Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސޯމާލިއާ

އަލްޝަބާބުގެ ފައުންޑަރ މެމްބަރަށް އިންތިޚާބުގައި ވާދަނުކުރެވޭނެ: ސޯމާލިއާ ސަރުކާރު

އޭނާ ވަނީ އަލްޝަބާބުން ވަކިވެ، އެހެން ޖަމާޢަތެއް އުފައްދާފައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 5 އޮކްޓޯބަރު 2018 | ހުކުރު 16:22
އިންތިޚާބުގައި ވާދަކުރުމުގެ ޝައުޤުވެރިކަން ފާޅުކުރި މުޚްތާރް ރޯބޯ

އިންތިޚާބުގައި ވާދަކުރުމުގެ ޝައުޤުވެރިކަން ފާޅުކުރި މުޚްތާރް ރޯބޯ

ސޯމާލިއާގެ ސައުތު ވެސްޓް ސްޓޭޓްގެ ވެރިކަމަށް ވާދަކުރުމުގެ ޝައުޤުވެރިކަން އަލްޝަބާބުގެ އެއް ފައުންޑަރ މެމްބަރުކަމަށްވާ މުޚްތާރް ރޯބޯ ފާޅުކުރުމުން، އޭނާއަށް އިންތިޚާބުގައި ވާދަނުކުރެވޭނެކަމަށް ސޯމާލިއާގެ ސަރުކާރުން ބުނެފިއެވެ.

އަލްޝަބާބަކީ ސޯމާލިއާގެ އިތުރުން އިރުމަތީ އަދި އުތުރު އެފްރިކާގެ ބައެއް ސަރަހައްދުތަކުގައި ޙަރަކާތްތެރިވާ ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރި ޖަމާޢަތެކެވެ. ރޯބޯ އަކީ އެޖަމާޢަތް އުފެއްދުމުގައި އިސްކޮށް އުޅުނު އެކަކުނަމަވެސް، ޚިޔާލުތަފާތުންވުން ތަކާއިއެކު 2012 ވަނަ އަހަރު އޭނާ ވަނީ އެޖަމާޢަތް ދޫކޮށް، ހަނގުރާމަވެރި އެހެން ޖަމާޢަތެއް އުފައްދާފައެވެ. އަދި އޭނާ އަލަށް އުފެއްދި ޖަމާޢަތާއި އަލްޝަބާބާއި ދެމެދު ކުރިމަތިލުންތައް ހިނގާފައިވެއެވެ.

ރޯބޯއަކީ 2000 ވަނަ އަހަރު އަލްޤައިދާއާއިއެކު ތަމްރީން ހެދި މީހެކެވެ. އޭނާ ހައްޔަރުކުރަން ބޭނުންވާ މައުލޫމާތު ފޯރުކޮށްދިން މީހަކަށް 5 މިލިއަން ޑޮލަރުގެ އިނާމެއް ދޭން އެމެރިކާގެ ޚާރިޖީ ވުޒާރާއިން އިއުލާންކުރިނަމަވެސް، އޭނާ ސޯމާލިއާ ސަރުކާރާއިއެކު ސުލްހައިގެ މަޝްވަރާތައް ފެށުމުން މިދިޔަ އަހަރުގެ ޖޫން މަހު އޭނާ ހޯދުމުގެ މަސައްކަތް އެމެރިކާ ސިފައިން ވަނީ ހުއްޓާލާފައެވެ.

ސައުތު ވެސްޓް ސްޓޭޓްގެ ވެރިކަން ލިބިއްޖެނަމަ ސޯމާލިއާގެ މައި ސަރުކާރާއިއެކު އޮންނަ ގުޅުން ބަދަހިކުރާނެކަމަށް ރޯބޯ ވަނީ ކުރިން ބުނެފައެވެ. އެހެން ނަމަވެސް އޭނާއާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން މިފަހަރުގެ އިންތިޚާބުގައި އޭނާއަށް ވާދަނުކުރެވޭނެކަމަށް ސޯމާލިއާގެ މައި ސަރުކާރުން ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2018

ރިޔާސީ އިންތިޚާބުގައި ސިރިސޭނާ ވާދަކުރައްވާނެ: ފްރީޑަމް ޕާޓީ

18 ޖެނުއަރީ 2018
ރިޔާސީ އިންތިޚާބުގައި ސިރިސޭނާ ވާދަކުރައްވާނެ: ފްރީޑަމް ޕާޓީ
16 ޖެނުއަރީ 2018

މިސްރުގެ ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވުމަށް އަންވަރު ސާދާތު ނިންމަވައިފި

16 ޖެނުއަރީ 2018
މިސްރުގެ ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވުމަށް އަންވަރު ސާދާތު ނިންމަވައިފި
08 ޖެނުއަރީ 2018

މިސްރުގެ ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވުމަށް ކުރީގެ ބޮޑުވަޒީރު ޝަފީގް ނިންމަވައިފި

08 ޖެނުއަރީ 2018
މިސްރުގެ ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވުމަށް ކުރީގެ ބޮޑުވަޒީރު ޝަފީގް ނިންމަވައިފި
07 ޖެނުއަރީ 2018

މެލޭޝިއާގެ އިދިކޮޅު ކޯލިޝަނުންގެ ކެނޑިޑޭޓެއްގެ ގޮތުގައި އިންތިޚާބުގައި ވާދަ ކުރައްވާނީ މަހާތީރު

07 ޖެނުއަރީ 2018
މެލޭޝިއާގެ އިދިކޮޅު ކޯލިޝަނުންގެ ކެނޑިޑޭޓެއްގެ ގޮތުގައި އިންތިޚާބުގައި ވާދަ ކުރައްވާނީ މަހާތީރު
20 ޑިސެމްބަރު 2017

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރެއްވުމުން މިސްރުގެ ކާނަލަކު ޖަލަށްލުމަށް ހުކުމްކޮށްފި

20 ޑިސެމްބަރު 2017
ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރެއްވުމުން މިސްރުގެ ކާނަލަކު ޖަލަށްލުމަށް ހުކުމްކޮށްފި
02 ނޮވެމްބަރު 2017

ކޮލަމްބިއާގެ ކުރީގެ ހަނގުރާމަވެރި ލީޑަރު 2018 ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަނީ

02 ނޮވެމްބަރު 2017
ކޮލަމްބިއާގެ ކުރީގެ ހަނގުރާމަވެރި ލީޑަރު 2018 ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަނީ
28 ސެޕްޓެމްބަރު 2017

ޕްލޭބޯއީ ފައުންޑަރ ހިއު ހެފްނަރ 91 އަހަރުގައި މަރުވެއްޖެ

28 ސެޕްޓެމްބަރު 2017
ޕްލޭބޯއީ ފައުންޑަރ ހިއު ހެފްނަރ 91 އަހަރުގައި މަރުވެއްޖެ
20 މެއި 2017

އީރާނުގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީީސް ހަސަން ރޫހާނީ ބޮޑުތަފާތަކުން ކުރި ހޯއްދަވައިފި

20 މެއި 2017
އީރާނުގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީީސް ހަސަން ރޫހާނީ ބޮޑުތަފާތަކުން ކުރި ހޯއްދަވައިފި
23 އެޕްރީލު 2017

އަހުމަދީނިޖާދަށް އިންތިޚާބުގައި ވާދައެއް ނުކުރެއްވުނު

23 އެޕްރީލު 2017
އަހުމަދީނިޖާދަށް އިންތިޚާބުގައި ވާދައެއް ނުކުރެއްވުނު
11 މާރިޗު 2017

އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި

11 މާރިޗު 2017
އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު