Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސުޕްރީމް ކޯޓު

މުއައްސަސާތަކުން އަމިއްލައަށް ދައުވާ ކުރެވޭ ގޮތަށް އަނެއްކާ ވެސް ބަދަލުކޮށްފި

26 ސެޕްޓެމްބަރު 2018 | ބުދަ 08:27

މިއީ ގާނޫނުގެ ދަށުން ކުރިން ވެސް ލިބިދޭ ބާރެއް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 26 ސެޕްޓެމްބަރު 2018 | ބުދަ 08:27
ސުޕްރީމް ކޯޓުން: ކުރިން ނެގި ބާރު ވަނީ ދޫކޮށްލާފައި

ސުޕްރީމް ކޯޓުން: ކުރިން ނެގި ބާރު ވަނީ ދޫކޮށްލާފައި

ޤާނޫނުގައިވާ ގޮތަށް މުއައްސަސާތަކުން އަމިއްލަ އަށް ދައުވާ ކުރެވޭނެ ގޮތް އަނެއްކާ ވެސް ސުޕްރީމް ކޯޓުން ހަދައިފިއެވެ.

އެބާރު ކުރިން އަތުލި ސުޕްރީމް ކޯޓުން އެބާރުތައް އެގޮތައް ދޫކޮށްލިކަން ހާމަކުރީ ބުދަ ދުވަހު ނެރުނު ޢާއްމު ސިޓީއަކުންނެވެ.

Advertisement - newsAdvertisement

ސުޕްރީމް ކޯޓުން ބުދަދުވަހު ނެރެފައިވާ ޢާއްމު ސިޓީއެއްގައި ބުނެފައި ވަނީ ޤާނޫނު އަސާސީގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތު ކަމުގައި ކަނޑައަޅާފައިވާ ކަންކަން ފިޔަވައި އެހެން ކަންކަމުގައި ކޯޓުތަކުގައި ދައުލަތް ތަމްސީލް ކުރާނީ ބަންޑާރަނައިބު ކަމުގައި ޤާނޫނު އަސާސީގެ 133 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވީ ނަމަވެސް، އަމިއްލަ ނަމުގައި ދަޢުވާ ކުރުމާއި ދަޢުވާ ލިބިގަތުމުގެ ބާރު ޤާނޫނު އަސާސީ އާއި ޤާނޫނެއްގެ ދަށުން ލިބިފައިވާ ދައުލަތުގެ މުއައްސަސާތަކާއި، އިދާރާތަކުން ޝަރުޢީ ކޯޓުތަކަށް ހުށަހަޅާ މައްސަލަތަކުގަ އާއި އަދި ދައުލަތުގެ އެފަދަ މުއައްސަސާތަކާއި އިދާރާތަކަށް ދަޢުވާ ލިބޭ ގޮތަށް ހުށަހެޅޭ މައްސަލަތަކުގައި އެމުއައްސަސާއެއް ނުވަތަ އެއިދާރާއެއް ތަމްސީލް ކުރާނީ ސީދާ އެފަރާތަކުން ކަމުގައި ދަންނަވާ ކަމަށެވެ. އަދި އެފަދަ ދައުލަތުގެ މުއައްސަސާތަކުންނާއި އިދާރާތަކުން ކޯޓުތަކަށް ހުށަހަޅާ މައްސަލަތަކުގަ އާއި، އަދި އެފަދަ މުއައްސަސާތަކާއި އިދާރާތަކަށް ދައުވާ ލިބޭ ގޮތަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ދައުލަތުގެ މަސްލަހަތެއް ނުވަތަ ޢާއްމު މަސްލަހަތެއް ހިމެނޭ ކަމަށް ބަންޑާރަނައިބަށް ފެނިއްޖެ ކޮންމެ މައްސަލައެއްގައި ކޯޓުގެ ހުއްދައާ އެކު، އަދި ކޯޓުން އެދިއްޖެ ހިނދެއްގައި އެމައްސަލައެއް ހިނގަމުންދާއިރު، ބަންޑާރަނައިބު ނުވަތަ އޭނާ ކަނޑައަޅާ މީހަކު ކޯޓަށް ހާޟިރުވެ ވާހަކަ ދެއްކިދާނެއެވެ. އަދި މީގެ އިތުރުން، އެފަދަ ބާވަތުގެ މައްސަލަތަކުގައި ދައުލަތުގެ މަސްލަހަތެއް އޮތް ކަމަށް މައްސަލަ ބަލާ ކޯޓަށް ފެންނަ ޙާލަތުގައި ބަންޑާރަނައިބުގެ ފަރާތުން ދައުލަތް ތަމްސީލު ކުރުމުގެ ފުރުސަތު ދިނުމުގެ އިޚްތިޔާރު އެމައްސަލަ ބަލާ ކޯޓަކަށް ލިބިގެން ވާކަމަށް ވެސް އެ ސިޓީގައި ވަނީ ބުނެފައެވެ.

ސުޕްރީމް ކޯޓުން ބުނެފައި ވަނީ އެ ސިޓީއަށް ޢަމަލް ކުރަން ފެށުމާއެކު އެ ބާރުތައް ބަންޑާރަނައިބަށް އޮންނަ ގޮތަށް ނެރެފައިވާ ކުރީގެ ޢާއްމު ސިޓީ ބާތިލްވީ ކަމަށެވެ.

ޤާނޫން އަސާސީ އާއި ޤާނޫނަކުން ބާރު ލިބިގެން ދައުލަތުގެ މުއައްސަސާތަކާއި އިދާރީތަކުން ދައުވާ ކުރުމާއި ދައުވާ ލިބިގަތުމަށް ލިބިދޭ ބާރު ނަގާފައި ވަނީ 2015 ވަނަ އަހަރު ސުޕްރީމް ކޯޓުން ނެރުނު ޢާއްމު ސިޓީއެއްގައެވެ. އަދި އެކަން ނިންމެވި ސުޕްރީމް ކޯޓުގެ ބެންޗުގައި މިހާރު ހުންނެވި އުއްތަމަ ފަންޑިޔާރު ހިމެނިވަޑައިގަންނަވައެވެ. މި ބަދަލާ އެކު ކުރިން އޮތް ގޮތައް ދައުލަތުގެ މިނިވަން މުއައްސަސާތަކަށް އަމިއްލަ ނަމުގައި ދައުވާ ކުރެވޭނެއެވެ. ސުޕްރީމް ކޯޓުން މި ގެނައި ބަދަލާ އެކު މިނިވަން މުއައްސަސާތަކަށް އެތަންތަނުން ކަނޑައަޅާ ވަކީލުންނާ އެކު ކޯޓުތަކުގައި ދައުވާކުރެވޭނެއެވެ. ސުޕްރީމް ކޯޓުން 2015 ވަނަ އަހަރު ބާރުތައް ނެގި ފަހުން އިލެކްޝަންސް ކޮމިޝަން ފަދަ ތަންތަނުގެ ފަރާތުން ކޯޓުތަކަށް ދަނީ ބަންޑާރަ ނައިބު ކަނޑައަޅުއްވާ ވަކީލުންނެވެ. ނަމަވެސް މިހާރު ގެނައި ބަދަލުން އިންތިޚާބާ ގުޅޭ މައްސަލަތަކުގައި ދައުލަތުގެ ފަރާތުން ބަންޑާރަ ނައިބުގެ ބަދަލުގައި އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ވަކީލުންނާ އެކު ކޯޓަށް ދެވޭނެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
15 ޖެނުއަރީ 2017

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް