Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިޚާބު 2018

ފުވައްމުލަކަށް 1.1 ބިލިއަން ރުފިޔާ ހަރަދުކޮށްފައި ނުވޭ، ރައީސް ޔާމިން ހައްދަވަނީ އިތުރުފުޅު: އަލީ ޝާހު

15 ސެޕްޓެމްބަރު 2018 | ހޮނިހިރު 17:19

ފުވައްމުލަކު ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް އަމަލީ އެއްވެސް މަސައްކަތެއް ކޮށްފައި ނުވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 15 ސެޕްޓެމްބަރު 2018 | ހޮނިހިރު 17:19
ފުވައްމުލަކު އުތުރު ދާއިރާގެ މަޖިލިސް މެމްބަރު އަލީ ޝާހު ވާހަކަދައްކަވަނީ

ފުވައްމުލަކު އުތުރު ދާއިރާގެ މަޖިލިސް މެމްބަރު އަލީ ޝާހު ވާހަކަދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ފުވައްމުލަކުގެ ތަރައްގީގެ މަޝްރޫއުތަކަށް 1.1 ބިލިއަން ރުފިޔާ ހަރަދުކޮށްފައިނުވާ ކަމަށާއި، ރައީސް ޔާމިން ހައްދަވަނީ އިތުރުފުޅު ކަމަށް ފުވައްމުލަކު އުތުރު ދާއިރާގެ މަޖިލިސް މެމްބަރު އަލީ ޝާހު ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ޝާހު ވިދާޅުވީ ރައީސް ޔާމިންގެ ސަރުކާރުގައި ފުވައްމުލަކުގެ ތަރައްގީގެ ގިނަ މަޝްރޫއުތައް ހިންގަފައިވާ ކަމަށް ބުނަމުންދާ ކަމަށެވެ. ނަމަވެސް އެއްވެސް މަޝްރޫއެއް ލޮލަށް ނުފެންނަ ކަމަށް ޝާހު ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެގޮތުން ފުވައްމުލަކު ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް 400 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ރަށްވެހި ތަރައްގީގެ ފޮތުގައި ހިމަނާފައިވާ ކަމަށާއި، ނަމަވެސް އަމަލީ ސިފައެއްގައި އެމަސައްކަތް ކޮށްފައިވާ ތަން އެއްވެސް ރައްޔިތަކަށް ނުފެންނަ ކަމަށެވެ.

"ފުވަމުލަކަށް ވަޑައިގަންނަވާ ބޭފުޅަކު ވެސް ބައްލަވާ ފުވައްމުލަކު ގިރާ ސަރައްހަދަށް ފުވަމުލަކު ވަށައިގެން އެއްވެސް ސަރަހައްދެއްގައި ތޮށިލުމުގެ ނުވަތަ ކޯސްޓަލް ޕްރޮޓެކްޝަން ނިޒާމެއް ގާއިމް ކުރުމުގެ އެއްވެސް ކަހަލަ މަސައްކަތެއް ކުރިއަށްދޭތޯ. އެހެންވީމަ މީ ވަރަށް ބޮޑަށް އޮޅުވާލުމަށްޓަކައި ދެކެވުނު ވާހަކައެއްކަން ގޮތުގައި އަޅުގަނޑަށް ފާހަގަކުރެވެނީ."ޝާހު ވިދާޅުވިއެވެ.

ފުވައްމުލަކުގައި އިމާރާތްކޮށްފައިވާ ފްލެޓްތަކަށް އިޝާރާތް ކުރައްވާ ޝާހު ވިދާޅުވީ އެއްވެސް ރައްޔިތަކަށް މިފްލެޓް ނުލިބޭ ކަމަށާއި، ފްލެޓް އަޅާފައިވާ ސަރަހައްދު އޮތީ އަނދިރި ޖަންގައްޔަކަށް ވެފައިކަމަށެވެ. ޝާހު ވިދާޅުވީ ފްލެޓްތައް ހުރި ސަރަހައްދުގައި ފެނާއި ކަރަންޓު ނެތް ކަމަށާއި، ފްލެޓަށް ބަދަލުވެވޭނީ ވެސް އެތައް މަސައްކަތްތަކެއް ކޮށްގެން ކަމަށެވެ. އަދި ފެނާއި ނަރުދަމާގެ މަޝްރޫއު ނިންމަވާ އިފްތިތާހްކޮށްފައިވާއިރު މިޚިދުމަތް ވެސް ރައްޔިތުންނަށް ނުލިބޭ ކަމަށް ޝާހު ވިދާޅުވިއެވެ.

"280 މިލިއަން ރުފިޔާ ފެނާއި ނަރުދަމާއަށް ހަރަދު ކުރެވުނު ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު ވިދާޅުވިއިރުގައި ރަށްވެހި ތަރައްގީ ފޮތުގައި މިއޮތީ ފެނާއި ނަރުދަމާ ގާއިމް ކުރުމަށް މިއޮތީ 275 މިލިއަން ރުފިޔާ އަކާއި، އިތުރަށް ފެނުގެ ނިޒާމު ގާއިމް ކުރުމަށް 93 މިލިއަން ރުފިޔާއެއްގެ ވާހަކަ. އިތުރަށް ހަރަދުވި ފައިސާ ކިހިނެތްތޯ ހަރުދަވީ. ވާނުވާއެއް ނޭނގޭ" ޝާހު ވިދާޅުވިއެވެ.

ފުވައްމުލަކުގެ މަގު ހެދުމުގެ މަޝްރޫއަށް އަލިއަޅުއްވާލައްވާ ޝާހު ވިދާޅުވީ މިމަޝްރޫއު ވެސް ކުރިއަށް ނުދާ ކަމަށާއި، އެންމެ އަކަމީޓަރެއްގައި ވެސް ތާރުއަޅަފައިނުވާ ކަމަށެވެ. ނަމަވެސް މިމަޝްރޫއު ކުރިއަށްދާ ކަމަށް ސަރުކާރުން ބުނެފައިވާ ކަމަށާއި، މިއީ ރައްޔިތުންނަށް އޮޅުވާލި އޮޅުވާލުމެއް ކަމަށް ޝާހު ވިދާޅުވިއެވެ.

އެމްޑީޕީގެ ވެރިކަމުގައި ފުވައްމުލަކުގެ ތަރައްގީއަށް ހަރަދުކޮށްފައިވަނީ 26 މިލިއަން ރުފިޔާ ކަމަށް ރައީސް ޔާމިންގެ ސަރުކާރުގެ ބޭފުޅުން ވިދާޅުވާތީ އެކަމަށް ރައްދުދެއްވައި ޝާހު ވިދާޅުވީ އެއީ ހުސްދޮގު ކަމަށާއި، ފުވައްމުލަކުގެ އެއާޕޯޓަށް އެމްޑީޕީގެ ވެރިކަމުގައި އެތައް މިލިއަނެއް ހަރަދުކޮށްފައިވާ ކަމަށެވެ.

"ގައުމެއްގެ ރައީސްއަކު ރައްޔިތުންނާއި މުޚާތަބުކޮށް މިފަދަ ވާހަކަފުޅެއް ދެއްކުމަކީ އަޅުގަނޑު ހަމަ ވަރަށް ބޮޑަށް ކުށްވެރި ކުރާ ކަމެއް. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ރައްޔިތުން ކިބައިން މާފަށް ވެސް އެދެންޖެހޭ. އެއީ ހަމައެކަނި ބައްލަވާ ފުވައްމުލަކު އެއާރޕޯޓަށް. އެއާރޕޯޓަކީ ކިތަން މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއްތޯ. ހަމައެއާއެކު ފުވައްމުލަކުގެ ހުރަހަށް އޮންނަ އެންމެ ބޮޑު މަގަކީ އާޒީ މަގު. އާޒީ މަގުގައި ގައު އެތުރި ރަނގަޅު ފެންވަރަށް ހެދިގެންދިޔައީ އެމްޑީޕީ ސަރުކާރުގައި. އެމްޑީޕީ ސަރުކާރުގައި ބޮޑެތި ޕްރޮޖެކްޓްތައް ހިންގިގެންދިޔައީ." ޝާހު ވިދާޅުވިއެވެ.

މީގެ އިތުރަށް ޝާހު ވިދާޅުވީ ސާކް ސަމިޓްއާ ގުޅިގެން ކްރިކެޓް ސްޓޭޑިއަމްއެއް ގާއިމްކޮށްދީފައިވާނީ ވެސް އެމްޑީޕީ ސަރުކާރުގައި ކަމަށެވެ.

ރައްޔިތުންގެ މަންފާއަށް ފުވައްމުލަކުގެ ބަންޑާރަ ކިޅި ސަރަހައްދުގައި ހެދިގެންދިޔަ ޚާއްސަ ތަންތަން ރެސްޓައުރެންޓަށް ހެދިގެން ދިޔަކަމަށާއި، ނަމަވެސް މިސަރުކާރުން އަޅާނުލައި ދޫކޮށްލުމުން އެތަންތަން ވީރާނާވެފައިވާ ކަމަށް ޝާހު ވިދާޅުވިއެވެ. ނަމަވެސް ތުޑީ ސަރަހައްދުގައި ރެސްޓައުރެންޓަށް ބޭނުން ކުރެވުމުންދާ ކަމަށާއި، އެކަމުގެ މަންފާ ފުވައްމުލަކަށް ސިޓީ ކައުންސިލަށް ލިބޭ ކަމަށް ޝާހު ވިދާޅުވިއެވެ.

"މީގެ އިތުރަށް ރައީސް ވަހީދުގެ ވެރިކަމުގައި އެގިވަޑައިގަންނަވާނެ ފުވައްމުލަކު އެއާރޕޯޓުގެ ބައްތި ނުވަތަ ރޭގަނޑު ފްލައިޓް ޖެއްސުމުގެ އިންތިޒާމް އިފްތިތާހްކޮށްދެއްވި. އަދި ބަނދަރުގެ ބޭރުމަތީގައިވާ ރިންގް ހަލާކުވެގެން އެ މަރާމަތު ކުރުމުގެ މަސައްކަތް ކުރެވިގެންދިޔައީ އަދި މިހެންދަންނަވާނަމަ ކުދިކުދި މަސައްކަތް ބޮޑު ހަރަދެއް ކުރެވިގެން ދިޔަ ރައީސް ވަހީދުގެ ވެރިކަމުގައި." ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމިން ވާދަކުރައްވާއިރު 2013 ވަނަ އަހަރު ވެރިކަމަށް އައުމަށް ފުވައްމުލަކު ރައްޔިތުން ގާތު ވެވަޑައިގެންނެވި ވައުދުތަކުގެ މަތިން ހަދުމަފުޅު ނެތް ކަމަށެވެ.

އެގޮތުން ފުވައްމުލަކު ސިޓީ ހޮޓެލް ގާއިމްކުރުމާއި ފުވައްމުލަކު ޒުވާނުންނަށް ރަށުގައި ތިބެގެން ޖޮބް ސެންޓަރުތަކެއް ހަދައިގެން ވަޒީފާ ލިބުމުގެ ފުރުސަތުގެ ހޯދަދޭނެ ކަމަށް ވައުދުވެފައިވާ ކަމަށެވެ. އަދި ފުވައްމުލަކު ޒުވާނުންނަށް ރަށުގައި ތިބެގެން ތައުލީމީ ފަހި ފުރުސަތުތަކެއް ހޯއްދަވާ ދެއްވުމަށްޓަކައި ނޭޝަނަލް ޔުނިވަރސިޓީގެ ގޮފިތަކެއް ގާއިމްކޮށްދެއްވާނެ ކަމަށާއި، ފުވައްމުކަލުގެ ސިއްހީ ނިޒާމު ރަނގަޅުކޮށްދެއްވާނެ ކަމަށް ވެސް ވައުދުވެފައިވާ ކަމަށް ޝާހު ވިދާޅުވިއެވެ.

މީގެ އިތުރުން ހުވަދޫއާއި އައްޑޫ ދޭތެރޭގައި މެދުގައި އޮންނަ ބޮޑު ސިޓީއަކަށް ފުވައްމުލަކު ބަދަލުކޮށްދޭނެ ކަމަށް ވައުދުވެފައިވާ ކަމަށާއި، ނަމަވެސް ވެރިކަން ނިމެންވީއިރު ވެސް މިއިން އެއްވެސް ކަމެއްގެ މަތިން ހަދުމަފުޅު ނެތް ކަމަށް ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ ފުވައްމުލަކު ރައްޔިތުންނަށް މިސަރުކާރުން އޮޅުވާލެވިފައިވާ ކަމަށާއި، ދެން އެފުރުސަތު ރައީސް ޔާމިނަށް ނުދެއްވާނެ ކަމަށެވެ. އަދި ފުވައްމުލަކުން ރައީސް ޔާމިނަށް ލިބޭނެ ވޯޓެއް ނޯންނާނެ ކަމަށް ޝާހު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
13 ޖެނުއަރީ 2017

އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ

13 ޖެނުއަރީ 2017
އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް