Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިޚާބު 2018

ޒުވާނުންނަށް ދަސްކޮށްދޭނީ ބެގް، ބޮރޯ އޯރ ސްޓީލް ފަލްސަފާއެއް ނޫން: އަސްލަމް

20 ސެޕްޓެމްބަރު 2018 | ބުރާސްފަތި 19:33

ދަސްކޮށްދޭން ބޭނުންފުޅުވާ ފިލާވަޅަކީ ހައްޤު ގޮތުގައި މަސައްކަތްކޮށްގެން ފައިސާ ހޯދުމަށް

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 20 ސެޕްޓެމްބަރު 2018 | ބުރާސްފަތި 19:33
އަސްލަމް ޖަލްސާގައި ވާހަކަ ދައްކަވަނީ

އަސްލަމް ޖަލްސާގައި ވާހަކަ ދައްކަވަނީ

މައިންބަފައިން ދަސްކޮށްދިނީވެސް އަދި ދަރިންނަށް މިހާރު ދަސްކޮށްދެނީވެސް "ބެގް، ބޮރޯ އޯރ ސްޓީލް" ފަލްސަފާ ނޫންކަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ފައިސާ ނުލިބިއްޖެނަމަ ސަލާން ޖަހައިގެންވެސް ނުވަތަ ލޯނު ނަގައިގެންވެސް ނުވަތަ ވައްކަންކޮށްގެންވެސް ފައިސާ ހޯދުން އެއީ އެންމެ ރަނގަޅުކަމެއްކަމަށް ދޭހަވާ ގޮތަށް ދާދިފަހުން ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުން، އައްޑޫ ހިތަދޫގައި ބުރާސްފަތި ދުވަހުގެރޭ ބޭއްވި ގުޅިފަައިވާ ޕާޓީތަކުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ އެބޭފުޅުން ދަސްކޮށްދޭން ބޭނުންފުޅުވާ ފިލާވަޅަކީ ހައްޤު ގޮތުގައި މަސައްކަތްކޮށްގެން ފައިސާ ހޯދުމަށެވެ.

Advertisement - newsAdvertisement

އަދި އެބޭފުޅުންނަށް ދަސްވެފައިވާ ފިލާވަޅަކީ ހައްޤު ގޮތުގައި ފައިސާ ހޯދައި، ލިބޭ މިންވަރަށް އީމާންވުންކަމަށެވެ. އަސްލަމް ވިދާޅުވީ ވައްކަން ކުރުމުގެ އުޞޫލު މިއަދުގެ ޒުވާނުން ބަލައިނުގަންނާނެކަމަށެވެ. އަދި ގުޅިފައިވާ ޕާޓީތަކުގެ ސިޔާސަތަކީ ޒުވާނުންނަކީ އަޚުލާގު ރަނގަޅު ބަޔަކަށް ހެދުންކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވައްކަން ނުކުރާ، އަމިއްލަ މަސައްކަތުން އާމްދަނީ ހޯދާ ފަޚުރުވެރި ޒުވާނުން އުފެއްދުން ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މިފަދަ ޒުވާނުންނަށް ބޭނުންވާ ތަމްރީނާއި، ހުނަރުތައް ދިނުމަށް ބޭނުންވާ ވަޞީލަތްތައް ޤާއިމްކުރެވިގެންދާނެ،" އަސްލަމް ވިދާޅުވިއެވެ.

އައްޑޫ ސިޓީއަށް 1.4 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވުމާއި ގުޅިގެން އެއަށް ރައްދު ދެއްވަމުން އަސްލަމް ވިދާޅުވީ ފޭދޫ ބިން ހިއްކުމާއި ސްކޫލް މަރާމާތުކުރުން ފަދަ މަދު ކަމެއް ނޫންކަމެއް ފެންނަން ނެތްކަމަށެވެ. އަދި އެކަމަށް 400 މިލިއަން ރުފިޔާވެސް ޚަރަދު ނުވާނެކަމަށް އަސްލަމް ވިދާޅުވިއެވެ. އެހެންކަމަށްވާނަމަ 1 ބިލިއަން ރުފިޔާ ދިޔަ ތަނެއް އޮންނަން ވާނެކަމަށްވެސް އަސްލަމް ވިދާޅުވިއެވެ. އަދި ނަހަލާލު ގޮތުގައި ފައިސާ ވަނީ ކޮން ގެއަކަށްކަން ބަލާނެކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ އައްޑޫ އިން ރައީސް ޔާމީން ހޯއްދަވާނެ ވޯޓެއް ނެތްކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

07 މާރިޗު 2019

ޒުވާނުންނަށް ދީނީ މައުލޫމާތު ދޭން ޝޭހުން ކޮފީ މޭޒަށް

07 މާރިޗު 2019
ޒުވާނުންނަށް ދީނީ މައުލޫމާތު ދޭން ޝޭހުން ކޮފީ މޭޒަށް
07 މާރިޗު 2019

އެސްއެމްއީ ލޯންގެ 20 އިންސައްތަ ހާއްސަ ކުރަނީ އަންހެނުންނަށާއި ޒުވާނުންނަށް : ރައީސް ސޯލިހު

07 މާރިޗު 2019
އެސްއެމްއީ ލޯންގެ 20 އިންސައްތަ ހާއްސަ ކުރަނީ އަންހެނުންނަށާއި ޒުވާނުންނަށް : ރައީސް ސޯލިހު
28 ފެބުރުއަރީ 2019

ޒުވާނުންނަށް ހާއްސަކޮށްގެން އެގްރިކަލްޗަރ މިނިސްޓްރީއިން ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމެއް

28 ފެބުރުއަރީ 2019
ޒުވާނުންނަށް ހާއްސަކޮށްގެން އެގްރިކަލްޗަރ މިނިސްޓްރީއިން ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމެއް
14 ޖެނުއަރީ 2019

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި ޒުވާނުންނަށް ދެވަނަ ފުރުސަތެއް ދޭންޖެހޭ: ނަޝީދު

14 ޖެނުއަރީ 2019
މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި ޒުވާނުންނަށް ދެވަނަ ފުރުސަތެއް ދޭންޖެހޭ: ނަޝީދު
28 ޑިސެމްބަރު 2018

ކުރިޔަށް އޮތް ދުވަސްތަކުގައި ޒުވާނުންނަށް ހާއްސަ ކޮށްގެން ގިނަ ހަރަކާތްތަކެއް ރޭވިގެންދާނެ: ރައީސް

28 ޑިސެމްބަރު 2018
ކުރިޔަށް އޮތް ދުވަސްތަކުގައި ޒުވާނުންނަށް ހާއްސަ ކޮށްގެން ގިނަ ހަރަކާތްތަކެއް ރޭވިގެންދާނެ: ރައީސް
30 ނޮވެމްބަރު 2018

ޒުވާނުންނަށް މިނިސްޓްރީގެ ދޮރު ހުންނާނީ އަބަދުވެސް ހުޅުވިފައި:މަލީޙު

30 ނޮވެމްބަރު 2018
ޒުވާނުންނަށް މިނިސްޓްރީގެ ދޮރު ހުންނާނީ އަބަދުވެސް ހުޅުވިފައި:މަލީޙު
24 ސެޕްޓެމްބަރު 2018

މިވެރިކަމުގައި ޒުވާނުންނަށް ބޭނުންވާ ހުރިހާ ކަމެއް ހަމަޖައްސައިދިން: ރައީސް ޔާމީން

24 ސެޕްޓެމްބަރު 2018
މިވެރިކަމުގައި ޒުވާނުންނަށް ބޭނުންވާ ހުރިހާ ކަމެއް ހަމަޖައްސައިދިން: ރައީސް ޔާމީން
05 ސެޕްޓެމްބަރު 2018

ސަރުކާރުން ވަކިވެވަޑައިގަތީ ޒުވާނުންނަށް އޮޅުވާލައި ގާނޫނީ އިމުން ބޭރުވުމުން: ފަޒާދު

05 ސެޕްޓެމްބަރު 2018
ސަރުކާރުން ވަކިވެވަޑައިގަތީ ޒުވާނުންނަށް އޮޅުވާލައި ގާނޫނީ އިމުން ބޭރުވުމުން: ފަޒާދު
10 އެޕްރީލު 2018

ކުޅިވަރުގެ ފުރުސަތުތައް ދިވެހި ޒުވާނުންނަށް ބަންދުކުރީ ޔާމީންގެ ހުދުމުޚުތާރު ވެރިކަން ދެމެހެއްޓުމަށް: އަބްދުﷲ ޝާހިދު

10 އެޕްރީލު 2018
ކުޅިވަރުގެ ފުރުސަތުތައް ދިވެހި ޒުވާނުންނަށް ބަންދުކުރީ ޔާމީންގެ ހުދުމުޚުތާރު ވެރިކަން ދެމެހެއްޓުމަށް: އަބްދުﷲ ޝާހިދު
18 ފެބުރުއަރީ 2017

ހުޅުމާލޭަގައި ދިރިއުޅޭ ހުރިހާ ޒުވާނުންނަށް ވަޒީފާ ހޯދަދޭނަން: މިނިސްޓަރ ސައީދު

18 ފެބުރުއަރީ 2017
ހުޅުމާލޭަގައި ދިރިއުޅޭ ހުރިހާ ޒުވާނުންނަށް ވަޒީފާ ހޯދަދޭނަން: މިނިސްޓަރ ސައީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް