަަފަޅުރަށް

ފަޅުރަށް

11 ފެބުރުއަރީ 2017 | ހޮނިހިރު 06:25
ހުސެން ފިޔާޒް
ހުސެން ފިޔާޒް | 11 ފެބުރުއަރީ 2017 | ހޮނިހިރު 06:25
ފަޅުރަށް

ފަޅުރަށް

ފެބްރުއަރީ 3، 2017 ވަނަ ދުވަހު ޝާއިޢުކުރި ބަޔާ ވާހަކައާ ގުޅޭ

ތުވާލި ކޮނޑުމައްޗަށް ލައިގެން އައިސް ކޮޓަރީގެ ދޮރު ހުޅުވާލުމާއިއެކު އެންމެ ފުރަތަމަވެސް ރިޔާއަށްވެސް ލިބުނީ ހައިރާން ކަމެކެވެ. އޭރުވެސް އެންމެން ހެނީއެވެ. "ސަމާއަށް ލަނޑެއް ދިނީ ދޯ" ކޮޓަރިއަށް ވަދެ ރިޔާ ދޮރު ލައްޕާލާފިއެވެ. "ލަނޑެއް ދިނީއެއް ނޫން. ސަމާ މޮޔަވީ. ރިޔާ ދޭބަލަ ފާޚާނާއަށް. މިހާރު އެމީހުންވެސް ތެދުވެދާނެ. ކީއްވެތަ އެއްޗެކޭ ނުބުނެ ތިއިނީ. ނައްޓާފަތަ" ހުސެން ތެދުވެގެން ގޮސް ޝިޔާނާގެ އަތުގައި ހިފައިގެން ސަމާ ހެދިގޮތް ދައްކަން ފަށައިފިއެވެ. އެމަންޒަރުތައް ބަލަން ބޮލުން ފެންހިއްކަން ތުވާލި ހިފައިގެން ހުރި ރިޔާ ގާތަށްވެސް ހިނި އަތުވެއްޖެއެވެ. "އެހެން ވާނީ ނުތެދުވެ އޮންނަންޏާ"

ތުވާލި ގޮނޑި މަތީގާ ބޭއްވުމަށްފަހު ރިޔާގޮސް ސަމާ ކާއިރީގާ އިށީދެއްޖެއެވެ. " ވެރީ ފަނީ " ވާހަކަދެއްކީ ސަމާއެވެ. އެނާހުރީ ވަރުބަލިވެފައެވެ. " ކޮންއިރަކުން މެރީ" ހުސެން ކޮށްލީ ސުވާލެކެވެ. ބޭނުމަކީ ވާހަކައިގެ މިސްރާބު ބަދަލު ކޮށްލުމެވެ. " ތިޖެހުނީ ބޮޑުތާގަތާ. އަދި ވިސްނަށްޖެހޭނެ މިހާރު ބޭނުންވަނީ ދަތުރުގެ ކުރިއަށް ހުރި ޕްރޮގްރާމްތައް ރާވަން ، ދާނެ ތަންތަން ހަމަޖައްސަން " ރިޔާގެ ސަބަބުން ހުސެން ބޭނުންވީ ދިމާއަށް ވާހަކަ ފުރޮޅާލެވޭ ގޮތެއް ނުވިއެވެ. ސަބަބަކީ ރިޔާ ނެގީ އެންމެންވެސް ގަޔާވާނެ މައުޟޫއަކަށްވީ ކަމެވެ. އެންމެންވެސް ތިބީ ދަތުރުގެ ޕްރޮގްރާމް އޮތް ގޮތް ނޭނގިފައެވެ. " އަތޮޅުގެ ހުރިހާ ރަށަކަށް ދާވޭއިރު ހުންނާނީ ހަމަޖެހިފަ " ޟިޔާނާ ބޭނުންވީ ގިނަ ވާހަކަ ނުދައްކާ ގޮތެއް ނިންމާނެވެ. " އެހެން ގޮތެއް ނެތްތަ؟ " އަތުގާ އޮތް ނޫސްގަނޑަކަށް ބަލަން އިން ހުސެން ނޫސްގަނޑު ބޭއްވުމަށްފަހު ތެދުވެއްޖެއެވެ. " ފަޅުރަށަކަށްދާނީ " އެންމެންނަށް ކަމުދާ ގޮތެއް ބުނެވުނީ ނިޔާާޝާއަށެވެ. އޭރު ނިޔާޝާ އިނީ އެހެންމީހުން ތަންކޮޅެއް ދުރުގައެވެ. " އެއީ ތެދެއް. އެއީ އަހަރެންވެސް ބޭނުން ގޮތް " ފެންވަރައިގެން އައި ސަމާ ކޮޓަރި އަށް ވަތްއިރު ހުރީ ރުޅިމަޑުވެ ހަމަޖެހިފައެވެ. " އަހަރުމެންނަށް އެނގޭ ސަމާއަށް ކަމުދާނީ ........ " " އަނެއްކާ ފެށީ " އެނދުމަތީގައި އޮތް ޓީޝާޓެއް ނަގައިގެން އެ ޓީޝާޓް ލަމުން ރިޔާ ބުނަން އުޅުނު ވާހަކަ މެދުކަނޑާލީ ސަމާއެވެ. ސަމާ އެހެން ބުނުމުން ރިޔާ ވެސް އެ ވާހަކަ އިތުރަކަށް ނުދެއްކިއެވެ. ރޭގަނޑުގެ ކެއުމުން އަވަދިވެގެން ރަށުގެ ހިތް ފަސޭހަ މާހައުލުގައި ވަގުތު ކޮޅެއް ހޭދަ ކޮށްލުމަށްޓަކާ އެންމެންވެސް ނުކުމެއްޖެއެވެ. އޭރު ހަނދުވަރުގެ ރިހި އަލިން މުޅި ރަށް ވަނީ ޖަރީ ކޮށްފައެވެ. ރަށުގެރޭން ފެންން ހިމެން ކަންވެސް އަދި މިހާރު އަދި މާ ބޮޑެވެ. އެއަށްވުރެ ހިތް ގައިމީ ބޮޑެތި ގަސްގަސްދޮށުން ދީފައި އޮންނަ ކޮކާ ހަނދުވަރެވެ. " ވާހަކަތަކުގަ ސިފަކޮށްފާ ހުއްޓަ ނޫނީ މި ކަހަލަ މަންޒަރެއް ދުވަހަކުވެސް ނުދެކެން " ބޭރަށް ނުކުމެވުމާެއެކު ސަމާއަށް އެންމެ ފުރަތަމަވެސް ބަލާލެވުނީ އުޑުމަތިން ފެންނަށް ހުރި ހަނދަށެވެ. ދެން އެ ހަނދުގެ ރިހި އަލި އެޅިފާވާ ބިންގަނޑަށް ނަޒަރު ހިންގާލިއެވެ. ކިހާ ރީތި ހެއްޔެވެ. ކިހާ ފުރިހަމަ ހެއްޔެވެ. އެކަމަކު ހިތާ މައަކީ މި އުފާވެރި ދުވަސް ތަކާ ހަމަ ކުޑަދުވަސް ކޮޅެއްގެ ތޭރެގައި ވަކިވާންޖެހޭނެތީއެވެ. އަނެއްކާވެސް އެ ހަލަބޮލި މާހައުލަށެއެވެ. އިލެކްޓްރިކް އަލީގެ ތެރޭއަށެވެ. އެތަށްހިސާބަކަށް ހިނގުނުއިރުވެސް އެއްވެސް މީހަކު ވާހަކަދައްކާކަށް ގަސްދެއް ނުކުރިއެވެ. ހިވަނީ މާޒީގެ ހާސިލްކުރަން ބޭނުންވަނީ ހެންނެވެ. ނޫންނަމަ ކޮންމެވެސް ހިތި ހަނދާންތަކެއް އެ ހިއްގައިމު އަލީގެތެރޭގައި ކަފުށްކޮށް ވަޅުލަން ބޭނުންވަނީ ހެންޔެވެ.

އެއްޗަކޭ ބުނުމުގެ ބަދަލުގައި ކުރެވޭހާވެސް ކަމަކީ ދޭތެރެދޭތެރެއިން ކޮންމެވެސް ސަމާސާ އެއްޗެބުނެ އެންމެން ހެއްވާލުމެވެ. ހުސެންވެސް ހުރީ މާ ސީރިއަސްވެފައެވެ. ކޮންމެވެސް ކަމެއްގެ ތެރެއަށް ގެއްލިފައެވެ. އެކަމަކު އެ އުފާވެރި ވަގުތު ކޮޅުވެސް އެހާގިނައިރު ދެމި އޮންން ގޮތެއް ނުވިއެވެ. އެންމެވެސް ހިތައް ވެރިވެފައިވާ ހިމޭންކަން ގެއްލުވާލީ ޝިޔަނާ ވަރަށް ބާރަށް ހަޅެއްލަވައި ގެންފައެވެ. ހަމަ އެއާކު ހުސެންގެ ގައިގައި އޮޅުލައީގެންފިއެވެ. އެންމެންނަށްވެސް ހަމަ ކުއްލިއަކަށް ހުއްޓިވިއްޖެެއެވެ. " ކިހިނެއްވީ " ހުސެން ހިސާބަކަށް ހާސްވެއެޖެއެވެ. " ބުޅަލެއް " ޟިޔާނާއަށް ވާހަކަދެއްކުނީ އުނދަގުލުންނެވެ. ބިރުގެންފާހުރި ވަރުންވެސް ކަނަނޭނގެވެ. " ހޫން ! ސަބަހޭ، އެވަރުކަމަކާ ތި ބުރުގަތީ. ބުޅަލެކޯ " ޝިޔާނާ ގައިން ދޫކްށްލުމަށްފަހު ހުސެން ހިނިގަނޑެއްޖާހާލިއެވެ. ޝިޔާނާ އަށް މަލާމާތް ކޮށްލުމުގެ ގޮތުންނެވެ. " ފާރުމަތީގައި އޮވެފަ މަގޭ ފައިބުޑަށް ފުންމާލީ " ޝިޔާނާ ވާހަކަ ދެއްކީ އޭނާގެ އަމިއްލަ ދިފާއުގައެވެ. އޭރުވެސް އަޑުގާ ހިސާބެއްގެ ތުރުތުރެއް ހުއްޓެވެ. " ބުޅަލަށްވެސް އެނގޭޔޭ ރީތި ހުތުރު ފާހަގަކުރަން " ސަމާ ބޭނުންވީ ޝިޔާނާ ހަމަޖައްސާލާށެވެ. އެހެންވެ ސަމާ ބެލީ ކޮންމެވެސް މަޖާއެއްޗެކޭ ބުނެގެން ޝިޔާނާ ހެއްވާލެވެތޯއެވެ.

"އެހެންވިއްޔާ ތިބުނީ އަހަންނަށޭތަ ރީތި ފާހަގަކުރަން ނޭނގެނީ" ހުސެން ސަމާއާ ގާތައް ޖެހިލިއެވެ. "ނޫން. އަސްލު ބުޅަލަށްވުރެ ކުރިން އެކަންދަސްވީ ހުސޭނަށްނު. އެހެންއެތާ އެތައް ބަޔަކު ބަލަބަލާ ތިއްބާ ޝިޔާ އަތުލައިގެން ތިއުޅެނީ" ސަމާ ޝިޔާނާގެ މޫނަށް ބަލާލިޔެވެ. އެރޭގެ ފަތިހު ފަތިހާ ތަންކޮޅެއް ދުރުގައި އޮންނަ ފަޅުރަށަކަށް ދިޔުމަށްޓަކާ އެމީހުން ދަތުރު ފަށައިފިއެވެ. އޭރު އުދަރެހުގެ ކައިރިން އަލިވިލުމުގެ ނިޝާންތައް ފެންނަމުން ދިޔައެވެ. ފަތިހުގެ ވަގުތުކަމުން މާހައުލުގާ ހިފާލާފާހުރީ ތެތް ފިނި ކަމެކެވެ. ގަދަޔަށް ނޫންނަމަވެސް ހިސާބަކަށް ފިނިވައިރޯޅިތައް ޖެހެމުންދެޔެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ފަޅުރަށް

30 ޖެނުއަރީ 2017
ފަޅުރަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް