Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރިޔާސީ އިންތިހާބު 2018

ރިޔާސީ އިންތިޚާބު: ފުވައްމުލަކު ރައްޔިތުން ގޮތެއް ނިންމައިފި!

ވޯޓުލުމުގެ ހައްގު 7426 މީހުންނަށް ލިބިފައިވޭ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 22 ސެޕްޓެމްބަރު 2018 | ހޮނިހިރު 10:49
ފުވައްމުލަކު ސިޓީ

ފުވައްމުލަކު ސިޓީ

ޏ. ފުވައްމުލަކުން ސަނާ މުހައްމަދު

ރާއްޖޭގެ އަތޮޅުތަކުގެ ތެރެއިން އެންމެ ތަފާތު އެއް އަތޮޅަކީ ފުވައްމުލަކެވެ. ގުދުރަތީ ގޮތުން އުފެދިފައިވާ ގޮތުގެ އިތުރުން ރަށުގެ ރައްޔިތުންނަކީ ވެސް އަމިއްލަ ވަންތަ ގޮތްތަކެއް ލިބިފައިވާ ބައެކެވެ. ރަށުގެ އާބާދީގައި 13،000 މީހުން ހިމެނޭ އިރު ވޯޓުލުމުގެ ހައްގު ލިބިފައި ވަނީ 7،426 މީހުންނަށެވެ. މާލޭގައި ފުވައްލުމަކު ސިޓީއަށް ނިސްބަތްވާ 1،700 މީހުން ވޯޓުލާ އިރު އެސިޓީގައި ތިބެ 5،726 މީހުން މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓުލާނެއެވެ. ދަނޑިމަގު، ދިގުވާންޑު، ހޯދަޑު، މާދަޑު، މާލެގަން، މިސްކިތްމަގު، ފުނާޑު އަދި ދޫޑިގަން އަވަށުގެ ރައްޔިތުން ވެސް ތިބީ މާދަމާގެ ވޯޓަށް ފިސާރި ތައްޔާރުވެގެންނެވެ. ފުވައްމުލަކު ސިޓީގައި 10 ވޯޓު ފޮށި ބަހައްޓާއިރު މާލޭގައި އެސިޓީގެ ރައްޔިތުންނަށް ހާއްސަ ދެ ފޮއްޓެއް ބެހެއްޓުމަށް ހަމަޖެހިފައި ވެއެވެ.

އިންތިހާބާ ގުޅޭ ގޮތުން އެރަށުގެ ރައްޔިތަކު ރާއްޖެއެމްވީއަށް ކިޔައިދިން ގޮތުގައި، މާދަމާ ވޯޓުލާއިރު އެންމެ ބޮޑު ތާއީދެއް ލިބިގެންދާނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ކަމަށެވެ. އެހެން ނަމަވެސް ގާތްގަނޑަކަށް 45 ޕަސެންޓް ޕީޕީއެމް އަށް ވެސް ލިބޭނެ ކަމަށް ބެލެވޭ ކަމަށެވެ.

ދެ ކެންޑިޑޭޓަށް ވެސް ތާއިދު ހޯދުމަށް ފޯރިއާ އެކީގައި ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދާއިރު ފިޔާތޮއްޓާއި ރީންދޫ ޖަގަހަތަކުން ވެސް ލައުޑް ސްޕީކަރުގައި ކެންޑިޑޭޓުންނަށް ސަނާ ކިޔުން ވަނީ ގަދަވެފައެވެ.

ރާއްޖެއެމްވީއާ ވާހަކަދެއްކި ފުވައްމުލަކު ރައްޔިތަކު ކިޔައިދިން ގޮތުގައި، ރައީސް އަބްދުﷲ ޔާމީނަށް ވޯޓުދިނުމުގެ އެއްވެސް ވިސްނުމެއް ނެތެވެ.

"އެންމެ ފަހުން ރައީސް ޔާމީން ވަޑައިގެން މިރަށުގައި ކުރައްވާނެ އެއްވެސް ކަމެއް ވިދާޅެއް ނުވޭ. މި ފާއިތުވެދިޔަ ފަސް އަހަރުގެ ތެރޭގައި މިރަށަށް މާބޮޑު ކަމެއް ކޮށްދީފައެއް ނުވޭ. ފުޓްސަލް ކުދި ކުދި ދަނޑުތަކެއް އެޅުން ފިޔަވާ ރައްޔިތުންނަށް ކޮށްދިން ކަމެއް ނެތް،" ހިންހަމަނުޖެހުމާ އެކު ކިޔައިދިނެވެ.

ރާއްޖެއެމްވީއާ ވާހަކަދެއްކި އެހެން މީހަކު ކިޔައިދިން ގޮތުގައި ވޯޓުދޭން ބަލާއިރު ފުވައްމުލަކަށް ތަރައްގީ ގެންނާނެ ވެރިއަކު ބޭނުންވެއެވެ.

"ހުޅުމާލެ ފަދަ ތަންތަން ނުލާހިކު ފާސްޓްކޮށް ތަރައްގީ ކުރަނީ. މިރަށަކީ ބޮޑު ރަށެއް. ސިޓީއެއް. އެކަމަކު ސިޓީއަކަށްވީ ނަމުން. އާބާދީވެސް ބޮޑު ރަށެއް. އެކަމަކު ނަރުދަމާއެއް ވެސް ގާއިމް ކުރެވިފައެއް ނެތް،" ފުވައްމުލަކު ރައްޔިތަކު ކިޔައިދިނެވެ.

ފުވައްމުލަކު ސިޓީގައި އަލަށް ވޯޓުލާ ޒުވާނަކު ކިޔައިދިން ގޮތުން ވޯޓުލުމަށް މާބޮޑު ޝައުގެއް ނެތް ކަމަށެވެ.

"އަސްލު ފުވައްމުލަކަށް ނެތް އެއްވެސް ވަރަކަށް ކަމެއް ކޮށްދީފައެއް. ދެން އަސްލު ހިތަށް އަރާ ލާރިއަށް ވޯޓު ވިއްކާލާނީއޭ ވެސް. އެފަދަ ބައެއް އޮފަރތައް މިހާރު ޕާޓީތަކުން އެބައާދޭ،" އޭނާ ބުންޏެވެ.

އެހެން މީހަކު ބުނި ގޮތުގައި ވޯޓު ވިއްކުން ރަށު ތެރޭގައި ކޮންމެވެސް ވަރަކަށް ހިނގަމުން އެބަދެއެވެ. އެގޮތުން ވަކި ކެނޑިޑޭޓަކަށް ވޯޓު ދީފި ނަމަ ފައިސާ ދިނުމަށް ޝަރުތުކުރާ ކަމަށެވެ. އަދި އެގޮތަށް ވޯޓުލާ މީހާ ވޯޓުލީކަން ކަށަވަރު ކުރުމަށް ވަކި ކަންތައްތަކެއް ކުރުމަށް އަންގާފައިވާ ކަމަށް އޭނާ ބުންޏެވެ.

"އިންތިހާބުގެ ފޯރީގައި އެންގެ ގިނަ އަދަދެއްގެ ޒުވާނުން ތާއީދު ކުރާނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް. ތަންކޮޅެއް ހަރު އުމުރުގެ މީހުން ޔާމީނަށް ތާއީދު ކުރަނީ،" މީހަކު ކިޔާދިނެވެ.

ރަށުގައި އިންތިހާބުގެ ފޯރި ގަދަވި ނަމަވެސް، ފިކުރު ތަފާތު ވެގެން މިރަށުގައި ހަމަނުޖެހުން ނުހިނގާ ކަން ފާހަގަކުރެވެއެވެ. ރަށުގެ ބައެއް ރައްޔިތުން ބުނާ ގޮތުގައި ވޯޓުގެ ފޯރިއާ އެކުގައި ހަމަނުޖެހުން އުފައްދައި، ގުޅުން ކަނޑާލުމަކީ ކުރާނެ ކަމެއް ނޫނެވެ.

ކޮންމެއަކަސް އިންތިހާބަހަށް 24 ގަޑި އިރަށް ވުރެ ކުޑަތަންވެފައިވާ އިރު ރަށުގައި ވޯޓުލުގެ ހައްގު ލިބިފައިވާ ގިނަ ބަޔަކު ވޯޓުލުމަށް ވަނީ ތައްޔާރުވެފައެވެ

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

01 އެޕްރީލު 2017
ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

18 މާރިޗު 2017
ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

17 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
މަސީހު އަޒުލުކުރުން، ރައްޔިތުންނަށް ބާރު ލިބިމުގެ ފުރަތަމަ ނިޝާން!

މަސީހު އަޒުލުކުރުން، ރައްޔިތުންނަށް ބާރު ލިބިމުގެ ފުރަތަމަ ނިޝާން!

08 މާރިޗު 2017

އަހަރުތަކުން މިއަދު

3 ފެބުރުއަރީ
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި
20233 އަހަރު ކުރިން
ރާއްޖެ

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ
20197 އަހަރު ކުރިން
ކުޅިވަރު

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު