Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ހިންނަވަރަށް ގިނަ ވައުދުތަކެއް އިބޫ ވެވަޑައިގެންފި

15 ސެޕްޓެމްބަރު 2018 | ހޮނިހިރު 12:27

100 ހައުސިން ޔުނިޓްގެ މަސައްކަތް ކުރާނަން

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 15 ސެޕްޓެމްބަރު 2018 | ހޮނިހިރު 12:27
ހިންނަވަރުގައި ބޭއްވި ޖަލްސާގައި އިބޫ ވާހަކަ ދައްކަވަނީ

ހިންނަވަރުގައި ބޭއްވި ޖަލްސާގައި އިބޫ ވާހަކަ ދައްކަވަނީ

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހްގެ އުފަން ރަށް ޅ. ހިންނަވަރުގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކޮށްދިނުމުގެ ވައުދާއެކު މުހިންމު ގިނަ ވައުދުތަކެއް އެ މަނިކުފާނު އެ ރަށަށް ވެވަޑައިގެންފި އެވެ.

ހުކުރު ދުވަހުގެ ރޭ ހިންނަވަރުގައި ބޭއްވި ބޮޑު ޖަލްސާގައި އިބޫ ވަނީ އެމްޑީޕީގެ ސަރުކާރުގައި ހިންނަވަރުގެ ތަރައްގީއަށްޓަކައި ގެންގުޅުނު ސިޔާސަތު އަލުން ތަންފީޒު ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.

Advertisement - newsAdvertisement

ހިންނަވަރަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ދަތިކަމަކީ ބޯހިޔާވަހިކަން ނުލިބުން ކަމަށާއި އެއީ 1932 ވަނަ އަހަރުން ފެށިފެށިގެން ވެސް އޮތް މައްސަލައެއް ކަމަށާއި އެ މައްސަލައަށް ހައްލެއް ހޯދަދިނުމަށް ކަމެއް ކޮށްދިނުމަށް ރަށުން ބިމެއް ހިއްކައި ދިނީ އެމްޑީޕީގެ ސަރުކާރުގައި ކަމަށް އިބޫ ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އޭރު އެ ބިން ތަރައްގީ ކުރުމަށް ޕްލޭނެއް އޮތް ކަމަށާއި އަދި އެމަނިކުފާނުގެ ވެރިކަމުގައި އަލުން އެކަންކަން ތަންފީޒު ވެގެންދާނެ ކަމަށެވެ.

ހިންނަވަރުގައި 100 ހައުސިން ޔުނިޓް އެޅުމަށް އެމްޑީޕީގެ ސަރުކާރުގައި ނިންމާފައިވާއިރު ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގެ ކޮންމެ އަހަރެއްގެ ބަޖެޓްގައި އެ މަސައްކަތް ފެށުމަށް ހިމެނި ނަމަވެސް އެކަން ނުވި ކަމަށް އިބޫ ފާހަގަ ކުރެއްވި އެވެ. ނަމަވެސް އެމަނިކުފާނުގެ ވެރިކަމުގައި އެކަން އަލުން ތަންފީޒު ކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލު ކުރުމަށް އެމްޑީޕީން ނިންމާފައިވީ ނަމަވެސް އެކަން ވެސް ނުވެ އުޅެނިކޮށް ސަރުކާރު ބަދަލުވުމަށް ފަހު އެކަން މިހާތަނަށް ހަގީގަތަކަށް ވެފައިނުވާ ކަމަށް އިބޫ ފާހަގަ ކުރެއްވި އެވެ. އެމަނިކުފާނު ބޭނުންފުޅު ވަނީ މި ސަރުކާރުން ބޭނުންވާ ގޮތަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރަން ނޫން ކަމަށާއި އެމަނިކުފާނުގެ ވެރިކަމުގައި އެމްޑީޕީގެ ސަރުކާރުން ނިންމާފައި އޮތްގޮތަށް ސިއްހީ މަރުކަޒު ހޮސްޕިޓަކަށް ބަދަލުކުރާނެ ކަމަށް ވިދާޅުވި އެވެ.

ހިންނަވަރަކީ ހުނަރުވެރި ކުޅިވަރުކުޅުންތެރިން އުފެއްދުނު ރަށެއް ކަމަށާއި އިރާދަކުރެއްވިއްޔާ ފުޓްބޯޅަދަނޑު ތަރައްގީ ކުރައްވާނެ ކަމަށް ވެސް އިބޫ ވަނީ ވައުދުވެވަޑައިގެންފައި އެވެ. ކޯލިޝަނުގެ ކެންޑިޑޭޓަކަށް ވުމުގެ ޝަރަފު ދިނީ ހިންނަވަރުގެ ރައްޔިތުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އިންތިހާބު ކާމިޔާބު ވެއްޖެ ނަމަ މަސައްކަތް ކުރާނީ މުޅި ގައުމުގެ މަސްލަހަތު އިސްކޮށްގެން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"އެމްޑީޕީ އާއި އަދާލަތު ޕާޓީ މެމްބަރުން އެ ޕާޓީގެ ލީޑަރޝިޕަށް އަދި ޖުމްހޫރީ ޕާޓީ މެމްބަރުން އެ ޕާޓީގެ ލީޑަރޝިޕަށް އަދި ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމަށް ވެސް އެ ޕާޓީގެ މެމްބަރުން ގޮވާލަނީ ކޮރަޕްޝަނާއި ފަސާދައިން ސަލާމަށްކޮށްދިނުމަށް. އަޅުގަނޑުމެންގެ ނިކުމެ މި ތިބީ އެއްވެސް ސިޔާސީ މަގުސަދެއް ހާސިލް ކޮށްދޭކަށް ނޫން. އިސްލާހްގެ މަގަށް ގައުމު ގެންގޮސް ދޭނަން،" ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގައި މެދުކެނޑުމެއް ނެތި ހިދުމަތް ކުރައްވަމުން އަންނަތާ 24 އަހަރު ވެފައިވާ އިބޫ ވިދާޅުވި އެވެ.

ވަޒީފާގެ ބިރުވެރިކަން އެބަ އޮތް ކަމަށް ފާހަގަ ކުރައްވައި އެމަނިކުފާނު ވިދާޅުވީ މިހާރު އޮތް ސަރުކާރުން ހިދުމަތްތައް ވެސް ދިނުމުގައި ސިޔާސީ ފިކުރަށް ބަލާ ކަމަށެވެ. ނަމަވެސް ދިވެހިން ތިބީ އެ ބިރުވެރިކަން ފަހަނައަޅައި ގޮސް އަނިޔާވެރިކަމަށް ނޫނެކޭ ބުނަން ނިކުމެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ކުރިއަށް އޮތީ އުފާވެރިދުވަސްތަކެއް، ހަމައާ އިންސާފު ގާއިމުވެގެންދާނެ ދުވަސް،" އިބޫ ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

05 ފެބުރުއަރީ 2017
ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި
01 ފެބުރުއަރީ 2017

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
10 ޖެނުއަރީ 2017

ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި

10 ޖެނުއަރީ 2017
ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް