Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާރާމާރީ ހިންގުން

ދުވާފަރުގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ޒަޚަމްކޮށްލައިފި

ޒަޚަމްވި ޒުވާނާއަށް ދަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 16 ސެޕްޓެމްބަރު 2018 | އާދީއްތަ 06:04
ތޫނުއެއްޗަކުން ހަމަލާދިނުމުން ޒަޚަމްވި މީހާގެ ގައިން ފައިބާފައިވާ ލޭ

ތޫނުއެއްޗަކުން ހަމަލާދިނުމުން ޒަޚަމްވި މީހާގެ ގައިން ފައިބާފައިވާ ލޭ

ރ ދުވާފަރުގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ޒަޚަމްކޮށްލައިފިއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ދުވާފަރު ކައުންސިލް މެމްބަރަކު ވިދާޅުވީ އެހާދިސާގައި ޒަޚަމްވި ޒުވާނާއަށް އެރަށުގެ ހެލްތު ސެންޓަރުން އެކަށޭނަ ފަރުވާ ދެވެން ނެތިގެން އުނގޫފާރުގައި ހުންނަ އެއަތޮޅު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށެވެ. އަދި އިމަޖެންސީގައި ފަރުވާދެމުންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ކައުންސިލްގެ މެމްބަރު ވިދާޅުވީ ތޫނު އެއްޗަކުން ހަމަލާދީފައި ވަނީ މައުލޫމާތު ލިބފައިވާ ގޮތުގައި އެ ޒުވާނާގެ މޭ ކަށިގަނޑުން ތިރި ބަނޑުގެ ދެފަރާތުންނާއި ބުރަކަށިން ހަމަ އެ ދެ ދިމާލަށް ކަމަށެވެ. ގާތްގަޑަކަށް 21 އަހަރުގެ އެޒުވާނާއަށް ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދެމުން ދިޔަނަމަ ވެސް އަދި ވެސް ލޭމަނާ ނުވާކަމަށް މައުލޫމާތު ލިބިފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހޮނިހިރު ދުވަހުގެރޭ 12 ޖެހިފަހުން ހިނގި މިހާދިސާ އެރަށު ކައުންސިލް އިދާރާ ކައިރީގައި ހިނގާފައިވަނީ އެއް ގުރޫޕެއްގެ ދެމީހެއްގެ ދެމެދުގައި ހިނގި ހިތްހަމަނުޖެހުމެއްގައި ކަމަށް މިހާތަނަށް މައުލޫމާތު ލިބިފައިވާކަމަށް ކައުންސިލްގެ މެމްބަރު ވިދާޅުވިއެވެ. އަދި އެކަމާ ގުޅިގެން ފުލުހުންވެސް އެރަށުގައި ހަރަކާތެރިވަމުންދާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ރ ދުވާފަރުގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަޚަމްކޮށްލާފައިވާކަމުގެ ރިޕޯޓް ލިބިފައިވަނީ ހޮނިހިރު ދުވަހުގެރޭ 12:45 ހާއިރު ކަމަށާއި ޒަޚަމްވި މީހާއަށް ރ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށެވެ. އަދި ފުލުހުން އެމައްސަލަ ތަހުގީގް ކުރަމުންދާ ކަމަށެވެ.

އިތުރަށް ކިޔާލަން

24 މެއި 2017

ދިވެހި ޒުވާނަކު ލަންކާގައި މަރުވެފައި އޮއްވާ ފެނިއްޖެ

24 މެއި 2017
ދިވެހި ޒުވާނަކު ލަންކާގައި މަރުވެފައި އޮއްވާ ފެނިއްޖެ
15 މެއި 2017

ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި

15 މެއި 2017
ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި
07 މެއި 2017

މާލޭގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީފި

07 މެއި 2017
މާލޭގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީފި
03 މެއި 2017

ހިތަދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފި

03 މެއި 2017
ހިތަދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފި
29 އެޕްރީލު 2017

ލ އިސްދޫގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ

29 އެޕްރީލު 2017
ލ އިސްދޫގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ
23 އެޕްރީލު 2017

ޒުވާނަކު މަރާލި މައްސަލަ ކުށްވެރިކުރަން، ހަމަނުޖެހުމަށް ފުރުސަތު ނުދޭނަން: މުއާޒު

23 އެޕްރީލު 2017
ޒުވާނަކު މަރާލި މައްސަލަ ކުށްވެރިކުރަން، ހަމަނުޖެހުމަށް ފުރުސަތު ނުދޭނަން: މުއާޒު
07 އެޕްރީލު 2017

ޒުވާނަކު ދަންޖެހިގެން މަރުވެއްޖެ

07 އެޕްރީލު 2017
ޒުވާނަކު ދަންޖެހިގެން މަރުވެއްޖެ
28 މާރިޗު 2017

މެމްބަރު ޝަރީފަށް ތޫނު އެއްޗަކުން ހަމަލާދިނުމަށް ބަޔަކު މަސައްކަތްކޮށްފި

28 މާރިޗު 2017
މެމްބަރު ޝަރީފަށް ތޫނު އެއްޗަކުން ހަމަލާދިނުމަށް ބަޔަކު މަސައްކަތްކޮށްފި
18 މާރިޗު 2017

އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ސީރިއަސް ހާލަތުގައި

18 މާރިޗު 2017
އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ސީރިއަސް ހާލަތުގައި
10 ފެބުރުއަރީ 2017

ލ. ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ

10 ފެބުރުއަރީ 2017
ލ. ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު