Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރިޔާސީ ރޭސް 2018

ޓެބްލެޓުން ނަތީޖާ އިއުލާނު ނުކުރާނެކަމުގެ ޔަގީންކަންދީ: ވިމެން ޑިމޮކްރަސީ

އިންތިހާބުގެ ކަންތައްތައް ހިނގަމުންދަނީ އިންސާފުވެރިކަމާއެކީގައި ކަން ކަށަވަރުކޮށްދޭން ޖެހޭ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 16 ސެޕްޓެމްބަރު 2018 | އާދީއްތަ 07:32
އިލެކްޝަންސް ކަމިޝަންގެ އިދާރާ

އިލެކްޝަންސް ކަމިޝަންގެ އިދާރާ

މިމަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓުގެ ނަތީޖާ ވޯޓުލާ މަރުކަޒުން އިޢުލާނު ކުރުމުގެ ކުރިން ނަތީޖާ ޓެބްލެޓުން އިލެކްޝަން ކޮމިޝަނަށް އަންގަން ޖެހޭނެކަމަށް ދެކެވޭ ވާހަކަތައް ސާފުކޮށްދިނުމަށް އެދި ވިމެން އެންޑް ޑިމޮކްރަސީ އިން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ސިޓީއެއް ފޮނުވައިފިއެވެ.

އީސީއަށް ފޮނުވި އެ ސިޓީގައި ބުނީ ރިޔާސީ އިންތިހާބުގެ ވޯޓުގެ ނަތީޖާ ވޯޓުލާ މަރުކަޒުން އިޢުލާނު ކުރުމުގެ ކުރިން ވޯޓުގެ ނަތީޖާ އީސީއަށް އެނގޭނެ ގޮތެއް އޮވެގެންނުވާނެކަމަށެވެ. އަދި ނަތީޖާ އިޢުލާނުކުރުމުގައި ޓެބްލެޓް ބޭނުން ނުކުރާނެކަމަށް އެކޮމިޝަނުން ކުރިން ބުނެފައިވީ ނަމަވެސް ރިޔާސީ އިންތިހާބުގައި ވޯޓު ގުނުމަށްފަހު ވަގުތުން ނަތީޖާ އިއުލާނު ކުރުމުގެ ކުރިން ވޯޓުގެ ނަތީޖާ މުވާސަލާތީ ވަސީލަތަކަށް (ޓެބްލެޓަށް) އެންޓަރ ކުރުމަށް އީސީން އޮފިޝަލުންނަށް އަންގާފައިވާކަމުގެ މަޢުލޫމަތާ ފެތުރެމުންދާކަމަށާއި އެކަމާއި ގުޅިގެން ވޯޓު ގުނުމުގެ ކަންކަން ހިނގަމުންދާނީ އިންސާފުވެރިކޮށް ކަމާމެދު ގިނަ ފަރާތްތަކުން ސުވާލު އުފައްދަމުންދާކަމަށެވެ.

Advertisement - newsAdvertisement

ވިމެން އެންޑް ޑިމޮކްރަސީ ގެ އެސިޓީގައި އިތުރަށް ބުނީ، އިންތިހާބާ ބެހޭ ޢާންމު ޤާނޫނުގެ 57 ވަނަ މާއްދާގެ (ހ) އާއި، އެ ޤާނޫނުގެ 55 ވަނަ މާއްދާގެ (ށ)ގައި ބުނެފައިވާ ގޮތުގެ މަތިން އެ މަރުކަޒެއްގެ ނަތީޖާ ޝީޓުގައި އެ މާއްދާގައި ބުނެފައިވާ ފަރާތްތައް ސޮއިކުރުމަށްފަހު، އެ މަރުކަޒުގެ ވަގުތީ ނަތީޖާ ވަގުތުން އެ މަރުކަޒުގައި އިޢުލާނުކުރަންވާނެ ކަމަށް ބަޔާންކޮށްފައިވުމާއި އަދި އެ މާއްދާގެ (ށ)ގައި އިއުލާނު ކުރުމާއެކު ލަސްނުކޮށް މައިމަރުކަޒަށް ނަތީޖާ ފޮނުވަންވާނެކަމަށް ބަޔާންކޮށްފައިވާތީ، ވޯޓު ގުނައި އިޢުލާންކޮށް ނިމުމަށްފަހު މެނުވީ އީސީގެ މައި މަރުކަޒަށް ވޯޓުގެ ނަތީޖާ ފޮނުވުމަކީ ނުވަތަ އެއްވެސް ގޮތަކުން އެ ނަތީޖާގެ އެއްވެސް މަޢުލޫމަތެއް އީސީއަށް އެނގުމަކީ ޤާނޫނާ ޚިލާފުކަމެއްކަން ސާފުކޮށް އެނގެން އެބައޮތްކަމަށެވެ. އެހެންކަމުން ވޯޓު ގުނާ އިއުލާނު ކުރުމުގެ ކުރިން ވޯޓުގެ ނަތީޖާ މުވާސަލާތީ ވަސީލަތަކަށް އެންޓާކުރުމަކީ ޤާނޫނާއި ހިލާފުކަމެއްކަމަށާއި އެއާ ހިލާފަށް އަމަލުކޮށްފިނަމަ އީސީއަށް ވޯޓުގެ ނަތީޖާ ބަދަލުކުރުމުގެ ފުރުސަތު ލިބި، ނަތީޖާ އިންސާފުވެރިވާނެކަމާއި މެދު ގިނަ ބަޔަކު ސުވާލު އުފައްދާނެކަމަށް އެސިޓީގައި ބުނެއެވެ.

މީގެއިތުރުން އެސިޓީގައި ވަނީ، ގާނޫނުއަސާސީގެ 170 ވަނަ މާއްދާގެ (ހ)ގެ ދަށުން އިންތިހާބުގެ ކަންތައްތައް ހިނގަމުންދަނީ އިންސާފުވެރިކަމާއި ތަޅާފޮޅުމެއް ނެތި، އެއްވެސް ނުފޫޒެއްނެތި މިނިވަންކަމާއެކު ކަށަވަރުކޮށްދިނުމަކީ އިލެކްޝަން ކޮމިޝަންގެ މަސްއޫލިއްޔަތެއް ކަމަށެވެ. އެހެންކަމުން، ވޯޓު ގުނާ ނިންމައި ވަގުތުން އިއުލާނު ކުރެއްވުމަށްފަހު ނޫނީ މުވާސަލާތީ އެއްވެސް ވަސީލަތަކަށް ވޯޓުގެ ނަތިޖާ އެންޓާކުރުމަށް ހަމަޖެހިފައި ނުވާކަމުގެ ޔަޤީންކަން ރައްޔިތުންނަށް އީސީން ދޭންޖެހޭކަމަށް ވިމެން އެންޑް ޑިމޮކްރަސީގެ ސިޓީގައި ފާހަގަކޮށށްފައި ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި

ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި

01 މާރިޗު 2017
އެނާރޖީ އެފިޝަންސީ އާޓް ކޮމްޕެޓިޝަން 2016ގެ ނަތީޖާ ފާޅުކޮށްފި

އެނާރޖީ އެފިޝަންސީ އާޓް ކޮމްޕެޓިޝަން 2016ގެ ނަތީޖާ ފާޅުކޮށްފި

27 ފެބުރުއަރީ 2017
އިންތިހާބުތައް ކާމިޔާބުވަނީ ނަތީޖާ ނެރެވޭ އުސޫލުތައް ބޭނުން ކުރާތީ: ހަސަން ލަތީފު

އިންތިހާބުތައް ކާމިޔާބުވަނީ ނަތީޖާ ނެރެވޭ އުސޫލުތައް ބޭނުން ކުރާތީ: ހަސަން ލަތީފު

24 ފެބުރުއަރީ 2017
ހޯމް މިނިސްޓްރީން 10،000 ގައުމީ ދިހަ ހޯދުމަށް އިއުލާނުކޮށްފި

ހޯމް މިނިސްޓްރީން 10،000 ގައުމީ ދިހަ ހޯދުމަށް އިއުލާނުކޮށްފި

12 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ

10 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

10 ޖޫން
ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"
20233 އަހަރު ކުރިން
ކުޅިވަރު

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟
20215 އަހަރު ކުރިން
ރާއްޖެ

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު