Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމުލިއާގެއިން ނެރުނު މުދާ

މުލިއާގެއިން ނެރުނީ ކޯންޗެއް ހެއްޔެވެ؟

15 އޮކްޓޯބަރު 2018 | ހޯމަ 12:51

ލޮރީގައި ހުރީ ކޮން ތަކެއްޗެއް ކަމެއް ނޭނގޭ

އާމިރު ސަލީމް
އާމިރު ސަލީމް | 15 އޮކްޓޯބަރު 2018 | ހޯމަ 12:51
ހޯމަ ދުވަހުގެ ރޭ މުލިއާގެއިން މުދާ ނެރެގެން ގެންދަނީ

ހޯމަ ދުވަހުގެ ރޭ މުލިއާގެއިން މުދާ ނެރެގެން ގެންދަނީ

މުލިއާ ގެއިން ބޮޑު ދެ ލޮރީގެ މުދާ ނެރޭ ވާހަކަ މީހަކު އަޅުގަނޑަށް ގުޅާފައި ބުނެފިއެވެ. އެއާ އެކު އެތަން ބަލާލުމުގެ ޝައުގުވެރިކަމުގައި އެތަނަށް ހިނގައްޖައީމެވެ. އޭރު، އަޅުގަނޑު ނޫނަސް ބައެއް އެހެން މީހުންވެސް އެ ހަބަރު ލިބިގެން އެތަނަށް ގޮސްތިއްބެވެ. ތަނަކީ މުލިއާގޭ ދޮރު މައްޗެވެ. ވަގުތަކީ އިރާ ކޮޅުގެ ވަގުތެވެ. އަޅުގަނޑަށް އެތަނަށް ދެވުނު އިރު ދެ ލޮރީވެސް އެތަނުން ނުކުމެއްޖެއެވެ. ރީނދޫ ބޯޑުޖަހާފައިވާ ބޮޑު ދެ ލޮރީ ފުރެންދެން މުދާ އަރުވާފައި ހުއްޓެވެ. އެކަމަކު ލޮރީ ތެރެއަށް އަރުވާފައި ހުރީ ކޮން އެއްޗެއް ކަމެއް ނޭނގެއެވެ. މުދާތަކުގެ މަތީގައި ސަތަރި އަޅައި ބަންދު ކޮށްފައި ހުރުމުން ބަލާލެވޭ ގޮތެއް ވެސް ނުވިއެވެ. އެކަމަކު އެހާ ވަރަށް ބަންދުކޮށްފައި ހުރުމުންނާއި މުލިއާގޭ ތެރެއިން ލޮރީލޮރީގައި މުދާ ނެރޭތީ އެއީ ކޮން އެއްޗެއްތޯ ބަލާލުމުގެ ޝައުގުވެރިކަން އިންތިހާއަށް ބޮޑު ވެއްޖެއެވެ. އެހެން ކަމުން އެ ތަނުގައި ތިބި މީހުންގެ ގާތަށް ޖެހިލައި ކުޑަކޮށް ސުވާލު ކޮށްލައިފީމެވެ. އެކަމަކު އެ މީހުންނަށް ވެސް އެނގެނީ އަޅުގަނޑަށް ވެސް އެނގޭ ވަރަށެވެ. ނަމަވެސް އޭގެތެރޭގައި ހުރި އެއްޗަކާ މެދު އެ ތަނުގައި ތިބި މީހުން އެ މީހަކަށް ފެންނަ ހިޔާލެއް ފާޅުކުރަމުން ދެއެވެ. ބައެއް މީހުން ކިޔަނީ ދެ ލޮރީ ފުރެންދެން ހުރީ ހައްޖު ކޯޓާ ކަމަށެވެ. އަރިސް މީހުންނަށް ބަހަ ބަހާފައި ބާކީ ވީ އެންމެ ދެ ލޮރީގެ ކޯޓާ ކަމަށެވެ. އަނެއް ބަޔަކު ކިޔަނީ އެއީ ކުދިން ހިތާނުކުރާ ކުރަފަތް ކަމަށެވެ. އެއީ ކަދުރު ކަމަށާއި، ހަނޑޫ ކަމަށް ވެސް ބައެއް މީހުން ކިޔާ އުޅެއެވެ. އެއީ މަސްދަޅޭ، ސްކޫލު ދަބަހޭ، ޕެނަޑޯލޭ، އާސަންދަ އޭ ކިޔާ މީހުންވެސް މަދެއް ނޫނެވެ. ބާކީ ތިބި މީހުން ކިޔަނީ އެއީ ވެކްސިން ކަމަށެވެ. އޭގެ ތެރެއިން މަދު ބަޔަކު އެއީ ދެކަނބަލުން ގެ އެނިވާސަރީ އަށް ބަންދު ކޮށްފައި ބާކީވި ޗޮކުލެޓު ތަކެކޭވެސް ކިޔައެވެ. އެތަނަށް އައި އެހެން މީހަކު ބުނީ އަދި މާގޯސް އެއްޗެކެވެ. އެއް ލޮރީގައި ހުރީ ރަލޭ، އަނެއް ލޮރީގައި ހުރީ ސިހުރު ހާހޫރަ ހަދަން ބޭނުކުރާ ސާމާނޭ އޭނާ ބުންޔެވެ. ކޮންމެ އަކަސް އޭގެތެރޭގައި ހުރި އެއްޗެއް ސާފުކޮށް އެނގޭ ގޮތް ނުވިޔަސް އެއީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ތަނަކުން ނެރޭ އެއްޗެހި ތަކެއް ކަން އެނގެއެވެ. ދެން ބަލަން ބޭނުންވީ އެއީ ކާކުގެ މުދާ ތަކެއްތޯ އެވެ. ބައެއް މީހުން ބުނަނީ އެއީ ޕީޕީއެމް ގެ އެއްޗެހި ކަމަށެވެ. އަނެއްބަޔަކު އެއީ ސަދަގާތު ފައުންޑޭޝަންގެ އެއްޗިއްސޭވެސް ކިޔައެވެ. މެޑަމްގެ މުދަލޭ، ކެމްޕެއިން އޮފީހުގެ ތަކެއްޗޭ، އިލެކްޝަންގެ ސާމާނޭ ކިޔާ މީހުންވެސް މަދެއް ނޫނެވެ. އެކި މީހުން އެކި ވާހަކަ ދައްކަ ދައްކާ ތިއްބާ ރަސްމީ ފަރާތަކުން ބުނާތީ އިވުނީ އެއީ ރައީސްގެ އަމިއްލަފުޅު ތަކެތި ކަމަށެވެ. އެކަމަކު އެއީ ތެދެއްނަމަ މިތަނުގައި ރައީސްގެ އަމިއްލަފުޅު ތަކެތި ހުންނަންވީ ކީއްވެގެން ހެއްޔެވެ. ހުއްޓަސް ފޮރުވައިގެން ނެރެންވީ ކީއްވެގެން ހެއްޔެވެ. ނެރުނަސް އެ މަސައްކަތުގައި ބިދޭސީން އުޅެންވީ ކީއްވެގެން ހެއްޔެވެ. މުލިޔާގެއިން ނެރުނު ދެ ލޮރީގައި ހުރީ ކޯންޗެއްހެއްޔެވެ؟

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

12 ޖޫން 2018

ވޯޓާސް ލިސްޓް ނެރުނީ ދިރާސާކުރާ ފަރާތްތަކަށް ދަތިވާނެ ގޮތަށް: އަސްލަމް

12 ޖޫން 2018
ވޯޓާސް ލިސްޓް ނެރުނީ ދިރާސާކުރާ ފަރާތްތަކަށް ދަތިވާނެ ގޮތަށް: އަސްލަމް
18 މާރިޗު 2018

ޤަރާރެއް ނެރުނީތީ ކައުންސިލްތަކެއް ރޫޅާލާނެކަމުގެ އިންޒާރު ދީފި

18 މާރިޗު 2018
ޤަރާރެއް ނެރުނީތީ ކައުންސިލްތަކެއް ރޫޅާލާނެކަމުގެ އިންޒާރު ދީފި
05 ފެބުރުއަރީ 2018

ކުއްލި ނުރައްކަލުގެ ހާލަތު ނެރުނީ ގާނޫނުއަސާސީއާ ހިލާފަށް: ވަކީލުން

05 ފެބުރުއަރީ 2018
ކުއްލި ނުރައްކަލުގެ ހާލަތު ނެރުނީ ގާނޫނުއަސާސީއާ ހިލާފަށް: ވަކީލުން
04 ފެބުރުއަރީ 2018

ސުޕްރީމް ކޯޓުން އަމުރު ނެރުނީއްސުރެ ފާރިސް ގޮޅިއަކަށް ނުވަންނަވާ!

04 ފެބުރުއަރީ 2018
ސުޕްރީމް ކޯޓުން އަމުރު ނެރުނީއްސުރެ ފާރިސް ގޮޅިއަކަށް ނުވަންނަވާ!
03 އޮކްޓޯބަރު 2017

ބްރޯޑްކޮމްއިން ރޭގަނޑު ބަޔާން ނެރުނީ ސިޔާސީ ނުފޫޒުން، ނޫސްވެރިންނަށް ބިރުދައްކަން: ރާއްޖެޓީވީ

03 އޮކްޓޯބަރު 2017
ބްރޯޑްކޮމްއިން ރޭގަނޑު ބަޔާން ނެރުނީ ސިޔާސީ ނުފޫޒުން، ނޫސްވެރިންނަށް ބިރުދައްކަން: ރާއްޖެޓީވީ
14 އޯގަސްޓު 2017

ރައީސް ޔާމީން އަށް އޮތް ތާއީދު ދައްކާލުމަށް ކުޅުދުއްފުށީގައި ކާރުތައް ނެރުނީ ލާރި ދީގެންކަން ފަޅާ އަރައިފި

14 އޯގަސްޓު 2017
ރައީސް ޔާމީން އަށް އޮތް ތާއީދު ދައްކާލުމަށް ކުޅުދުއްފުށީގައި ކާރުތައް ނެރުނީ ލާރި ދީގެންކަން ފަޅާ އަރައިފި
24 ޖުލައި 2017

މަޖިލީހުގެ ބަޔާން ނެރުނީ އަޅުގަނޑަށް ނޭނގި: އަމީން އާންމު

24 ޖުލައި 2017
މަޖިލީހުގެ ބަޔާން ނެރުނީ އަޅުގަނޑަށް ނޭނގި: އަމީން އާންމު
24 ޖުލައި 2017

މަޖިލީހުގެ ނަމުގައި ނެރުނީ ސައްހަ ބަޔާނެއް ނޫން: ބައެއް މެންބަރުން

24 ޖުލައި 2017
މަޖިލީހުގެ ނަމުގައި ނެރުނީ ސައްހަ ބަޔާނެއް ނޫން: ބައެއް މެންބަރުން
24 ޖުލައި 2017

މެމްބަރުން މަޖިލީހުން ނެރުނީ ސިފައިން އެދިގެން: ފުލުހުން

24 ޖުލައި 2017
މެމްބަރުން މަޖިލީހުން ނެރުނީ ސިފައިން އެދިގެން: ފުލުހުން
27 ފެބުރުއަރީ 2017

މުހުތާޒްގެ މައްޗަށް ކުރި ޓެރަރިޒަމުގެ ދައުވާ ނެރުނީ ރައީސް އޮފީހުން!

27 ފެބުރުއަރީ 2017
މުހުތާޒްގެ މައްޗަށް ކުރި ޓެރަރިޒަމުގެ ދައުވާ ނެރުނީ ރައީސް އޮފީހުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް