Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ދިވެހި ބަސް
ޤާނޫނު އަސާސީ

ރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީ އަށް ރައްޔިތުން ނަފްރަތު ކުރުން.

ޢަމަލުކުރަން ނުހަނު ދަތި މާއްދާތަކެއް، އޭގައި ހިމެނި.

އަހްމަދުﷲ ޖަމީލް
އަހްމަދުﷲ ޖަމީލް, ރާއްޖެ އެމްވީ | 15 ސެޕްޓެމްބަރު 2018 | ހޮނިހިރު 13:12
މާލޭގައި ބޭއްވުނު މުޒާހަރާއެއްގެ ތެރެއިން. ފުރަތަމަ ޤާނޫނު އަސާސީގައި ޢަމަލުކުރަން ނުހަނު ދަތި މާއްދާތަކެއް ހުރި.

މާލޭގައި ބޭއްވުނު މުޒާހަރާއެއްގެ ތެރެއިން. ފުރަތަމަ ޤާނޫނު އަސާސީގައި ޢަމަލުކުރަން ނުހަނު ދަތި މާއްދާތަކެއް ހުރި.

(13 ސެޕްޓެމްބަރ 2018 ވަނަ ދުވަހު ޝާއިޢުކޮށްފައިވާ ލިޔުމާ ގުޅޭ(

ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސީސީގައި ރައްޔިތުންގެ ޙައްޤުތަކަށް ބޮޑު އަހުމިއްޔަތެއް ދެވިފައިވީ ނަމަވެސް މިޤާނޫނު އަސާސީ ވުޖޫދަށް ގެނައުމުގެ މަސައްކަތުގައި ވެސް ފޮރުވިފައިވާ ބޮޑެތި ކަންތައްތަކެއް ހިނގާފައިވާ ކަން ފާހަގަވެއެވެ.

މިގޮތުން އަލްއަމީރު މުޙައްމަދު އަމީން ދީދީ (1370ހ.) ހާމަކުރައްވަފައި ވަނީ "ފުރަތަމަ ޤާނޫނު އަސާސީ އަށް ލިބުނު ނާކާމިޔާބުގެ ސިއްރެއް ކަމުގައި ހިމެނެނީ، އޭގެ މައްޗަށް ބިނާކޮށްގެން ލިޔެވިފައިވާ އަޙްކާމު ޢާއްމާގެ (ރައްޔިތުންގެ ޙައްޤުތައް) ބައެއް މާއްދާގެ އުދަގޫކަމެވެ. ޢަމަލުކުރަން ނުހަނު ދަތި މާއްދާތަކެއް، އޭގައިވާ ކަމެވެ. މީގެ އިތުރުން އެމަނިކުފާނު ލިޔުއްވާފައިވާ ގޮތުގައި އަޙްކާމް ޢާއްމާ އާއި، މިދެންނެވި ފަދަ ޢަމަލުކުރާން ދަތި މާއްދާތަކުން ސަލާމަތް ވެވުނީ ރަންނަބަނޑޭރި ކިލެގެފާނުގެ، އަތްޕުޅުގެ މަތީން ފޫދިގެންނެވެ.

ރައްޔިތުންގެ މަޖިލިސް (1981) ހާމަ ކުރައްވާ ގޮތުގައި މި ޤާނޫނު އަސާސީ އުވިގެން ދިޔުމުގައި މެދުވެރިވި މައިގަނޑު މައްސަލަތަކަކީ: 1. ތިރީހަކަށް އަހަރުވަންދެން ރައްޔިތުންގެ ލޯބި މިލްކު ކުރައްވައިގެން ރަސްކަން ކުރެއްވި ރަސްކަލެއްގެ ނުފޫޒު. 2. ތިރީހަކަށް އަހަރުވަންދެން ރައްޔިތުންނަށް ގިނަގުނަ ޚިދުމަތްތަކެއް އަދާކުރެއްވިކަމަށް ރައްޔިތުން ޤަބޫލުކުރާ ސިޔާސީ ޒަޢީމެއްގެ ޙިކުމަތު ޢަމަލީ. 3. އަލަށް އުފެދުނު ވުޒާރާގެ މެމްބަރުންގެ މެދުގައި އުފެދިފައިއޮތް އެއްބާރުލެއްވުމުގެ ކުޑަކަން. 4. ބައެއް ވަޒީރުންގެ ތަޖްރިބާގެ މަދުކަން. 5. ޤާނޫނު އަސާސީގެ މައްޗަށް ބިނާކުރައްވައިގެން ފާސްކުރައްވަމުން ގެންދެވި ޤާނޫނުތައް އޭގެ ވަގުތަށްވުރެ ކުރިއަރާފައިވާކަން. 6. ރާއްޖޭގައި އިޤުތިޞާދީ ގޮތުން އެމީހުންގެ ނުފޫޒު ފަތުރައިގެން ތިބި ވޯރާ ވިޔަފާރިވެރިންގެ އަސަރު. ފާހަގަ ކޮށްފައި މިވާ ކަންތައްތަކާއި އަދި އެއާއި ގުޅިފައިވާ ބައެއް ކަންތައްތައް ހިމެނުނީ ރާއްޖޭގައި އުފެދުނު ފުރަތަމަ ޤާނޫނު އަސާސީގެ ޢުމުރު ވަރަށްވެސް ކުރުކުރި ކަންތައްތަކެއް ކަމުގައެވެ. ރާއްޖޭގެ ފުރަތަމަ ޤާނުނު އަސާސީގެ ދައުރެއް ކަމުގައި ހިމެނުނީ 10 މަހާއި 27 ދުވަހެވެ.

މީގެ އިތުރުން "މި ޤާނޫނޫ އަސާސީ ލިބިގަތްއިރު ދިވެހިންގެ ތެރެއިން މަދު މީހަކު ނޫނީ، ތިބީއަކީ އެއްގޮތަކަށް ވެސް ޤާނޫނު އަސާސީއެއް ބަލައިގަނެވޭ ފަދަ ހޭލުންތެރި ޙާލަތެއްގައެއް ނޫނެވެ. ދިވެހިން ތިބީ "އާދަކަދާ" އަށް ހޭނިފައެވެ. އެހެންކަމުން މަދުދުވަސް ކޮޅެއްގެ ތެރޭގައި ހެދެން ފެށި ގިނަ ޢަދަދެއްގެ ޤާނޫނުތަކުގެ ސަބަބުން އެކަމުގެ ފިކުރު ބޮޑުވެ ޤާނޫނަށް ބޯލެނބުމުގައި ހުރަސްތަކާ ކުރިމަތިވާން ފެށިއެވެ. އާދަކާދައިގެ ގޮތުގައި ދިވެހިން ބޯލަނބައި އުޅުނު ކަންތައްތައްވެސް އެއީ ޤާނޫނުކަމަށްވެ، އެއަށް ކުރުން ނުވަތަ ނުކުރުން ލާޒިމްވާން ފެށުމުން މީހުންގެ ހިތްހަމަ ނުޖެހުން ރުޅިވެރިކަމަށް ބަދަލުވަމުން ދިޔައެވެ." ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރްކަޒް (2004) ހާމަކުރައްވާފައި ވެއެވެ. އޭގެ އެއްމެ ބޮޑު ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމުގައި އެ މަރުކަޒުން ހާމަކުރައްވަނީ: 1. މުޅިން އައު 40 ޤާނޫނު އެއްފަހަރާ ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފާސްވުން. 2. ވަރަށް އާދައިގެ ކަންތައްތައްވެސް ޤާނޫނުތަކަކަށް ބަދަލުވެ ދިއުން. 3. ވުޒާރާތައް ހިންގަވަން ތިއްބެވި ބޭފުޅުންގެ މެދުގައި ހަމަނުޖެހުން އުފެދުން. މިހެން ވާން ފެށުމުން ރައްޔިތުންގެ މެދުގައި ހިތްހަމަ ނުޖެހުން އެފިދެގެން ދިޔަ އެވެ.

ފުރަތަމަ ޤާނޫނު އަސާސީ އުވިދިއުމުގައި ކުރިމަތިވި ސަބަބުތައް ކަމުގައި ނަސީމާ މުޙައްމަދު (2013) ހާމަކުރައްވާފައި ވަނީ މައިގަނޑު 5 ސަބަބެކެވެ. އެއީ، 1. ޤާނޫނޫ އަސާސީ ހަދައި ނިމުނު ތަނާ ބޮޑުވަޒީރު ކަމުގައި ހުންނެވި ޢަބްދުލްމަޖީދު ރަންނަބަޑޭރި ކިލެގެފާނު އިސްތިޢުފާ ދެއްވުމާއި، 2. ޤާނޫނު އަސާސީ ތަޞްދީޤު ވުމަށްފަހު ހެދެމުން ދިޔަ ޤާނޫނުތަކުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވަމުން ދިޔަ ދަތި ކަންތައްތަކާއި، 3. ވޯރާ ވިޔަފާރިވެރިންގެ ފިހާރަތައް 21 ދުވަސްވަންދެން ބަންދުކޮށްފައި ބެހެއްޓުމާއި، މާލޭގައި ދެދުވަސް ވަންދެން މާޝަލް ލޯ، ސަރުކާރުން ހިންގެވުން. މި ނޫނަސް ސަބަބުތައް ވާ ކަމަށް ބެލެވެއެވެ.

# ޤާނޫނޫ އަސާސީ އުވިދިއުމަށް މެދުވެރިވި ކަމަށް ފާހަގަ ކުރެވުނު ސަބަބު ނުވަތަ އަޞްލުތައް 1 ތިރީހަކަށް އަހަރުވަންދެން ރައްޔިތުންގެ ލޯބި މިލްކު ކުރައްވައިގެން ރަސްކަން ކުރެއްވި ރަސްކަލެއްގެ ނުފޫޒު. 2 ތިރީހަކަށް އަހަރުވަންދެން ރައްޔިތުންނަށް ގިނަގުނަ ޚިދުމަތްތަކެއް އަދާކުރެއްވިކަމަށް ރައްޔިތުން ޤަބޫލުކުރާ ސިޔާސީ ޒަޢީމެއްގެ ޙިކުމަތު ޢަމަލީ. 3 އަލަށް އުފެދުނު ވުޒާރާތަކުގެ މެމްބަރުންގެ މެދުގައި އުފެދިފައިއޮތް އެއްބާރުލެއްވުމުގެ ކުޑަކަން. 4 ބައެއް ވަޒީރުންގެ ތަޖްރިބާގެ މަދުކަން. 5 ޤާނޫނު އަސާސީގެ މައްޗަށް ބިނާކުރައްވައިގެން ފާސްކުރައްވަމުން ގެންދެވި ޤާނޫނުތައް އޭގެ ވަގުތަށްވުރެ ކުރިއަރާފައިވާކަން. 6 ހ. ރާއްޖޭގައި އިޤުތިޞާދީ ގޮތުން އެމީހުންގެ ނުފޫޒު ފަތުރައިގެން ތިބި ވޯރާ ވިޔަފާރިވެރިންގެ އަސަރު. ށ. ވޯރާ ވިޔަފާރިވެރިންގެ ފިހާރަތައް 21 ދުވަސްވަންދެން ބަންދުކޮށްފައި ބެހެއްޓުން. 7 މާލޭގައި ދެދުވަސް ވަންދެން ސަރުކާރުން މާޝަލް ލޯ، ހިންގެވުން. 8 މަޖުބޫރީ ޙާލަތެއްގައި ޤާނޫނު އަސާސީ އެއް އެކުލަވާލަން ޖެހި، ބާރުތައް މާ ބޮޑަށް ބައިބައި ކުރެވިގެން ދިޔުން.

(ނުނިމޭ)

ކޮމެންޓް

އިތުރަށް ކިޔާލަން

ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅީ ދިވެހި ބަސް

ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅީ ދިވެހި ބަސް

28 ފެބުރުއަރީ 2019
ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅީ 'ދިވެހި ބަސް'

‏ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން ‏‏އެންމެ ރަނގަޅީ

‏ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން ‏‏އެންމެ ރަނގަޅީ

28 ފެބުރުއަރީ 2019
‏ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން ‏‏އެންމެ ރަނގަޅީ 'ދިވެހި ބަސް'

‏ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން ‏‏އެންމެ ރަނގަޅީ 'ދިވެހި ބަސް'

28 ފެބުރުއަރީ 2019

އަހަރުތަކުން މިއަދު

5 ފެބުރުއަރީ
ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް
20251 އަހަރު ކުރިން
ރިޕޯޓު

ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި
20242 އަހަރު ކުރިން
މީހުން

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ
20233 އަހަރު ކުރިން
ރާއްޖެ

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ
20224 އަހަރު ކުރިން
ރާއްޖެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު