Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ސުނާމީ ލޯނުތައް ސަރުކާރުން މައާފުކޮށް, އިދާރާތަކަށް މިއަދު ވަނީ އަންގާފައި: ޝައިނީ

13 ސެޕްޓެމްބަރު 2018 | ބުރާސްފަތި 18:46

ލޯނުތައް މައާފު ކުރަން އިބޫ ވަނީ ވައުދު ވެވަޑައިގެންނެވީ މިއަދު

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 13 ސެޕްޓެމްބަރު 2018 | ބުރާސްފަތި 18:46
ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މީޑިއާއަށް މައުލޫމާތު ދެއްވަނީ

ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މީޑިއާއަށް މައުލޫމާތު ދެއްވަނީ

ސުނާމީ ކާރިސާގައި ލިބުނު ގެއްލުންތައް ފޫބެއްދުމަށް ރައްޔިތުންނަށް ދޫކުރި ލޯނުތައް ސަރުކާރުން މައާފުކޮށްފައިވާ ކަމަށާއި އެ ލޯނުތައް މައާފު ކުރިކަން ބުރާސްފަތި ދުވަހު ސަރުކާރުގެ އިދާރާތަކަށް ރައީސް އަބްދުﷲ ޔާމީން އަންގަވާފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި އެ ލޯނުތައް މައާފު ކުރައްވާނެ ކަމަށް، ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވައުދުވެވަޑައިގެންވުމުން އެކަމަށް ރައްދު ދެއްވުމުގެ ގޮތުން ޕީީޕީއެމުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ފިޝަރީޒް މިނިސްޓަރު ވިދާޅުވީ އެކަމަކީ މާކުރިން ސަރުކާރުން ކުރަން ނިންމާފައިވާ ކަމެއް ކަމަށެވެ.

Advertisement - newsAdvertisement

ޝައިނީ ވިދާޅުވީ ސުނާމީއާ ގުޅިގެން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް 451 މީހަކަށް ސަރުކާރުން 18 މިލިއަން ރުފިޔާގެ ލޯނު ދޫކުރި ކަމަށާއި އެ ލޯނުތައް ދައްކައި ހަލާސް ނުކުރުމުން އިންޓްރެސްޓާއެކު ދައުލަތަށް ނުދައްކާ ހުރި ފައިސާގެ އަދަދު 21 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. ޝައިނީ ވިދާޅުވީ އެ ލޯނުތައް މައާފު ކުރުމާ ގުޅޭ ގޮތުން މީގެ ދެ ހަފްތާ ކުރިން ވަޒީރުން މަޝްވަރާ ކުރެއްވި ކަމަށާއި އެ މަޝްވަރާތަކާ އެކު އެ ލޯނުތައް މައާފު ކުރުމަށް ރައީސް ޔާމީން ނިންމަވާފައިވާ ކަމަށެވެ.

ލޯނު ނެގި މީހުންނަށް ލޯނު މައާފުކޮށްފައިވާކަން އަންގާފައިވޭތޯ ރާއްޖެއެމްވީން ސުވާލު ކުރުމުން ޝައިނީ ވިދާޅުވީ އެކަން އަންގާފައި ވަނީ ބުރާސްފަތި ދުވަހު ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ އަދި ކެބިނެޓް ވަކި ކަމެއް ނިންމާފައި، އޭތި އިއުލާން ކުރުމާއި ނުވަތަ އެކަން ކުރުމަށް، ކުރާއިރުގަ ސަރުކާރުގަ ރެސްޕޮންސިބަލް ބަޔަކު ތިބީމަ، ކުރަންޖެހޭ ކަންތައްތަކެއް ހުރޭ. އެގޮތުން ފޮނުވަންޖެހޭ ސިޓީތަކާއި މިހުރިހާ އެއްޗެހިތަކެއް ފޮނުވާފައި ސިޓީބިޓީ ބަދަލު ކުރަމުން ގޮއްސަ، މިއަދު ރައީސުލްޖުމްހޫރިއްޔާ ސޮއި ކުރައްވާފަ އެގޮތަށް ހަދައިފިކަން ހުރިހާ އިދާރާއަކަށް އެއޮތީ އަންގާފައި،" ޝައިނީ ވިދާޅުވިއެވެ.

ސުނާމީ ލޯނުތައް މައާފުކޮށް ނިންމައި، ސަރުކާރުގެ އިދާރާތަކަށް ބުރާސްފަތި ދުވަހު ރައީސް ޔާމީން އެންގެވި ކަމަށް ޝައިނީ ވިދާޅުވެފައި ވަނީ އެ ލޯނުތައް މައާފު ކުރާނެ ކަމަށް ބުރާސްފަތި ދުވަހު އިބޫ ވައުދުވެވަޑައިގެންފައި ވަނިކޮށެވެ.

"އެ ލޯނު ނުދެއްކި އިންޓަރެސްޓް މައްޗަށް އިންޓަރެސްޓް ވަނީ އަރާފައި. މިއަދު އަޅުގަނޑުމެން މި ނިންމަނީ އަޅުގަނޑުމެންގެ ވެރިކަމުގައި އިރާދަ ކުރެއްވިއްޔާ ދޫކުރެވިފައިވާ އެ ހުރިހާ ލޯނެއް އަޅުގަނޑުމެން މައާފްކޮށްދޭނަން،" ބުރާސްފަތި ދުވަހުގެ މެންދުރުފަހު މަތިވެރީގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް