Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ހަތަރު ލީޑަރުންގެ އެއްބަސްވުން މަޖިލީހުން ފާސްކުރަންޖެހޭ ގޮތަށް ކޯލިޝަންގެ މެނިފެސްޓޯ އާންމުކޮށްފި

16 ސެޕްޓެމްބަރު 2018 | އާދީއްތަ 13:26

މަޖިލީހަށް އެއްބަސްވުން ހުށަހަޅަނީ މެޖޯރިޓީ ލިބުމުން

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 16 ސެޕްޓެމްބަރު 2018 | އާދީއްތަ 13:26
ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ): އެމަނިކުފާނު ވެރިކަމުގެ މެނިފެސްޓޯ ވަނީ އާންމުކޮށްފައި

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ): އެމަނިކުފާނު ވެރިކަމުގެ މެނިފެސްޓޯ ވަނީ އާންމުކޮށްފައި

ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރު ދެމިއޮތުމާ ގުޅޭ ގޮތުން ޕާޓީތަކުގެ ހަތަރު ލީޑަރުން އެއްބަސްވާ ކަންތައްތައް މަޖިލީހުން ފާސްކުރަންޖެހޭ ގޮތަށް ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯ އާންމުކޮށްފިއެވެ.

ހަތަރު ޕާޓީގެ މެނިފެސްޓޯގެ ވައުދުތައް ހިމެނޭ ގޮތަށް އެކުލަވާލި ކޯލިޝަންގެ މެނިފެސްޓޯގައި ވެރިކަން ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމަށްޓަކާ ގާނޫނުއަސާސީއަށް ބަދަލު ގެންނަންޖެހޭ ކަމަށް ބަޔާންކޮށްފައިވެއެވެ.

Advertisement - newsAdvertisement

ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގައިވާ ގޮތުން ކޯލިޝަން ރޫޅޭ ގޮތްތަކާއި ރޫޅިއްޖެ ހާލަތެއްގައި ސަރުކާރު ދެމި އޮތުމާ ގުޅޭ ގޮތުން ހަތަރު ލީޑަރުން އެއްބަސްވުމެއްގައި ސޮއި ކުރަންވާނެއެވެ. މަޖިލީހުގެ އަގުލަބިއްޔަތު ކޯލިޝަންގެ ސަރުކާރަށް ލިބޭތާ 30 ދުވަހުގެ ތެރޭގައި އެ އެއްބަސްވުން މަޖިލީހުން ފާސްކުރަން ޖެހޭނެ ކަމަށް މެނިފެސްޓޯގައި ބުނެފައިވެއެވެ.

ކޯލިޝަންގެ ސަރުކާރު ދެމިއޮތުމާ ގުޅޭ ގޮތުން ހަތަރު ލީޑަރުން އެއްބަސްވާ ކަންތައްތައް މެނިފެސްޓޯގައި ތަފްސީލުކޮށްދީފައެއް ނުވެއެވެ. އަދި ގާނޫނުއަސާސީއަށް ގެންނަ ބޮޑެތި ބަދަލުތައް ވެސް ތަފްސީލުކޮށްދީފައެއް ނުވެއެވެ.

"ކޯލިޝަން ރޫޅޭ ގޮތްތަކާއި ރޫޅިއްޖެ ހާލަތެއްގައި ސަރުކާރު ދެމިއޮތުމާއި ނެތުން، އަދި ކޯލިޝަނަށް ދިމާވާ އެހެނިހެން މައްސަލަތައް ހައްލު ކުރާނެ ގޮތްތައް ބަޔާންކުރާ އެއްބަސްވުމެއްގައި ހަތަރު ލީޑަރުން ސޮއިކުރެއްވުން. އަދި ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު ކޯލިޝަންގެ ސަރުކާރަށް ލިބޭތާ 30 ދުވަހުގެ ތެރޭގައި މި އެއްބަސްވުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ފާށްކުރުން،" ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގައި ބުނެފައިވެއެވެ.

ހަތަރު ޕާޓީގެ ވައުދުތައް އެކުލަވާލުމަށްފަހު، މައިގަނޑު ހަ ދާއިރާއަކަށް ވައުދުތައް ބަހާފައިވެއެވެ. އެއީ ދިވެހި އިލްމުވެރީންނާއި ސިއްހީ ނިޒާމާއި ދިފާއީ ސިޔާސަތާއި ގެދޮރުވެރިކުރުވުމާއި ދިވެހި މަސްވެރިޔާގެ ސިޔާސަތާއި ޓޫރިޒަމްގެ ސިޔާސަތުގެ މައްޗަށެވެ.

އިދިކޮޅު ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ، އެމްޑީޕީން އާންމު ކުރި ޖަޒީރާ މެނިފެސްޓޯގައި ވެރިކަން ހިންގުމުގެ ނިޒާމަށާއި އަދުލުއިންސާފު ގާއިމު ކުރުމާ ގުޅޭ ގޮތުން ހިމަނާފައިވާ ބައެއް ކަންކަން ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގައި ހިމަނާފައެއް ނުވެއެވެ.

އެގޮތުން ފަނޑިޔާރުންނަށް ރައްޔިތުންގެ އިތުބާރު ހޯދުމުގެ ގޮތުން ކޯޓުތަކަށް ބޭރުގެ ފަނޑިޔާރުން އައްޔަން ކުރަންޖެހޭ ބައި ވަނީ އުނިކޮށްފައެވެ. އަދި އިންތިގާލީ ސަރުކާރާ ގުޅޭ ގޮތުންނާއި ވެރިކަމުގެ ނިޒާމުގެ ތެރެއަށް ބަރުލަމާނި ސިފަތައް ގެނައުމަށް ޖަޒީރާ މެނިފެސްޓޯގައި ހިމަނާފައިވާ ބައިތައް ވަނީ އުނިކޮށްފައެވެ.

އެއާ ހިލާފަށް ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގައި ހިމަނާފައި ވަނީ ދައުލަތުގެ އެންމެހައި ސިޔާސަތުތަކުގެ ތެރެއިން ރައްޔިތުންނަށް އަނިޔާ ލިބޭ ގޮތަށް ބައްޓަންކޮށްފައިވާ ސިޔާސަތުތަކަށް ބަދަލު ގެނައުމެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

08 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި
05 ފެބުރުއަރީ 2017

ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

05 ފެބުރުއަރީ 2017
ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި
05 ފެބުރުއަރީ 2017

އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!

05 ފެބުރުއަރީ 2017
އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!
02 ފެބުރުއަރީ 2017

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
16 ޖެނުއަރީ 2017

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
11 ޖެނުއަރީ 2017

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

11 ޖެނުއަރީ 2017
ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް