Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާސީ އިންތިޚާބު 2018

ރަނިން މޭޓަކަށް ޝަހީމް ހަމަޖެއްސީ ފަސޭހައިން އިސްތިއުފާ ދެއްވާނެތީ: އަލީ ޒާހިރު

މިސަރުކާރަކީ އެންމެ ގިނަ ނައިބް ރައީސުން އައްޔަންކުރި ސަރުކާރު

އަމްނާ އިމާދު
އަމްނާ އިމާދު | 20 ސެޕްޓެމްބަރު 2018 | ބުރާސްފަތި 03:20
އަދާލަތު ޕާޓީގެ ނާއިބު ރައީސް އަލީ ޒާހިރު

އަދާލަތު ޕާޓީގެ ނާއިބު ރައީސް އަލީ ޒާހިރު

ރަނިން މޭޓަކަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހަމަޖެއްސެވީ އެމަނިކުފާނު ވަރަށް ފަސޭހައިން އިސްތިއުފާ ދެއްވާނެތީ ކަމަށް އަދާލަތު ޕާޓީގެ ނާއިބު ރައީސް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން ފުވައްމުލަކުގައި ބުދަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި އަލީ ޒާހިރު ވިދާޅުވީ ނައިބު ރައީސްގެ މަގާމުގައި ބޭފުޅަކު ބެހެއްޓެވުމަށް، ރައީސް އަބްދުﷲ ޔާމިން ބޭނުންފުޅު ނުވާނެ ކަމަށާއި، މިސަރުކާރަކީ އެންމެ ގިނަ ނައިބު ރައީސުން އައްޔަންކުރި ސަރުކާރު ކަމަށެވެ. އެހެން ކަމުން ނައިބު ރައީސަކު ބަހައްޓަވަން ރައީސް ޔާމީން ބޭނުންފުޅު ނުވާކަން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ކަމަށް އަލީ ޒާހިރު ވިދާޅުވި އެވެ.

Advertisement - newsAdvertisement

ހިޔާނާތާއި ކޮރަޕްޝަންގެ ތުހްމަތު މި ސަރުކާރުގެ މައްޗަށް އިންތިހާއަށް ކުރެވޭއިރު، ރައީސް ޔާމީން ރިޔާސީ އިންތިޚާބުގައި ވާދައްކުރެއްވުމަށް ރަނިން މޭޓެއްގެ ގޮތުގައި ޑރ. ޝަހީމް ކަނޑައަޅާފައިވަނީ ވަރަށް ފަސޭހައިން އިސްތިއުފާ ދެއްވާ ބޭފުޅަކަށް ވާތީ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"މިހާރު އެބޭފުޅުންގެ ރަނިން މޭޓަކީ އެއީ ކޮންމެ ސަރުކާރެއްގައި ވެސް ވަރަށް އަވަހަށް އިސްތިއުފާ ދެއްވާ ވަޒީރުކަން ކުރައްވާފައިވާ ބޭފުޅެއް. އެހެންވީމަ ރަނިން މޭޓްކަން ނޫނީ ނައިބު ރައީސްކަން ލިބޭ ތަނުން އަޅުގަނޑަށް ހީވަނީ އިސްތިއުފާ ދެއްވާނެކަމުގެ ޔަގީންކަން އަބްދުﷲ ޔާމިންއަށް އޮތީމަ ހެން މިރަނިން މޭޓުގެ ޗޮއިސްއަކަށް މިވީ." އަލީ ޒާހިރު ވިދާޅުވިއެވެ.

އަލީ ޒާހިރު ވިދާޅުވީ އިސްލާމް ދީނޭ ކިޔައިގެން ރައްޔިތުންނަށް އޮޅުވާލުމަށް މިސަރުކާރުން ގިނަ މަސައްކަތް ތަކެއް ކުރާ ކަމަށާއި، ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ސިޔާސަތު ފެންނަން އޮންނާނެ ކަމަށާއި، ކޯލިޝަންގެ ސަރުކާރުގައި އިސްލާމް ދީނާއި ހިލާފު އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ. އަދި ދީން ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ގުޅިފައިވާ ޕާޓީތަކުގެ ލީޑަރުންނަކީ ޓެރަރިސްޓުނަށް ހެދުމަށް މި ސަރުކާރުން މަސައްކަތްކުރި ނަމަވެސް އެކަން ރައްޔިތުން ގަބޫލުނުކުރާނެ ކަމަށާއި، އެއީ ރައްޔިތުންނަށް އޯގާތެރި ލީޑަރުން ކަމަށެވެ. އެ ލީޑަރުން މިނިވަންކޮށް މިގައުމު އަމާން މިސްރާބަކަށް ބަދަލުކުރުމަށް ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓު ދިނުމަށް އަލީ ޒާހިރު ގޮވާލެއްވިއެވެ.

އިތުރަށް ކިޔާލަން

05 މާރިޗު 2018

ޝަހީމްގެ ކޮނޑު ހުޅު ނައްޓާލި، ކަކޫ ވަނީ ދުޅަވެފައި، ފަރުވާއެއް ނުދޭ: އާއިލާ

05 މާރިޗު 2018
ޝަހީމްގެ ކޮނޑު ހުޅު ނައްޓާލި، ކަކޫ ވަނީ ދުޅަވެފައި، ފަރުވާއެއް ނުދޭ: އާއިލާ
20 ޖެނުއަރީ 2018

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

20 ޖެނުއަރީ 2018
ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
15 ޖެނުއަރީ 2018

ސަރުކާރަށް އާމްދަނީ ލިބެނީ ދަރަނިން: އަމީން

15 ޖެނުއަރީ 2018
ސަރުކާރަށް އާމްދަނީ ލިބެނީ ދަރަނިން: އަމީން
13 ޖެނުއަރީ 2018

ސިޔާސީ މަޝްރަހުން އަލުން ފެނިގެން ހިނގައިދާނެ: ޝަހީމް

13 ޖެނުއަރީ 2018
ސިޔާސީ މަޝްރަހުން އަލުން ފެނިގެން ހިނގައިދާނެ: ޝަހީމް
06 ޑިސެމްބަރު 2017

މިއީ އަޤްޞާ މިސްކިތް ތަޅައިލުމުގެ ފެށުން، ދިވެހިން އަޑުއުފުލަން ޖެހޭ: ޑރ. ޝަހީމް

06 ޑިސެމްބަރު 2017
މިއީ އަޤްޞާ މިސްކިތް ތަޅައިލުމުގެ ފެށުން، ދިވެހިން އަޑުއުފުލަން ޖެހޭ: ޑރ. ޝަހީމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު