Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިސްލާމިކް ޔުނިވަރސިޓީގެ މުވައ

މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް

19 ސެޕްޓެމްބަރު 2018 | ބުދަ 12:47

ޤާނޫނުގައި ބުނާގޮތަށް މުސާރަ ބޮޑެއް ނުކުރޭ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 19 ސެޕްޓެމްބަރު 2018 | ބުދަ 12:47
އިސްލާމިކް ޔުނވަރސިޓީގެ ޖަލްސާއެއްގައި ޝަހީމް ވާހަކަ ދައްކަވަނީ

އިސްލާމިކް ޔުނވަރސިޓީގެ ޖަލްސާއެއްގައި ޝަހީމް ވާހަކަ ދައްކަވަނީ

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރ ކަމުން އިސްތިއުފާ ނުދެއްވައި ޑރ މުހައްމަދު ޝަހީމް ޢަލީ ސައީދު ކެމްޕޭނުގައި އުޅުއްވަނިކޮށް އެތަނުގެ މުވައްޒަފުންތަކެއް ކަންބޮޑުވުންތަކެއް ފާޅުކޮށް ރައީސުލްޖުމްހޫރިއްޔާއަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

ރާއްޖެ އެމްވީއަށް ވެސް ކޮޕީއެއް ލިބިފައިވާ އެ ޕެޓިޝަނުގައި ބުނެފައިވާ ގޮތުގައި 2015 ވަނަ އަހަރު ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާ ޔުނިވަރސިޓީއަކަށް ބަދަލުކޮށް މަސައްކަތްތަކުގެ އޮނިގަނޑަށް ވަނީ ބަދަލުތކައް ގެނެސްފައެވެ. އައު މަޤާމްތަކެއް އުފައްދައި އެކަޑެމިކް މުސާރަ ވަނީ ޤައުމީ ޔުނިވަރސިޓީގެ މުވައްޒަފުންގެ މުސާރަ އާއި އެއްގޮތަށް ބޮޑުކޮށްފައެވެ. އެހެންނަމަވެސް އިދާރީ މުވައްޒަފުންގެ މުސާރައަށް 2009 ގެ ފަހުން އެއްވެސް ބަދަލެއް ގެނެވިފައެއް ނުވެއެވެ. މީގެ އިތުރުން ޤައުމީ ޔުނިވަރސިޓީގެ މުސާރައާއި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ މުސާރައިގެ އޮނިގަނޑު އެއްވަރުވާން ޤާނޫނުގައި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ އިދާރީ މުވައްޒަފުންގެ މުސާރައަށް އަދާހަމައަށްވެސް ބަދަލެއް ގެނެވިފައި ނުވާކަން ފާހަގަ ކުރާކަމަށެވެ.

Advertisement - newsAdvertisement

އަދި ޤައުމީ ޔުނިވަރސިޓީގައި މުސާރައިގެ އޮނިގަނޑެއް ތަޢާރަފްކޮށް މި އޮނިގަނޑާ އެއްގޮތަށް މުވައްޒަފުންގެ މުސާރަ ހަމަޖެހިފައި ވާއިރު، ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ އެންމެމަތީ މަޖިލީހުން ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ އިދާރީ މުވައްޒަފުންގެ މުސާރަ ޤައުމީ ޔުނިވަރސިޓީގެ އޮނިގަނޑާ އެއްގޮތަށް ބޮޑުކުރުމަށް ފާސްކޮށް އެއޮނިގަނޑާއެއްގޮތަށް މުސާރަ ބޮޑުކޮށްދިނުމަށް އެދި ފިނޭންސް މިނިސްޓްރީއަށާއި ރައީސް އޮފީހަށް އެތައް ފަހަރެއްގެމަތިން ޔުނިވަރސިޓީން ވަނީ ހުށަހަޅާފައި ކަމަށާއި ނަމަވެސް މިހުއްދަ ނުދެއްވާކަމަށް ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ މެނޭޖްމަންޓާއި ބައްދަލުކޮށް ވާހަކަ ދެއްކުމުން އަންގާފައި ވާކަމަށެވެ. މީގެ އިތުރުން މި ވޭތުވެ ދިޔަ 3 އަހަރު ނިމިގެން ދިޔައިރު ވެސް މިކަމަށް އެދެވިގެންވާ ޖަވާބެއް އަދި ޙައްލެއް ވަނީ ނުލިބިކަމަށް އެމުވައްޒަފުން ޕެޓިޝަންގައި ވަނީ ބުނެފައެވެ.

އެމީހުން ބުނީ މުސާރައިގެ އިތުރުން މުވައްޒަފުން މަދުވުމަކީ ވެސް އިދާރީ މުވައްޒަފުންނަށް ދިމާވެފައިވާ ވަރަށްބޮޑު ދަތިކަމެކެވެ. މުޅި ޖުމްލަ ސްޓޫޑަންޓް އެފެއާޒްގައި 3 މުވައްޒަފުން އިދާރީ މަސައްކަތްތައް ކުރާއިރު ކޮންމެ ކުއްލިއްޔާއެއްގައި އިދާރީ މަސައްކަތްތައް ކުރަނީ އެންމެ މުވައްޒަފެއް ކަމަށެވެ. އެހެންކަމުން މި ދެމުއައްސަސާ އެއްހަމައަކަށް ގެނެސް މިކަމަށް އިންސާފްވެރި ބަދަލެއް ވީ އެންމެ އަވަސް ފުރުސަތެއްގައި ޤާއިމްކޮށްދެއްވުން އެދި ދަންނަވާކަމަށް ޕެޓިޝަންގައި ބުނެފައިވެއެވެ.

ޕެޓިޝަން ހުށަހެޅި ބައެއް މުވައްޒަފުން ރާއްޖެ އެމްވީއަށް ބުނި ގޮތުގައި ޤާނޫނުގައިވާ ގޮތަށް މުސާރަ ބޮޑު ނުކުރުމާއި މުވައްޒަފުން މަދުވުމުގެ މައްސަލައިގައި އެތައް ފަހަރެއްގެ މަތިން މެނޭޖްމަންޓާ ބައްދަލުކޮށްގެން ވެސް ހައްލެއް ލިބިފައެއް ނުވެއެވެ. މެނޭޖްމަންޓުން ދޭ ޖަވާބުގެ ތެރޭގައި ފަހުން ރަނގަޅުވާނޭ ކަމަށާއި ލިބޭ މިންވަރަށް ޝުކުރު ކުރުމަށާއި ހެއްދެވިފަރާތަށްޓަކައި މަސައްކަތް ކުރުމަށް ބުނަމުންދާ ކަމަށެވެ.

އެމީހުން ބުނީ އެގޮތަށް ޝުކުރު ކޮށްލައިގެން ތިބެވޭވަރަށްވުރެ މިހާރު ޙާލަތު ދަށްކަމަށާއި މުވައްޒަފުން މަދުވުމުގެ ސަބަބުން ދުވާލާއި ރޭގަނޑު އެއްކޮށް ކަހަލަ ގޮތަކަށް މަސައްކަތުގައި އުޅެންޖެހޭ ފަހަރުތައްވެސް އަންނަ ކަމަށެވެ. އަދި ސަރުކާރުން ދޫކުރަން ހުޅުވާލި ފްލެޓަށް އެދި ހުށަހެޅި ފޯމްވެސް މުސާރަ ކުޑަވުމުގެ ސަބަބުން ރިޖެކްޓްވުންފަދަ ހިތާމަވެރި ކަންކަމާވެސް ކުރިމަތިވެފައިވާ ކަމަށް އެމީހުން ބުންޏެވެ.

މިމަހުގެ 13 ވަނަ ދުވަހު މި ޕެޓިޝަން ރައީސް އޮފީހަށް ހުށަހަޅާފައިވީނަމަވެސް އަދި އެއްވެސް ޖަވާބެއް ލިބިފައި ނުވާއިރު ޕެޓިޝަންގައި ސޮއިކުރި މީހުންނަށް ބިރުދައްކައި އެކަމުގައި އިސްކޮށްއުޅުނު މީހުން ހޯދައި ވަޒީފާއިން ވަކިކުރާނެކަމުގެ ބިރުދައްކަމުންދާ ކަމަށްވެސް އެމުވައްޒަފުން ބުންޏެވެ. އެގޮތުން އެޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ، އެޑްމިން އެންޑް ފައިނޭންސް އަލީ ރަޝީދުގެ ނަން އެމީހުން ދަނީ ފާހަގަ ކުރަމުންނެވެ.

އެމުވައްޒަފުން ބުނީ އެޔުނިވަރސިޓީގައި ކިޔަވާ ދަރިވަރުންނަށްވެސް އިންތިހާއަށް ދަތިތައް ހުރިކަވާމަށެވެ. އެގޮތުން މުވައްޒަފުން މަދުވުމުގެ ސަބަބުން ރިސެޕްޝަނުންނާއި އެހެނިހެން ގޮތްގޮތުން ދޭން ޖެހޭ ޚިދުމަތް ރަނގަޅަށް ފޯރުކޮށްދެވުމުގައި ވެސް ދަތިތައް ހުރުމާއި ލައިބްރަރީއެއް ނެތުމަކީ އޭގެ ބައެއް ކަންކަން ކަމަށެވެ. އަދި 11500 ރުފިޔާއަށް ކުރިން ހެދެމުން އަންނަ ޑިގްރީ މިހާރު 49000 ރުފިޔާއަށް ބަދަލުވެފައި ވާކަމަށް ވެސް އެމުވައްޒަފުން ބުންޏެވެ.

އެމީހުން ބުނީ ޤާނޫނަކުން ހަމަހަމަވާން ޖެހޭނެކަމަށް ބުނިނަމަވެސް ޤައުމީ ޔުނިވަރސިޓީގެ އެޑްމިން އޮފިސަރުންނާއި އިސްލާމިކް ޔުނިވަރސިޓީގެ އެމަޤާމްތަކުގެ މުވައްޒަފުންގެ މުސާރައިގައި ގާތްގަނޑަކަށް ޖުމްލަ 1839.72 ރުފިޔާގެ ފަރަގެއް ހުރެއެވެ. އަދި ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރުންގެ މެދުގައި 1671.09 ރުފިޔާގެ ފަރަގެއް ހުރެއެވެ.

އިސްލާމްދީން ކުރިއެރުވުމުގެ ގޮތުން ރައީސް ޔާމީންގެ ރަނިންގ މޭޓެއްގެ ގޮތުގައި ޑރ ޝަހީމް ހަމަޖެއްސެވުމުން ވަޒީފާއިންވެސް ވަކިވުމެއްނެތި ޔުނިވަރސިޓީ ދޫކޮށްލައްވާފައި ޝަހީމް އުޅުއްވަނީ އަވަދިނެތި ކެމްޕެއިންގައެވެ. ޝަހީމްގެ މުސާރައިން އެންމެ ރުފިޔާއެއްވެސް މަދުވުމެއްނެތި ހިނގަމުންދިޔަ ނަމަވެސް މުސާރައިގެ ފަރަގާއި ޕެޓިޝަން ހުށަހެޅީތީ ދައްކަމުންދާ ބިރަށްޓަކައި އެމުވައްޒަފުން ތިބީ ނަފްސާނީގޮތުން ވެސް ބިރުވެރިކަމެއްގައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

05 އޮކްޓޯބަރު 2017

އެމްޕީއެލް މުވައްޒަފުންގެ މެދުގައި ޑިގު މުބާރާތެއް ބާއްވަނީ!

05 އޮކްޓޯބަރު 2017
އެމްޕީއެލް މުވައްޒަފުންގެ މެދުގައި ޑިގު މުބާރާތެއް ބާއްވަނީ!
27 ސެޕްޓެމްބަރު 2017

ބޮޑެތި ކޮރޮޕްޝަން ހިންގީމަ އަދަބް ދޭން ނުކުރޭ ވެރިއަކު ރާއްޖޭގެ ހުރެގެން ނުވާނެ:ސައީދު

27 ސެޕްޓެމްބަރު 2017
ބޮޑެތި ކޮރޮޕްޝަން ހިންގީމަ އަދަބް ދޭން ނުކުރޭ ވެރިއަކު ރާއްޖޭގެ ހުރެގެން ނުވާނެ:ސައީދު
25 ސެޕްޓެމްބަރު 2017

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑު ކޮށްފި

25 ސެޕްޓެމްބަރު 2017
ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑު ކޮށްފި
10 ސެޕްޓެމްބަރު 2017

ރާއްޖެޓީވީގެ މުވައްޒަފުންގެ އެއް ދުވަހުގެ މުސާރަ ރޮހިންޖާ މުސްލިމުންނަށް

10 ސެޕްޓެމްބަރު 2017
ރާއްޖެޓީވީގެ މުވައްޒަފުންގެ އެއް ދުވަހުގެ މުސާރަ ރޮހިންޖާ މުސްލިމުންނަށް
21 ޖުލައި 2017

ރައީސްގެ ފައިސާ އަޅާ ޖާޑިއެއް ހުރެގެންނުވާނެ: އީސަ

21 ޖުލައި 2017
ރައީސްގެ ފައިސާ އަޅާ ޖާޑިއެއް ހުރެގެންނުވާނެ: އީސަ
04 މެއި 2017

ހައްޖު ކޯޕްރޭޝަން އަށް ކޯޓާ ދޭނެ މިންވަރު ކަނޑައެޅުމުގެ ބާރު މިނިސްޓަރަށް ދިނުމުން ޝަހީމް ރުޅިގަދަވެއްޖެ

04 މެއި 2017
ހައްޖު ކޯޕްރޭޝަން އަށް ކޯޓާ ދޭނެ މިންވަރު ކަނޑައެޅުމުގެ ބާރު މިނިސްޓަރަށް ދިނުމުން ޝަހީމް ރުޅިގަދަވެއްޖެ
17 މާރިޗު 2017

ފެނަކައިގެ މުވައްޒަފުންގެ މުސާރަ ކުޑަކޮށް ބައެއް މުވައްޒަފުން ވަކިކުރަމުންދާ ކަމަށް ބައެއް މުވައްޒަފުން ބުނެފި

17 މާރިޗު 2017
ފެނަކައިގެ މުވައްޒަފުންގެ މުސާރަ ކުޑަކޮށް ބައެއް މުވައްޒަފުން ވަކިކުރަމުންދާ ކަމަށް ބައެއް މުވައްޒަފުން ބުނެފި
27 ފެބުރުއަރީ 2017

އަދާލަތު ޕާޓީން ޝަހީމް ވަކިވެވަޑައިގެންފި

27 ފެބުރުއަރީ 2017
އަދާލަތު ޕާޓީން ޝަހީމް ވަކިވެވަޑައިގެންފި
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް