Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާސީ އިންތިޚާބް 2018

ރިޔާސީ އިންތިޚާބުގައި ވިމެން އެންޑް ޑިމޮކްރަސީގެ 300 އޮބްޒާވަރުން ހަރަކާތްތެރިވާ: ޝުނާނާ

އިންސާފުވެރި އިންތިޚާބެއް ރައްޔިތުންނަށް ހޯދައިދިނުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރާނަން

އަމްނާ އިމާދު
އަމްނާ އިމާދު | 13 ސެޕްޓެމްބަރު 2018 | ބުރާސްފަތި 18:33
ވިމެން އެންޑް ޑިމޮކްރަސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ވިމެން އެންޑް ޑިމޮކްރަސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ވިމެން އެންޑް ޑިމޮކްރަސީގެ 300 އޮބްޒާވަރުން ރިޔާސީ އިންތިޚާބުގެ ކަންކަން ބަލަމުންދާނެ ކަމަށް އެޖަމިއްޔާއިން ބުނެފިއެވެ.

ވިމެން އެންޑް ޑިމޮކްރަސީގެ ފަރާތުން ބޭއްވި ނޫސްވެރިން ބައްދަލުވުމެއްގައި އިލެކްޝަން އޮބްޒަވޭޝަން ކޮމެޓީގެ ރައީސް މަރިޔަމް ޝުނާނާ ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކަންކަން ދިރާސާކޮށް ބެލުމަށް 300 އޮބްޒާވަރުންނަށް ތަމްރީންދީފައިވާ ކަމަށާއި، އެމީހުން އިންތިޚާބުގެ ކަންކަން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.

ޝުނާނާ ވިދާޅުވީ އިންތިޚާބުގެ ކުރިންނާއި، އިންތިޚާބު ހިގަމުންދާއިރު އަދި އިންތިޚާބަށްފަހު ވެސް ދިރާސާތައް ކުރެވި މިރިޔާސީ އިންތިޚާބުގެ މައުލޫމާތު ހާމަކަން ބޮޑު ގޮތަށް ރައްޔިތުންނާއި ހަމައަށް ގެނެސްދޭނެ ކަމަށެވެ.

މިނިވަން އިންސާފުވެރި އިންތިޚާބެއް ރައްޔިތުންނަށް ހޯދައިދިނުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވައި ޝުނާނާ ވިދާޅުވީ އިންތިޚާބަށް ވަގުތު ކުޑަތަންވަމުން އަންނައިރު ކެމްޕޭން ކުރުމުގެ ހަމަހަމަ ފުރުސަތު ނުލިބޭ ކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށެވެ.

ޝުނާނާ ވިދާޅުވީ އެއް ކެންޑިޑޭޓެއްގެ ބަނާތައް ފުލުހުން މެދުވެރިކޮށް ނަގާއިރު އަނެއްގެ ކެންޑިޑޭޓްގެ ބެނާތައް ހަރުކުރާ ކަމަށެވެ. މިފަދަ މަންޒަރުތައް ފެންނަ ވީޑިއޯ ވެސް ސޯޝަލް މީޑިއާގައި އާންމުވެފައިވާ މިއީ ކަންބޮޑުވާ މައްސަލައެއް ކަމަށް ޝުނާނާ ވިދާޅުވިއެވެ.

"ކެންޑިޑޭޓަށް ކެމްޕޭން ކުރާ ފަރާތްތައް އެބަ ހަރަކާތްތެރިވޭ އިލެކްޝަން އޮފިޝަލުންގެ ގޮތުގައި. މީގެ ސަބަބުން އަނެއް ކެންޑިޑޭޓަށް އިންސާފުވެރިކަމާ މެދު ސުވާލު އުފެދޭނެ،" ޝުނާނާ ވިދާޅުވިއެވެ.

ވިމެން އެންޑް ޑިމޮކްރަސީގެ ރައީސް ޝަފާތު އަހުމަދު ވިދާޅުވީ ރިޔާސީ އިންތިޚާބު އޮބްޒާވް ކުރުމަށް އެކުލަވާލި ޚާއްސަ ކޮމެޓީގެ އޮބްޒާވަރުންގެ 83 އިންސައްތަ އަކީ އަންހެނުން ކަމަށާއި، 17 އިންސައްތައަކީ ފިރިހެނުން ކަމަށެވެ. އަދި ވިދާޅުވީ 75 އިންސައްތައަކީ 25 އަހަރުން ދަށް ޒުވާނުން ކަމަށެވެ.

ޝަފާތު ވިދާޅުވީ ރިޔާސީ އިންތިޚާބު ކުރިއަށްދާއިރު މާލެ ސަރަހައްދުގައި ބައްހައްޓާފައިވާ ހުރިހާ ވޯޓުފޮއްޓެއްގެ ކަންކަން އޮބްޒާވް ކުރާނެ ކަމަށާއި، އައްޑޫ، ފުވައްމުލަކު، ބ، ހއ، އަދި ހދ އަތޮޅުތަކުގައި ވެސް އޮބްޒާވަރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި
04 ފެބުރުއަރީ 2017

އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
02 ފެބުރުއަރީ 2017

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
17 ޖެނުއަރީ 2017

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު