Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިޚާބު 2018

ގާފަރުގެ ބިން ހިއްކުމުގެ ވައުދާއެކު ގިނަ ވައުުދުތަކެއް

15 ސެޕްޓެމްބަރު 2018 | ހޮނިހިރު 17:23

ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރައްވާނެ ކަމަށް ވިދާޅުވި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 15 ސެޕްޓެމްބަރު 2018 | ހޮނިހިރު 17:23
އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް، ގާފަރުން އެމަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައި

އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް، ގާފަރުން އެމަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައި

ކ. ގާފަރުގެ ބިން ހިއްކުމުގެ ވައުދާއެކު އެރަށުގެ ރައްޔިތުން އެދުނު ގިނަ ކަންތައްތަކެއް ކޮށްދިނުމަށް އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފި އެވެ.

ހޮނިހިރު ދުވަހު ގާފަރަށް ވަޑައިގެން އެރަށުގައި ތިބި ސަޕޯޓަރުންނާ ބައްދަލު ކުރައްވައި އެމަނިކުފާނު ވަނީ އެމްޑީޕީގެ ސަރުކާރުގައި އެރަށަށް ކޮށްދިނުމަށް ނިންމާފައިވާ ކަންކަން ހަގީގަތަކަށް ހައްދަވާ ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އިތުރު ވައުދުތައް އެމަނިކުފާނު ވެވަޑައިގެންނެވި އެވެ.

Advertisement - newsAdvertisement

ގިނަ އަދަދެއްގެ މަސްވެރިން އުޅެމުންދާ ގާފަރުގައި އައިސްޕްލާންޓެއް ބަހައްޓާ ދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ގާފަރުގައި ދޯނިއެހިލަން ޒަމާނީ ތަނެއް ހައްދާ ދެއްވަން ވެސް ވައުދުވެވަޑައިގެންފަ އެވެ.

ގާފަރުގެ ބަނދަރު ސަރައްދު ގައި ގިނަ ބަޔަކު އިބޫއަށް މަރުަހަބާ ކިޔުމަށް ނިކުމެ:-އެ ރަށަށް ގިނަ ވައުދުތަކެއް އިބޫ ވެވަޑައިގެންނެވި

ރަށުގައި ނަރުދަމާ އާއި ފެނުގެ ނިޒާމް އެމަނިކުފާނުގެ ވެރިކަމުގައި ގާއިމުކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވި އެވެ. ރަށުގެ ސިއްހީ މަރުކަޒު އަޕްގްރޭޑްކޮށް ސިއްހީ މަރުކަޒުގައި ލެބޯޓްރީއެއް ގާއިމުކޮށް ސިއްހީ މަރުކަޒުގެ ހިދުމަތް މިހާރަށް ވުރެ ރަނގަޅު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ގާފަރުގެ މަސްދޯންޏެއްގައި އެރަށުގެ ބަޔަކާއެކު އިބޫ ފޮޓޯއަކަށް ހުއްޓި:- މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދާ ދެއްވާނެ ކަމަށް ވިދާޅުވި

ސްކޫލުގެ ޖާގައަށް ދިމާވެފައިވާ މައްސަލައަށް ހައްލު ލިބެން އޮތީ ރަށުގެ ސިއްޙީ މަރުކަޒު ހުރިތަނުން އެހެން ތަނަކަށް ބަދަލުކޮށް ސިއްހީ މަރުކަޒު ހުރި ބިން ސްކޫލާ ގުޅުވާލުން ކަމަށްވާނަމަ އެކަން ކުރުމަށް ވެސް ފުރުސަތު ދެއްވާނެ ކަމަށް ވިދާޅުވި އެވެ

.ގާފަރަށް އިބޫ ވެވަޑައިގެންނެވި ބައެއް ވައުދުތައް:

  • ބިން ހިއްކުން
  • ބޯޓު އެހިލާތަނެއް އާޅާދިނުން
  • ފެން ޕްލާންޓެއް އެޅުން
  • ފެނާއި ނަރުދަމާގެ ނިޒާމް ގާއިމުކޮށްދިނުން
  • ސިއްހީ މަރުކަޒު އަޕްގްރޭޑްކުރުން
  • ސްކޫލުގެ ޖާގަ ބޮޑުކޮށްދިނުން

އިބޫގެ ރަނިމޭޓް ފައިސަލް ނަސީމް ތަމްސީލްކުރައްވާ ގާފަރުގައި ހުންނަވައިގެން ފައިސަލްގެ އިހްލާސްތެރި މަސައްކަތަށް އިބޫ ވަނީ ތައުރީފު ކުރައްވާފަ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
22 ޖެނުއަރީ 2017

ސްކޫލުތަކަށް އީވް ގާމަންޓުން 240 ޑަސްބިން ހަދިޔާކޮށްފި

22 ޖެނުއަރީ 2017
ސްކޫލުތަކަށް އީވް ގާމަންޓުން 240 ޑަސްބިން ހަދިޔާކޮށްފި
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

އިންޑޮނީޝިޔާއަށް 5.6 ގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެ

14 ޖެނުއަރީ 2017
އިންޑޮނީޝިޔާއަށް 5.6 ގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް