Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޓަޕޯލް

އިންޓަޕޯލްގެ ވެރިޔާ ގެއްލިގެން ހޯދަނީ!

5 އޮކްޓޯބަރު 2018 | ހުކުރު 17:41

އޭނާ އަކީ ޗައިނާގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރ ފޮރ ޕަބްލިކް ސެކިއުރިޓީ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 5 އޮކްޓޯބަރު 2018 | ހުކުރު 17:41
އިންޓަޕޯލްގެ ރައީސް މެންގް ހޮންގްވެއި

އިންޓަޕޯލްގެ ރައީސް މެންގް ހޮންގްވެއި

ބައިނަލްއަޤްވާމީ ފުލުހުންގެ އިދާރާ، އިންޓަޕޯލްގެ ރައީސް މެންގް ހޮންގްވެއި ގެއްލިގެން ހޯދަމުން އެބަދެއެވެ.

ހޮންގްވެއި އެންމެ ފަހުން ފެނިފައިވަނީ މީގެ ހަފްތާއެއް ކުރިން ފްރާންސްގެ ލިއޯންގައި ހުންނަ އިންޓަޕޯލްގެ މައި އިދާރާއިން، އަމިއްލަފުޅު ޤައުމު ޗައިނާއަށް ވަޑައިގަތުމަށް ނިކުންނެވި ތަނުންނެވެ. އޭގެ ފަހުން އޭނާގެ ޚަބަރެއް ނުވެގެން އޭނާގެ އަނބިކަނބަލުން ފަރަންސޭސީ ފުލުހުންނަށް ރިޕޯޓްކުރުމުން އޭނާ ހޯދުމުގެ މަސައްކަތް ފަރަންސޭސީ ވިލާތުން ދަނީ ކުރަމުންނެވެ.

އަނެއްކޮޅުން ހޮންކޮންގުގެ ނޫހެއް ކަމަށްވާ ސައުތު ޗައިނާ މޯނިންގ ޕޯސްޓުން މަސްދަރުތަކާއި ޙަވާލާދީ ބުނެފައިވަނީ ހޮންގްވެއި ޗައިނާއަށް ވަޑައިގަތްތަކުން ޗައިނާގެ ކަމާއި ބެހޭ ފަރާތްތަކުން އޭނާއާއި ސުވާލު ކުރުމަށް އޭނާ ހިފަހައްޓާފައިވާކަމަށެވެ. އެހެންނަމަވެސް އޭނާ ހައްޔަރުކުރިކަމެއް ޗައިނާއިން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. އަދި އޭނާ ހިފަހައްޓާފައިވަނީ ކޮން އިދާރާއަކުން ކަމެއް ސައުތު ޗައިނާ މޯނިންގ ޕޯސްޓުންވެސް ހާމަކޮށްފައެއް ނުވެއެވެ.

ހޮންގްވެއި އަކީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ އިސް މެމްބަރެކެވެ. އަދި އިންޓަޕޯލްގެ ރައީސްކަމަށް އިންތިޚާބުވުމުގެ ކުރިން އޭނާ ހުންނެވީ ޗައިނާގެ ޕަބްލިކް ސެކިއުރިޓީގެ ޑެޕިއުޓީ މިނިސްޓަރަކަށެވެ. އަދި ފުލުހުންގެ ޚިދުމަތުގައި އޭނާ އުުޅުއްވާތާ 40 އަހަރު ވަނީ ވެފައެވެ.

އޭނާ އިންޓަޕޯލްގެ ރައީސްކަމަށް އިންތިޚާބުކޮށްފައިވަނީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އަދި އޭނާގެ ދައުރު ހަމަވާނީ 2020 ވަނަ އަހަރުއެވެ.

ހޮންގްވެއި އިންޓަޕޯލްގެ ރައީސްކަމަށް އިންތިޚާބުވުމުން އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ވަނީ އެކަމަށް ފާޑުކިޔާފައެވެ. އެގޮތުން ހޮންގްވެއި އިންޓަޕޯލް މެދުވެރިކޮށް، ޗައިނާ ސަރުކާރުން އިންސާނީ ހައްޤުތަކަށް އަރައިގަތުމަށް ކުރާ މަސައްކަތްތަކަށް އޭނާ އެއްބާރުލުން ދެއްވާނެކަމަށް ޖަމްއިއްޔާތަކުން ބުންޏެވެ.

އިންޓަޕޯލްގެ ރައީސް 'ގެއްލިފައި' ވީނަމަވެސް، އެޖަމްއިއްޔާ ހިންގުމުގެ މަސްއޫލިއްޔަތު ތަކާއި ހަވާލުވެ ހުންނަވަނީ އެޖަމްއިއްޔާގެ ސެކްރެޓަރީ ޖެނެރަލް ކަމުން ޖަމްއިއްޔާ ހިންގުމަށް މާބޮޑު ބުރުލެއް އަރާފައެއް ނުވެއެވެ. އިންޓަޕޯލްގެ ރައީސްގެ މަސްއޫލިއްޔަތަކީ އެގްޒެކެޓިވް ކޮމިޓީ ހިންގެވުމެވެ. އަދި މިމައްސަލައިގައި އިންޓަޕޯލުން ބުނީ ފަރަންސޭސީވިލާތާއި ޗައިނާގެ އިދާރާތަކުން އެމައްސަލަ ބަލަމުން ދާނެކަމަށެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

13 މެއި 2017

މިޔަންމާގެ މުސްލިމުންނަށް ހަމަލާދިން ދެމީހަކު ހައްޔަރުކޮށް އިތުރު ބަޔަކު ހޯދަނީ

13 މެއި 2017
މިޔަންމާގެ މުސްލިމުންނަށް ހަމަލާދިން ދެމީހަކު ހައްޔަރުކޮށް އިތުރު ބަޔަކު ހޯދަނީ
08 މެއި 2017

އަފްގާނިސްތާނުގައި ހަރަކާތްތެރިވާ އައިއެސް ގެ އިސްވެރިޔާ އަބްދުލް ހާސިބް މަރާލައިފި

08 މެއި 2017
އަފްގާނިސްތާނުގައި ހަރަކާތްތެރިވާ އައިއެސް ގެ އިސްވެރިޔާ އަބްދުލް ހާސިބް މަރާލައިފި
24 އެޕްރީލު 2017

އަފްޣާނިސްތާނު ސިފައިންގެ އިސްވެރިޔާ އިސްތިއުފާ ދެއްވައިފި

24 އެޕްރީލު 2017
އަފްޣާނިސްތާނު ސިފައިންގެ އިސްވެރިޔާ އިސްތިއުފާ ދެއްވައިފި
02 އެޕްރީލު 2017

ދެކުނު ކޮރެއާގެ ގެއްލިގެން އުޅޭ އާގު ބޯޓް އަޑިއަށް ގޮސްފައިވަކަމަށް ބެލެވެން ފަށައިފި

02 އެޕްރީލު 2017
ދެކުނު ކޮރެއާގެ ގެއްލިގެން އުޅޭ އާގު ބޯޓް އަޑިއަށް ގޮސްފައިވަކަމަށް ބެލެވެން ފަށައިފި
06 މާރިޗު 2017

އިންޑިޔާގެ މުސްލިމުންގެ ވެރިޔާ އަވަހާރަ ވެއްޖެ

06 މާރިޗު 2017
އިންޑިޔާގެ މުސްލިމުންގެ ވެރިޔާ އަވަހާރަ ވެއްޖެ
25 ފެބުރުއަރީ 2017

ސީރިއާ ސަރުކާރުގެ ޖާސޫސީ ވެރިޔާ އަވަހާރަކޮށްލައިފި

25 ފެބުރުއަރީ 2017
ސީރިއާ ސަރުކާރުގެ ޖާސޫސީ ވެރިޔާ އަވަހާރަކޮށްލައިފި
18 ފެބުރުއަރީ 2017

ޓްރަމްޕް ސަރުކާރުގެ އީޕީއޭގެ ވެރިޔާ ހުވާކުރައްވައިފި

18 ފެބުރުއަރީ 2017
ޓްރަމްޕް ސަރުކާރުގެ އީޕީއޭގެ ވެރިޔާ ހުވާކުރައްވައިފި
16 ޖެނުއަރީ 2017

ދޫރައްކާތެރިކުރުމަށް ސީއައިއޭގެ ވެރިޔާޔާ ޓްރަމްޕްއަށް އިންޒާރުދެއްވައިފި

16 ޖެނުއަރީ 2017
ދޫރައްކާތެރިކުރުމަށް ސީއައިއޭގެ ވެރިޔާޔާ ޓްރަމްޕްއަށް އިންޒާރުދެއްވައިފި
13 ޖެނުއަރީ 2017

ރެފިއުޖީން ދަތިއަޅުވާ ވައްޓާލި އަންހެން ނޫސްވެރިޔާ އަށް ތިން އަހަރުގެ ހުކުމެއް

13 ޖެނުއަރީ 2017
ރެފިއުޖީން ދަތިއަޅުވާ ވައްޓާލި އަންހެން ނޫސްވެރިޔާ އަށް ތިން އަހަރުގެ ހުކުމެއް
04 ޖެނުއަރީ 2017

އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!

04 ޖެނުއަރީ 2017
އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް