Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ޓެބްލެޓަށް ނަތީޖާ އެންޓާ ކުރާ ވާހަކައިގެ ހަގީގަތް ސާފުކޮށްދިނުމަށް ޕާޓީތަކުން އަނެއްކާވެސް އެދިއްޖެ

16 ސެޕްޓެމްބަރު 2018 | އާދީއްތަ 08:54

170،000 ވޯޓު ޕާޓީތަކުން ކަށަވަރުކޮށްފައިވާ ކަމަށް މާރިޔާ ވިދާޅުވި

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 16 ސެޕްޓެމްބަރު 2018 | އާދީއްތަ 08:54
މާރިޔާ އަހުމަދު ދީދީ: އިންތިހާބާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތައް މިއަދުވެސް މީޑިއާއަށް ހިއްސާ ކުރެއްވި

މާރިޔާ އަހުމަދު ދީދީ: އިންތިހާބާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތައް މިއަދުވެސް މީޑިއާއަށް ހިއްސާ ކުރެއްވި

ވޯޓުލާ މަރުކަޒުތަކުގައި ނަތީޖާ އިއުލާން ކުރުމުގެ ކުރިން، ފުރަތަމަ ޓެބްލެޓަށް ނަތީޖާ އެއްޓާ ކުރުމަށް ރާވާފައިވާ ކަމަށް ދެކެވޭ ވާހަކަތަކުގެ ހަގީގަތް ސާފުކޮށް ދިނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ގުޅިފައިވާ ޕާޓީތަކުން އަނެއްކާވެސް ގޮވާލައިފިއެވެ.

އަންނަ އާދީއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓު ލާ މަރުކަޒުތަކުން ނަތީޖާ އިއުލާން ކުރުމުގެ ކުރިން، ޓެބްލެޓަށް ނަތީޖާ އެންޓާ ކުރާ ކަމަށް މީގެ ކުރިން ވެސް އަޑު ފެތުރުނެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ އެކަން ދޮގުކޮށްފައެވެ. އެހެން ނަމަވެސް އަނެއްކާ ވެސް އެ ވާހަކަ ފެންމަތިވެފައި ވަނީ ވޯޓު ގުނުމަށް ފަހު، ނަތީޖާ ފުރަތަމަ ޓެބްލެޓަށް އެންޓާ ކުރަންޖެހޭ ގޮތަށް ވޯޓު ފޮށީގެ އޮފިޝަލުން ތަމްރީނު ކުރި ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެންނެވެ.

Advertisement - newsAdvertisement

އެކަމާ ގުޅިގެން ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓުގެ ސްޕޯކްސްޕާސަން މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ޓެބްލެޓުގައި ނަތީޖާ އެންޓާ ކުރުމާ ގުޅޭ ގޮތުން އެކި ވާހަކަތައް ފެތުރެމުންދާއިރު ވެސް އިލެކްޝަންސް ކޮމިޝަނުން އެއްޗެއް ނުބުނާތީ ކަންބޮޑުވާ ކަމަށެވެ.

"އިލެކްޝަންސް ކޮމިޝަނުން ނުކުމެވަޑައިގެން ވިދާޅުވެ ދެއްވަން އެބަ ޖެހޭ. ކިހިނެއްތޯ މިކަން މި ހިނގަނީ. މިހެން ނުހިނގާނެ ކަމުގެ ޔަގީންކަން ވޯޓުލާ މީހުންނަށް ދެއްވަން ޖެހޭ. މިހާ ހިސާބަށް އައިއިރު ކިހިނެއްކަން މިކަންދާނީ، އެއްވެސް ކަހަލަ އެއްޗެއްގެ ސާފު މައުލުމާތު ހަގީގަތުގައި ރައްޔިތުންނަށް އެނގޭ ގޮތް ނުވާތީ، ކަންބޮޑުވަނީ،" މާރިޔާ ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިދިޔަ މަހު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ ވޯޓު ލާ މަރުކަޒުގައި ވޯޓު ގުނާ ނިންމުމަށްފަހު، އެތަނުގައި ނަތީޖާ ތަތްކުރުމަށްފަހު ޓެބްލެޓަށް ނަތީޖާ އެންޓާ ކުރާނެ ކަމަށާއި ވޯޓު ލާ މަރުކަޒުތަކުގައި ނަތީޖާ އިއުލާން ނުކުރަނީސް، އެ ކޮމިޝަނަށް އެއްވެސް ނަތީޖާއެއް ނޭނގޭނެ ކަމަށެވެ.

ވޯޓުގެ ނަތީޖާ އޮޅުވާލައިގެން ރައީސް އަބްދުﷲ ޔާމީން ވެރިކަމުގައި ހުންނަވާނެ ކަމަށް ބުނެ، އަޑުތައް ފަތުރަމުންދާތީ، މާރިޔާ ވިދާޅުވީ ވޯޓު އޮޅުވާލުމުގެ އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށާއި ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކާ އެކު ގުޅިފައިވާ ޕާޓީތަކުން ކާމިޔާބު ހޯދާނެކަން، އެންމެން ވެސް ގަބޫލު ކުރާ ކަމަށެވެ. އަދި ވިދާޅުވީ 170،000 ވޯޓު ގުޅިފައިވާ ޕާޓީތަކަށް ކަށަވަރުވެފައިވާ ކަމަށެވެ.

"ގަބޫލެއް ނުކުރަން މިއިން އެއްވެސް ކަމެއް ހިނގާފާނެ ކަމަކަށް. މީގެ އެއްވެސް ކަމެއް ކުރެވިދާނެ ކަމަކަށް. އެއީ އެންމެންނަށް ވެސް އިނގޭ، ގުޅިފައިވާ ޕާޓީތައް އެއްވެގެން، ނުކުމެގެން މި ކޯލިޝަން، މި އިއްތިހާދު މިދަނީ ވަރަށް ބޮޑުތަނުން މޮޅުވާންކަން. ކުރިން ވެސް ދެންނެވި ގޮތަށް 170،000 ވޯޓު އަޅުގަނޑުމެންނަށް ކަށަވަރު،" މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ އަންނަ އާދީއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ހެނދުނު ހެނދުނާ ރައްޔިތުން ނުކުމެ ވޯޓުލުމަށްފަހު، "އެކި ގޮތްގޮތުން" މަގުމަތީގައި މަޑުކުރުމަށް އެދޭ ކަމަށާއި ގުޅިފައިވާ ޕާޓީތަކުގެ ސަޕޯޓަރުން ގެއަށް ވަންނާނީ ކާމިޔާބީގެ އުފާފާޅު ކުރުމަށްފަހުގައި ކަމަށެވެ.

"ވޯޓު ލެއްވުމަށްފަހު އެކި ގޮތްގޮތުން އެ ތާނގައި މަގުމަތީގައި މަޑުކޮށްލައިގެން ތިއްބަވާ. އަޅުގަނޑުމެން އެންމެން އެ ދުވަހު ގެއަށް ވަންނާނީ މާތްﷲ އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެންގެ ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް، ކާމިޔާބު ހާސިލު ކުރެއްވީމަ ސެލެބްރޭޓް ކުރުމުގެ ގޮތުން އެންމެން އެކީގައި ޖަގަހަތަކުގައި ބޮނޑިބަތް ކައި ނިންމައިގެން،" މާރިޔާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

05 މެއި 2017

ރައްޔިތުން އުފުލަމުންދާ ދުއްތުރާތަކަށް ނިމުމެއް ގެނައުމަށް ކައުންސިލް އިންތިހާބުގެ ނަތީޖާ މުހިއްމު: މުސްތަފާ

05 މެއި 2017
ރައްޔިތުން އުފުލަމުންދާ ދުއްތުރާތަކަށް ނިމުމެއް ގެނައުމަށް ކައުންސިލް އިންތިހާބުގެ ނަތީޖާ މުހިއްމު: މުސްތަފާ
03 އެޕްރީލު 2017

ރައުދާގެ މަރުގެ ހަގީގަތް ހޯދުމަށް ފުރިހަމަ ތަހުގީގެއް ކުރަންޖެހޭ: ބަންގްލަދޭޝްގެ ކުރީގެ ރައީސް

03 އެޕްރީލު 2017
ރައުދާގެ މަރުގެ ހަގީގަތް ހޯދުމަށް ފުރިހަމަ ތަހުގީގެއް ކުރަންޖެހޭ: ބަންގްލަދޭޝްގެ ކުރީގެ ރައީސް
01 މާރިޗު 2017

ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި

01 މާރިޗު 2017
ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި
27 ފެބުރުއަރީ 2017

އެނާރޖީ އެފިޝަންސީ އާޓް ކޮމްޕެޓިޝަން 2016ގެ ނަތީޖާ ފާޅުކޮށްފި

27 ފެބުރުއަރީ 2017
އެނާރޖީ އެފިޝަންސީ އާޓް ކޮމްޕެޓިޝަން 2016ގެ ނަތީޖާ ފާޅުކޮށްފި
24 ފެބުރުއަރީ 2017

އިންތިހާބުތައް ކާމިޔާބުވަނީ ނަތީޖާ ނެރެވޭ އުސޫލުތައް ބޭނުން ކުރާތީ: ހަސަން ލަތީފު

24 ފެބުރުއަރީ 2017
އިންތިހާބުތައް ކާމިޔާބުވަނީ ނަތީޖާ ނެރެވޭ އުސޫލުތައް ބޭނުން ކުރާތީ: ހަސަން ލަތީފު
10 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ

10 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު
08 ފެބުރުއަރީ 2017

މިއަދުވެސް ދިވެހިން ތަހަމަލްކުރަމުން މިގެންދަނީ ބަގާވާތުގެ ހިތި ނަތީޖާ: މާރިޔާ

08 ފެބުރުއަރީ 2017
މިއަދުވެސް ދިވެހިން ތަހަމަލްކުރަމުން މިގެންދަނީ ބަގާވާތުގެ ހިތި ނަތީޖާ: މާރިޔާ
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް