Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރިޔާސީ އިންތިހާބު 2018

އިންތިހާބާ ގުޅޭ އަޑުއެހުމެއް މާދަމާ ހެނދުނު 10:30ގައި

މިއަދުގެ އަޑުއެހުން ތިން ގަޑިއިރަށް ދިގު ދެމިގެންދިޔަ

ޙުސައިން ޙަސަން
ޙުސައިން ޙަސަން, ރާއްޖެ އެމްވީ | 14 އޮކްޓޯބަރު 2018 | އާދީއްތަ 12:23
އިންތިހާބާ ގުޅޭ އަޑުއެހުމަށް ވަނުމަށް މިއަދު ހެނދުނު ސުޕްރީމް ކޯޓު ކައިރީގައި ކިއު ހަދާފައި

އިންތިހާބާ ގުޅޭ އަޑުއެހުމަށް ވަނުމަށް މިއަދު ހެނދުނު ސުޕްރީމް ކޯޓު ކައިރީގައި ކިއު ހަދާފައި

ރިޔާސީ އިންތިހާބު ބާތިލު ކުރުމަށް ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ އިތުރު އަޑުއެހުމެއް ހޯމަ ދުވަހު ހެނދުނަށް ތާވަލުކޮށްފިއެވެ.

އާދީއްތަ ދުވަހު 1:00 ހާއިރު ފެށި ޝަރީއަތުގެ އަޑުއެހުން ނިންމާލީ ގާތްގަނޑަކަށް 4:30 ހާއިރު އެވެ. މާދަމާގެ އަޑުއެހުން ތާވަލުކޮށްފައި ވަނީ ހެނދުނު 10:30އަށެވެ.

Advertisement - newsAdvertisement

މިއަދުގެ އަޑުއެހުމުގައި އިންތިޚާބު ބާތިލުކުރަންޖެހޭ ވަރުގެ އެއްވެސް ހެއްކެއް ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ހުށަހަޅާފައި ނުވާ ކަަމަށް، ތަދައްޚުލުވި ގުޅިފައިވާ ޕާޓީތަކުގެ ވަކީލުން ފާހަގަ ކުރެއްވެވި އެވެ.

ނަމަވެސް ރައީސް ޔާމީނަށް ތާއިދު ކުރައްވަމުން ގެންދާ ފަރާތްތަމުން ބުނަމުން ދަނީ އިންތިޚާބު އޮޅުވާލުމަށް ވަރަށް ގިނަ ކަންކަން ކޮށްފައިވާ ކަމަށެވެ.

ޝަރީއަތުގެ މަޖިލީހުގައި އިލެކްޝަންސް ކޮމިޝަންގެ ގާނޫނީ ވަކީލު، ހުސައިން ޝަމީމް ވަނީ ވަރުގަދަ ރައްދެއް ދެއްވައިފަ އެވެ. ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ހުށަހަޅުއްވާފައި ވަނީ ހިޔާލީ ވާހަކަތަކެއް ކަމަށް އޭނާ ފާހަގަ ކުރެއްވެވި އެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ އެއްވެސް މެމްބަރަކު އަދި އޮފިޝަލަކު ވެސް، އިންތިޚާބުގައި މަކަރު ހެދުމަށް، ފާހަގަ ޖަހާ އަނގޮޓިއެއް ބޭނުންކޮށްފައި ނުވާ ކަމަށް އިލެކްޝަންސްގެ ވަކީލު ފާހަގަ ކުރެއްވެވި އެވެ.

ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން މައްސަލައަށް ތަދައްޚުލުވެފައިވާއިރު، ޝަރީއަތުގެ އަޑުއެހުމަށް ފަހު ގާނޫނީ ވަކީލް ހިސާން ހުސައިން ވިދާޅުވީ ހުށަހަޅާފައިވާ ޝަކުވާތަކުގައި އެއްވެސް އަސާސްއެއް ނެތް ކަމަށެވެ. އިންތިޚާބުގެ ނަތީޖާ ގަބޫލު ނުކުރެވިގެން ރައީސް ޔާމީން ހުށަހަޅުއްވާއިވަނީ ހިޔާލީ ވާހަކަތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން އިންތިޚާބު ބާތިލުކުރަން ހުށަހަޅާފައިވަނީ މައިގަނޑު ތިން ޝަކުވާއެއް ކަމަށް ހިސާން ފާހަގަ ކުރެއްވެވި އެވެ. އެއީ ޖަހާ ފާހަގަ ފޮހެވޭ ގަލަމާއި، ފާހަގަ ޖަހާ އަނގޮޓި އަދި ހޫނުކުރުމުން ވޯޓު ކަރުދާހުން ފާހަގަ ފޮހެވޭ މައްސަލަ އެވެ. ނަމަވެސް އެ ކަންކަން ސާބިތުކުރުމަށް އެއްވެސް ހެއްކެއް ގަރީނާއެއް ހުށަހަޅާފަައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ސުޕްރީމް ކޯޓްގެ ސާޅީން ދެ ނަންބަރު ގަޒިއްޔާގައި ބަޔާންކޮށްފައިވާ ގޮތަށް ބަލާއިރު ވެސް މިއީ ބާތިލުކުރެވޭނެ އިންތިޚާބެއް ނޫން ކަމަށް ހިސާން ފާހަގަ ކުރެއްވެވި އެވެ.

އިންތިޚާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަަމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ފާޅުގައި ވިދާޅުވަމުން ގެންދަވާއިރު، މައްސަލަ ސާބިތުުކުރަން ބޭނުންވީ ސިއްރު ހެކި ހުށަހެޅުމަށެވެ. ގުޅިފައިވާ ޕާޓީތަކުގެ ވަކީލުން ވަނީ އެ ފުރުސަތު ދެއްވުމަށް ދެކޮޅު ހައްދަވައިފަ އެވެ.

ސިއްރު ހެކި ހުށަހެޅުމާމެދު ފަނޑިޔާރުންގެ މަޖިލީހުން އާދީއްތަ އަޑުއެހުމުގައި ގޮތެއް ނުނިންމަ އެވެ.

ސެޕްޓެމްބަރު 23 ގައި ބޭއްވި އިންތިޚާބު 58.4 ޕަސެންޓުން ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ކާމިޔާބު ކުރައްވާފައިވާއިރު، އިންތިޚާބުން ލިބިވަޑައިގެންނެވި ބޮޑު ނާކާމިޔާބީ ރައީސް އަބްދުﷲ ޔާމީން ގަބޫލުކުރެއްވެވި އެވެ. ނަމަވެސް، ބަލި ގަބޫލުކުރިތާ ގިނަ އިރުތަކެއް ނުވަނީސް އިންތިޚާބުގެ ނަތީޖާ ގަބޫލު ނުކުރައްވާ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.

(ތަފްސީލު އަންނަނީ...)

ކޮމެންޓް

އިތުރަށް ކިޔާލަން

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

30 ޖެނުއަރީ 2017
ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

28 ޖެނުއަރީ 2017
ރައީސް ނަޝީދު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ

ރައީސް ނަޝީދު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ

28 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް އަދަބު ކަނޑައަޅައި، ހުކުމް ކުރުން މާދަމާ!

ވިސާމާއި ލީވާނަށް އަދަބު ކަނޑައަޅައި، ހުކުމް ކުރުން މާދަމާ!

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

19 ޖޫން
"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި
20251 އަހަރު ކުރިން
ދުނިޔެ

"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ
20242 އަހަރު ކުރިން
ރާއްޖެ

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!

ސަޢީދު: އެންމެ ބޭކާރު ވަޒީރު
20188 އަހަރު ކުރިން
ރިޕޯޓު

ސަޢީދު: އެންމެ ބޭކާރު ވަޒީރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު