Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަސުރުހީ

ނޮވެމްބަރު 1 ވެގެން ދާނީ އެމްޑީޕީގެ ބޮޑު އީދަކަށް: ޝިފާޒު

10 އޮކްޓޯބަރު 2018 | ބުދަ 14:40

ރައީސް ނަޝީދު ފުރަތަމަ ވަޑައިގަންނަވާނީ މާލެއަށް

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 10 އޮކްޓޯބަރު 2018 | ބުދަ 14:40
އެމްޑީޕީގެ ނާއިބު ރައީސް މުހަައްމަދު ޝިފާޒް

އެމްޑީޕީގެ ނާއިބު ރައީސް މުހަައްމަދު ޝިފާޒް

ކުރީގެ ރައީސް އަދި އެމްޑީޕީގެ ލީޑަރު މުހައްމަދު ނަޝީދު، ނޮވެމްބަރު 1 ވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވާއިރު، އެ ދުވަސް ވެގެންދާނީ އެމްޑީޕީގެ ބޮޑު އީދަކަށް ކަމަށް އެޕާޓީގެ ނާއިބު ރައީސް މުހަައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ޝިފާޒް ވިދާޅުވީ އިނގިރޭސިވިލާތުން ހިމާޔަތް ހޯއްދަވައިގެން ހުންނެވި ރައީސް ނަޝީދު އެނބުރި ގައުމަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ދުވަސްކަމުގައިވާ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަސް ވެގެންދާނީ ދިވެހި ގިނަ ރައްޔިތުންނަށް، ޚާއްސަކޮަށް އެމްޑީޕީގެ މެެންބަރުންނަށް ބޮޑު އީދަކަށް ކަމަށެވެ.

Advertisement - newsAdvertisement

ޝިފާޒް ވިދާޅުވީ، އެމަނިކުފާނަކީ މިއަދު ކުރީގެ ނަޝީދު ނޫން ކަމަށާއި އެއީ ކުރީގެ ރައީސް އަދި މިހާރު އެމްޑީޕީގެ ރައީސް ކަމުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް މުޅި އެމްޑީޕީންނާއި ރާއްޖޭގެ ރައްޔިތުން އަންނަނީ ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުންކަމަށެވެ.

"ބައިވަރު ރަށްރަށުން ގުޅަނީ، އެބޭފުޅުންގެ ރަށްތައް މަރުހަބާ ކިއުމުގައި ތަމްސީލް ކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށް، ރާއްޖޭގެ ހުރިހާ ރަށެއް އެދި ގޮވަމުން އައިކަމެއް މިކަމަކީ. އެ ހުރިހާ ބޭފުޅުންގެ އުއްމީދު މީ. އެހެން ވީމަ ނޮވެމްބަރު އެކެއް އަޅުގަނޑުމެން އެމްޑީޕީއަށް ވެގެންދާނީ އަންނަ ބޮޑު އީދަކަށް،" ޝިފާޒް ވިދާޅުވިއެވެ.

ޝިފާޒް ވަނީ ރައީސް މުހައްމަދު ނަޝީދު މާލެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފައެެވެ. އޭނާ ވިދާޅުވީ އެމަނިކުފާނުގެ މައްޗަަށް ކުރެވުނު ހުކުމަކީ ބޭ އިންސާފު ހުކުމެއް ކަން އެންމެނަށް ވެސް އެނގޭކަމަށާއި، އެހެންކަމުން އެ މަނިކުފާނަކީ ކުށްވެރިއެއް ނޫންކަމަށެެވެ. އަދި އެނބުރި ވަޑައިގަންނަވާނީ ވެސް އެގޮތުގައި ކަމަށް ޝިފާޒު ވިދާޅުވިއެެވެ.

ޝިފާޒް ވިދާޅުވީ، ރައީސް ނަޝީދު ފުރަތަމަ ވަޑައިގަންނަވާނީ މާލެއަށް ކަމަށެެވެ. އަދި އަތޮޅު ތެރޭން ފުރަތަމަ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ، އައްޑޫއަށް ކަމަށް ވިދާޅުވިއެެވެ.

ޝިފާޒް ވިދާޅުވީ، މީހަކަށް މަރުހަބާ ކިއުމަށް ބާއްވާ އެންމެ ބޮޑު ހަފްލާ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު ދިވެހިންނަށް ފެނިގެންދާނެކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުންނެވީ އެމަނިކުފާނުގެ މައްޗަށް އުފުލި ޓެރެރިޒަމްގެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި 13 އަހަރުގެ ޖަލު ހުކުމެއްގައެވެ. އަދި 2016 ވަނަ އަހަރުގެ ޖެނުއަރީ މަހު ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގަތުމަށްފަހު މިހާރު ހުންނެވީ އެގައުމުން ސިޔާސީ ހިމާޔަތް ހޯއްދަވައިގެންނެވެ.

މިމަހުގެ ތިން ވަނަ ދުވަހު ޖޮއިންޓް ޕީޖީ ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ 1 ނޮވެމްބަރުގައި މާލެ ވަޑައިގަންނަވަން ގަސްދުކުރައްވާ ކަމަށެވެ. އަދި މައްސަލަ ނުނިމި ކޮންމެ ހާއްލެއްގައި ހުންނަވަން ޖެހިވަޑައިގެންނެވި ނަމަވެސް ނޮވެމްބަރު އެކެއްގައި މާލެ ވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އެންމެ ބޭފުޅުންގެ މައުލޫމާތައްޓަކައި ދަންނަވަން. އަޅުގަނޑު ގަސްދުކުރަނީ ނޮވެމްބަރު 1 ވަނަ ދުވަހު ރާއްޖެ އަންނަން. އެހާ އިރަށް އަޅުގަނޑުގެ މައްސަލަ ނުނިމުނު ނަމަވެސް އަޅުގަނޑު ގަސްދުކުރަނީ ވީ ހާލެއްގައި ވާން ރާއްޖެ ދިއުމަށް،" ނަޝީދުގެ މެސެޖްގައި ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް