Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވާހަކަަ
ފަޅުރަށް

ފަޅުރަށް

މިއީ އާމިރު ސަލީމުގެ ވާހަކައެއް

ހުސެން ފިޔާޒް
ހުސެން ފިޔާޒް, ރާއްޖެ އެމްވީ | 30 ޖެނުއަރީ 2017 | ހޯމަ 17:42
ކުރު ވާހަކަ، "ފަޅުރަށް"

ކުރު ވާހަކަ، "ފަޅުރަށް"

ފޮށިތައް ގޭތެރެއަށް ވެއްދުމަށްފަހު ކޮންމެ ބަޔަކުވެސް އެބަޔަކަށް ހަމަޖެހިފައިހުރި ކޮޓަރިއާއި ދިމާއަށް ހިނގައިގެންފިއެވެ. މާދިގު ނޫނަސް ދަތުރެއް ކޮށްފައި އައުމުގެ ސަބަބުން އެންމެންވެސް ތިބީ ވަރުބަލިވެފައެވެ. ނިދި ބަރުވެފައެވެ. ކޮންމެ މީހަކުވެސް ބޭނުންވީ ހަމަޖެހިލާށެވެ. އެނދުގައި އޮށޯވެލާށެވެ. ވަރުބަލި ފިލުވާށެވެ. އޭރު ހަވީރު ވެއްޖެއެވެ. އިރު އޮއްސެން ގާތްވެއްޖެއެވެ. އިރު އޮއްސުމުގެ ކުރިން ފެންވަރާލައިގެން ބޭރަށް ނިކުންނާނެ ވަގުތެއް އޭރަކު ނެތެވެ. އެހެންކަމުން އެންމެންވެސް އިންތިޒާރުކުރަމުން ދިޔައީ ރަށުތެރެ ބަލާލަން ނިކުމެލެވޭނެ ވަގުތަކަށެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ގިނަ މީހުންނަށް މިއީ މުޅިން އައު ތަޖުރިބާއެކެވެ. ދުނިޔެއަށް އައި އިރުއްސުރެ ތަޖުރިބާކުރެވެމުން އައީ މާލޭގެ ހަލަބޮލި މާހައުލެވެ. މިއުޒިކެއްހެން ތާއަބަދު އިވެމުން އައީ ތޮއްޖެހިފައިވާ މަގުތަކުގައި ދުއްވަމުންދާ ވެހިކަލްތަކުގެ އިންޖީނުގެ އަޑެވެ. ނޭވާލަމުން އައީ ހިރަފުހާއި އިންޖީނުތަކުން އަރާ ދުމުގެ ސަބަބުން ނުސާފުވެފައިވާ ވައިގެ ތެރެއަށެވެ. އެހެންކަމުން އެރަށުގެ ފަސްގަނޑުގައި އެންމެ ފުރަތަމަ ފަހަރަށް ފައި ޖެހުމާއިއެކުވެސް އިހުސާސް ވެގެން ދިޔައީ އާދަޔާ ޚިލާފް އުފާވެރިކަމެކެވެ. އިރު އޮއްސިއްޖެއެވެ. އޭރު ބައެއް މީހުންނަށް ތިބީ ނިދިފައެވެ. ވެފައިތިބި ވަރުބަލީގެ ސަބަބުންވެސް ކަންނޭނގެއެވެ. ނުވަތަ މާހައުލު ބަދަލުވުމުން ލިބުނު ހިތްހަމަޖެހުމުގެ ސަބަބުންވެސް ކަންނޭނގެއެވެ. "ސަމާ! އޭ ސަމާ! ތެދުވެބަލަ" ލޯމަރާލައިގެން އޮއްވާ ރިޔާއަށްވެސް ނިދުނީއެވެ. ހޭލެވުމާއިއެކު އެންމެ ފުރަތަމަވެސް ބަލާލެވުނީ ގަޑިއަށެވެ. އޭރު ގަޑިން ހަ ގަޑި ބައި ވެއްޖެއެވެ. މޯޅިއަކަށް ދެމިލުމަށް ފަހު ރިޔާ ތެދުވެއްޖެއެވެ. އޭރުވެސް ސަމާއަށް އޮތީ ނިދިފައެވެ. އެހެންކަމުން ސަމާގެ ކޮނޑުގައި ހިފައި ރިޔާ ތަޅުވާލައިފިއެވެ. "ކިހާ އިރެއްތަ ގަޑިންވީ؟" ސަމާ ވާހަކަ ދެއްކީ ލޯ މަރާލައިގެން އޮވެގެންނެވެ. "ހަގަޑި ތިރީސް މިނިޓް، ފަންސާސް ފަސް ސިކުންތު" އެނދުން ތެދުވެގެން ގޮސް ތުވާލި ހިފައިގެން ރިޔާ ކޮޓަރިން ބޭރަށް ނިކުމެއްޖެއެވެ. ހީވަނީ ރިޔާ ދިޔައީ ގިފިއްޔަށް ހެންނެވެ. އޭރުވެސް ސަމާ އޮތީ އެނދުގައެވެ. ރިޔާ ކޮޓަރިން ނިކުތް ކަމެއް ސަމާއަކަށް ނޭނގެއެވެ. އިރުކޮޅަކުން ދަތުރުގައި ބައިވެރިވި އެހެން މީހުން އައިސް އެކޮޓަރިއަށް ވަދެއްޖެއެވެ. އެމީހުން ވަނީ ސިއްރު ސިއްރުންނެވެ. ސަމާ ނިދާފައި އޮތްކަމަށް ހީކޮށެވެ. ކޮޓަރިއަށް ވަދެވުމާއިއެކު، ކޮންމެ މީހަކު ވެސް ފަސޭހައިން އަތުޖެހުނު ތަނެއްގައި މަޑުމަޑުން އިށީނދެއްޖެއެވެ. ސަމާގެ މަގަތުން އެނދުގައި އިށީނީ ޝިޔާނާ އެވެ. އެމީހުން ރާވައިގެން ތިބީ ކޮޓަރިއަށް ވަދެ އެންމެން އެއްފަހަރާ ހަޅޭއްލަވައި ގަންނާށެވެ. ބޭނުމަކީ ސަމާ ސިއްސުވާލުމެވެ. އެކަމަކު އެމީހުންގެ ޕްލޭން ބަދަލުވީ ސަމާ ހޭލާ އޮތްކަން އެނގުމުންނެވެ. "ރިޔާ ދޭބަލަ ފާޚާނާއަށް ވަދެފައި އަންނަން. މިހާރު އެމީހުން ތެދުވެގެން ތައްޔާރު ވެސް ވެދާނެ ކަންނޭނގެ." ހޭލާ އޮތް ނަމަވެސް އިތުރު ބަޔަކު ކޮޓަރިއަށް ވަތްކަން ސަމާއަށް އެނގޭހެނެއް ހީއެއްނުވެއެވެ. ވާހަކައިގެ ތެރޭގައި ސަމާ ދިއްކޮށްލި އެ އަތުގައި ހިފުނީ ޝިޔާނާއަށެވެ. އެވަރަކުން ވެސް ސަމާއަކަށް ނޭނގުނެވެ. "ކީއްވެތަ އެއްޗެކޭ ނުބުނެ ތިއިނީ. ނައްޓާފަތޯ؟" އަނެއްކާ ވެސް ވާހަކަ ދެއްކީ ސަމާއެވެ. އޭރުވެސް ލޯހުޅުވާލާކަށް ޚިޔާލު ވެސް ނުކުރަނީ ކަންނޭނގެއެވެ. މިފަހަރު ވެސް އެއްވެސް މީހަކު އެކައްޗެކޭ ވެސް ނުބުންޏެވެ. އެހެން ކަމުން އަނެއްކާ ވެސް ކޮޓަރިތެރެއަށް ހަމަހިމޭންކަން ވެރިވެއްޖެއެވެ. އެކަމަކު އެ ހަމަހިމޭންކަން ދެމިއޮތީ ކުޑަ ވަގުތުކޮޅަކަށެވެ. ސަމާ ހިފަހައްޓާލައިގެން އޮތް އަތުގައި ހިފާ ވަރަށް ބާރަށް ތަޅުވައިގަތުމަށް ފަހު ލޯހުޅުވާލިއެވެ. އަޅޭއްލަވައިނުގަތެއް ކަމަކު މިފަހަރު ހަމަ ރަނގަޅަށް ވެސް ސަމާ ސިއްސައިގެން ހިނގައްޖެއެވެ. ލޯ ހުޅުވާލުމާ އެކު ފުއްމައިގެން ތެދުވެއްޖެއެވެ. ހައިރާންކަމާ އެކު އެކި މީހުންގެ މޫނަށް ވަކިވަކިން ބަލާލައިފިއެވެ. "ވަރެއް ވެއްޖެތާ! އެންމެ ދެ ގަޑިއިރު އެކީގައި ހޭދަކޮށްލެވުނީމަ ތިހުރީ ވީވަރު،" ޝިޔާނާ ވަރަށް ބާރަށް ހޭން ފެށިއެވެ. އޭރުވެސް ސަމާ އިނނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. "އަދި ކޮބާ ދެ ރެއަކު އެއްކޮށް އުޅެވުނު ނަމަ" ހުސެން ޝިޔާނާއާ ބައިވެރިވެލިއެވެ. އޭރު އެންމެންގެ ހުނުމުގެ އަޑުން މުޅި ކޮޓަރިތެރެ ގުގުމާލައިފިއެވެ. "ހޫނ! އެއްވެސް މަޖަލެއް ނޫން. މި ޝިޔާގެ ކަންތައް. ވަރަށް ފޫހިވޭ." ކުޑަ ކުއްޖެއް ފަދައިން ޝިޔާނާގެ ބޮލުގެ އިސްތަށިގަނޑުގައި ހިފާ ސަމާ އެނދުމައްޗަށް ޝިޔާނާ ވައްޓާލިއެވެ. އެރުވެސް ޝިޔާނާ ހެނީއެވެ. ސަމާ އިނީ ހިސާބަކަށް ރަކިވެސް ވެފައެވެ.

(ނުނިމޭ)

ކޮމެންޓް

އިތުރަށް ކިޔާލަން

ފަޅުރަށް

ފަޅުރަށް

11 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު