Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ހައްޔަރުކޮށްފައިވާ އަމީޒުގެ ބަސް: އަޅުގަނޑު ހުއްޓުވުނަސް، ހިތްވަރެއް ނުހުއްޓުވޭނެ

25 ސެޕްޓެމްބަރު 2018 | އަންގާރަ 10:18

ފިއްތަން ކުރާ މަސައްކަތެއް ކާމިޔާބު ނުވާނެ ކަމަށް ވިދާޅުވި

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 25 ސެޕްޓެމްބަރު 2018 | އަންގާރަ 10:18
ހައްޔަރު ކުރުމުގެ ކުރިން އަމީޒު ރާއްޖެޓީވީއަށް އިންޓަވިއު ދެއްވަނީ: އޭނާ ހައްޔަރު ކުރީ ކޯޓުގެ އިސް ނެގުމަށް ބަލާ މައްސަލައަކާ ގުޅިގެން

ހައްޔަރު ކުރުމުގެ ކުރިން އަމީޒު ރާއްޖެޓީވީއަށް އިންޓަވިއު ދެއްވަނީ: އޭނާ ހައްޔަރު ކުރީ ކޯޓުގެ އިސް ނެގުމަށް ބަލާ މައްސަލައަކާ ގުޅިގެން

އޭނާ ހައްޔަރުކޮށްފައި ހުއްޓަސް، އޭނާގެ ހިތްވަރެއް ނުހުއްޓުވޭނެ ކަމަށް ހައްޔަރުކޮށްފައިވާ ވިލިނގިލީ ދާއިރާގެ އެމްޑީޕީ ނައިބު ރައީސް އަމީޒު ހަސަން ވިދާޅުވެއްޖެއެވެ.

މިދިޔަ އާދީއްތަ ދުވަހު ވިލިނގިއްޔަށް ވަޑައިގެން، ވޯޓުލާ މަރުކަޒުގައި ހުންނަވަނިކޮށް، ހައްޔަރުކުރި އަމީޒު، މިދިޔަ ހޮނިހިރު ދުވަހު ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މި ވަގުތަކީ ނާޒުކު ވަގުތެއް ކަމަށާއި މިވަގުތު ނުކުރި ހިތްވަރެއް ފަހުން ނުކުރެވޭނެ ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުންނަށް ސަރުކާރުން ޖައްސާފައިވާ ހާލަތާ ގުޅިގެން އަޑު އުފުލައި، ވާހަކަ ދައްކަމުންދާތީ އޭނާއަށް ފިއްތުންތަކެއް ކުރިމަތި ކުރަމުންދާ ކަމަށާއި ނަމަވެސް ވިލިނގިލީ ރައްޔިތުންނާއެކު ކުރަމުންދާ މަސައްކަތުގައި ދެމިހުންނާނެ ކަމަށެވެ.

Advertisement - newsAdvertisement

"އަޅުގަނޑު މިއަދު ހުއްޓުވިދާނެ. މިހާރު މިހުރީ ހުއްޓުވިފަ. އެހެން ނަމަވެސް އަޅުގަނޑުގެ ނަފްސެއް ނުހުއްޓުވޭނެ. އަޅުގަނޑުގެ ސިކުނޑިއެއް ނުހުއްޓުވޭނެ. އަޅުގަނޑުގެ ހިތްވަރެއް ނުހުއްޓުވޭނެ،" އަމީޒު ވިދާޅުވިއެވެ.

އަމީޒު ހައްޔަރުކޮށްފައި ވަނީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ އަމިއްލަ އިސް ނެގުމަކަށް ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ. އެ ކޯޓުން ނެރުނު އަމުރާ އެކު، އޭނާ ހައްޔަރު ކުރީ އާދީއްތަ ދުވަހު ވޯޓުލުމަށް ގދ. ތިނަދޫއިން ފުރައިގެން، ގއ. ވިލިނގިއްޔަށް ގޮސް، ވޯޓު ކަރުދާސް ހިފައިގެން ވޯޓުލާން އުޅެނިކޮށެވެ.

ޕީޕީއެމަށް ތާއިދު ބޮޑު ވިލިނގިލިން ވެސް ރިޔާސީ އިންތިހާބުގައި ބޮޑު ފަރަގަކުން، ރައީސް އަބްދުﷲ ޔާމިންގެ މައްޗަށް ވަނީ ކުރި ހޯދާފައެވެ. އެގޮތުން އެ ރަށުގައި ބެހެއްޓި ތިން ފޮށިން ވެސް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އަށް ވަނީ 55 ޕަސެންޓް ވޯޓު ދީފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: ފ. އަތޮޅު އެއްބަސްވުމުގައި ސޮއިކުރައްވާނެ!

26 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: ފ. އަތޮޅު އެއްބަސްވުމުގައި ސޮއިކުރައްވާނެ!
23 ފެބުރުއަރީ 2017

ހައްގުބަސް ނުބުނެވިއްޖެ ނަމަ ލިބިފައިވާ މިނިވަންކަން ވެސް ގެއްލޭނެ: އާޒިމް

23 ފެބުރުއަރީ 2017
ހައްގުބަސް ނުބުނެވިއްޖެ ނަމަ ލިބިފައިވާ މިނިވަންކަން ވެސް ގެއްލޭނެ: އާޒިމް
22 ފެބުރުއަރީ 2017

ނޫހުގެފާނުގެ އޮޑިކޮޅު ބަނދެގެން މިދުއްވަނީ އަޅުގަނޑުމެން ޕިންކު ކުލައިގެ ކުދިންކޮޅު: ރައީސް ޔާމީން

22 ފެބުރުއަރީ 2017
ނޫހުގެފާނުގެ އޮޑިކޮޅު ބަނދެގެން މިދުއްވަނީ އަޅުގަނޑުމެން ޕިންކު ކުލައިގެ ކުދިންކޮޅު: ރައީސް ޔާމީން
22 ފެބުރުއަރީ 2017

އަޅުގަނޑު ހައްޔަރުކުރީ ރައީސް މައުމޫން ހައްޔަރުކުރަން ބަޔާނެއް ހޯދަން: ޒައިދުލް އަމީން

22 ފެބުރުއަރީ 2017
އަޅުގަނޑު ހައްޔަރުކުރީ ރައީސް މައުމޫން ހައްޔަރުކުރަން ބަޔާނެއް ހޯދަން: ޒައިދުލް އަމީން
19 ފެބުރުއަރީ 2017

ގދ މާވަރުލު އެއާޕޯޓް ހެދުމުގެ އެއްބަސްވުން ބާތިލް ކުރީ ރަނގަޅަށް: ސިވިލް ކޯޓް

19 ފެބުރުއަރީ 2017
ގދ މާވަރުލު އެއާޕޯޓް ހެދުމުގެ އެއްބަސްވުން ބާތިލް ކުރީ ރަނގަޅަށް: ސިވިލް ކޯޓް
12 ފެބުރުއަރީ 2017

ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ރާއްޖޭގައި އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫޢުއެއް ފަށަނީ

12 ފެބުރުއަރީ 2017
ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ރާއްޖޭގައި އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫޢުއެއް ފަށަނީ
01 ފެބުރުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ

01 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ
29 ޖެނުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި
25 ޖެނުއަރީ 2017

ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

25 ޖެނުއަރީ 2017
ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ
17 ޖެނުއަރީ 2017

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް