Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނަރުހުންގެ މުސާރަ

މުސާރައިގެ އޮނިގަނޑާމެދު ހިތްހަމަ ނުޖެހިގެން 400 ނަރުހުންގެ ޕެޓިޝަނެއް ހުށަހަޅައިފި

ބޭސިކް މުސާރަ ބޮޑުކުރީ އެލަވަންސްތައް ކަނޑާލުމަށް ފަހު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 10 ސެޕްޓެމްބަރު 2018 | ހޯމަ 00:47
ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާއެއްގެ ތެރެއިން

ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާއެއްގެ ތެރެއިން

ނަރުހުންގެ މުސާރައަށް ގެނައި ބަދަލާ ގުޅިގެން ހިތްހަމަނުޖެހިގެން 400 އަށްވުރެ ގިނަ ނަރުހުން ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް އަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

ރާއްޖެއެމްވީ އަށް އެނގިފައިވާ ގޮތުގައި އެ ޕެޓިޝަނުގައި ނަރުހުން ވަނީ މުސާރައިގެ އޮނިގަނޑަށް ގެނެއި ބަދަލުތަކުގައި ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ.

ޕެޓިޝަންގައި ފާހަގަކޮށްފައިވާ ކަންތައްތަކަކީ:

  1. ނަރުހުންގެ މަސައްކަތު ގަޑި އެހެނިހެން ސިވިލް ސާރވިސް މުވައްޒަފުންނަށްވުރެ އިތުރުވުން
  2. ނަރުހުންނަކީ ސިއްޙީ ދާއިރާގައި އެންމެ ބޮޑަށް ރިސްކް ހިމެނޭ މަސައްކަތް ކުރާ ބަޔަކަށް ވެފައި، ވަކިން ރިސްކް އެލެވެންސެއް ނެތުން.
  3. ދަންފަޅި އުސޫލުން މަސައްކަތް ކުރި ނަމަވެސް ދަންފަޅި އުސޫލުން މަސައްކަތް ކުރާ އެހެން މުވައްޒަފުންނާއި ޚިލާފަށް، ޝިފްޓް އެލެވެންސް ނުލިބުން
  4. ސަރވިސް އެލެވެންސް އެކި މަރުކަޒު (ސިއްޙީ ޚިދުމަތްދޭ) ތަކުގައި ތަފާތު ކުރެވިފައިވުން
  5. ތަޢުލީމާއި ތަޖުރިބާ ވަޒަން ކުރުމުގައި ތަފާތުތަކެއް ހުރުން (އޮނިގަނޑުގައިވާ އުސޫލުން މަގާމުމުތައް ބަދަލު ކުރެވުނު ނަމަވެސް އެއްލެވެލްއެއްގެ ސެޓްފިކެޓް އަދި ތަޖުރިބާ ހުރި މުވައްޒަފުންގެ މަޤާމު ތަފާތުވުން)
  6. ރެޖިސްޓަރޑް ނަރުހުން އަދި މިއަށްވުރެ މަތީ މަޤާމުތަކަށް ކިޔެވުމަށް ވަކި އެޖެސްޓްމެންޓް އެލެވެންސެއް ހިމެނިފައި ނުވުން
  7. މަޤާމުތަށް ބަދަލުކުރުމުގައި ކުރީގައި މަސައްކަތް ކޮށްފައިވާ މުއްދަތަށް ރިޢާޔަތް ކޮށްފައިނުވުން (ޕްރޮމޯޝަން ނުދީ ހިފެހެއްޓިފައި ތިބުމުގެ ސަބަބުން ކުރިއަށް ނުދެވި ތިބި ނަރުހުނަށް މިކަމުގެ ސަބަބުން ނިހާޔަތަށް ގެއްލުން ލިބެއެވެ.)
  8. ޓެކްނިކަލް ކޯ އެލެވެންސް އުނިކުރެވިފައިވުން.
  9. އޮނިގަނޑުގައި އެންރޯލްޑް ނަރުހުނަށް ލިބޭ އެޑްޖެސްޓްމަންޓް އެލެވެންސްގެ ވާހަކަ ހިމަނިފައިނުވުން
  10. ސަލާމްގައި ހުންނަ ދުވަހަށް ސަރވިސް އެލެވެންސް އުނިކުރުން
  11. ނަރުހުންގެ ތެރޭގައި ގިނައީ އަންހެން ކަމަށްވެފައި ރޯދަ މަހުވެސް ސިވިލް ސަރވިސް އެހެން މުވައްޒަފުނަށްވުރެ ގިނަ ވަގުތު މަސަތްކުރަން ޖެހުނު ކަމުގައި ވިޔަސް އިތުރުގަޑީގެ ލާރި ލިބެން ނެތުން
  12. އެންރޯލްޑް ނަރުހުންގެ ތެރޭގައި ތިބި މިޑްވައިފުންނަކީ ވަރަށް ގިނަ ހިދުމަތްތަކެއް މިހާރުވެސް މި ދާއިރާއަށް ކޮށްދެމުންދާ ބައެއްކަމުގައި ވީނަމަވެސް ސްޕެޝަލިޓީ ގުރޫޕްގައި ހިމަނާފައިނުވުން.

އެތައް ޒަމާންތަކެއް ވަންދެން ރައީސް އޮފީހުގައި ހިފަހައްޓާފައި އޮތް އޮނިގަނޑަށް އަމަލުކުރަން ފަށާފައިވާއިރު ކޮންމެ ނަރުހެއްގެ އަސާސީ މުސާރައިން 15 ޕަސެންޓް އިތުރު ކުރެވިފައިވާ ކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ. އަސާސީ މުސާރަ އެ ވަރަށް ބޮޑުކޮށްފައިވީ ނަމަވެސް ލިބެމުން ދިޔަ ގިނަ އެލަވަންސްތަކާއި މަސައްކަތްކުރަންޖެހޭ ވަގުތު އިތުރުކުރުމުން އޯޓީގެ ގޮތުގައި ލިބޭ ފައިސާ މަދުވެ، ގެއަށް ގެންދަން ލިބޭ އާމްދަނީ ބައެއް ނަރުހުންނަށް ކުރިއަށް ވުރެ ވެސް މަދުކަން ފާހަގަކޮށްލެވެއެވެ.

ރާއްޖެއެމްވީއާ ވާހަކަދެއްކި ބައެއް ނަރުހުން ބުނީ މަސައްކަތް ކުރަންޖެހޭ ވަގުތު އަށް ގަޑިއިރަށް އިތުރުކުރުމުން ކުރިން ލިބޭ އިތުރު ގަޑީގެ ފައިސާ ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށާއި އެހެންކަމުން 15 ޕަސެންޓްގެ އިތުރުވުން، ގެއަށްގެންދާ މުސާރަ ނުފެންނަ ކަމަށެވެ.

ނަރުހުންގެ މުސާރައިގެ އާ އޮނިގަނޑުގެ ތެރެއިން ތައުލީމާއި މަސައްކަތުގެ ފެންވަރަށް ބަލައި ކޮންމެ ދެ އަހަރަކުން ވަޒީފާގެ ކުރިއެރުން ލިބޭނެ ކަމަށް ބަޔާންކޮށްފައި ވެއެވެ. އަދި އެޑްވާންސް ސެޓްފިކެޓް ލެވެލްގެ އެންރޯލްޑް ނަރުހުން ދެ އަހަރުގެ ތެރޭގައި ޑިޕްލޮމާ އަށް ކިޔަވަން ފެށުމަށް ނުވަތަ ވަޒީފާ އިން ވަކިކުރުމަށް އޮނިގަނޑުގައި ވަނީ ހިމަނާފައެވެ.

އެހެން ނަރުހަކު ބުނީ މުސާރަ ބޮޑު ކުރުމުގެ ސަބަބުން ރަޖިސްޓާޑް ނަރުހުންގެ މުސާރައިން އެވްރެޖްކޮށް 1000ރ. ކުޑަވެފައިވާ ކަމަށެވެ. މީގެ އެއް ސަބަބަކީ އަސާސީ މުސާރަ ބޮޑުކުރުމުން ޕެންޝަނަށް ކަނޑާވަރު ބޮޑުވެގެން ދިއުން ކަމަށާއި އޯޓީ ވެސް ކުޑަވާނެތީ ކަމަށެވެ.

އިތުރަށް ކިޔާލަން

26 ޖޫން 2017

ބިން ހިއްކައި ނުދީގެން މިތިބީ ހިތްހަމަ ނުޖެހިފައި، 2018 އާ މެދު ކަންކުރާނެ ގޮތް ވިސްނަންޖެހޭ: ހުރާ ކައުންސިލްގެ ނައިބު

26 ޖޫން 2017
ބިން ހިއްކައި ނުދީގެން މިތިބީ ހިތްހަމަ ނުޖެހިފައި، 2018 އާ މެދު ކަންކުރާނެ ގޮތް ވިސްނަންޖެހޭ: ހުރާ ކައުންސިލްގެ ނައިބު
24 މެއި 2017

ސަރުކާރު ކޯލިޝަންގެ ޖަލްސާއަށް ދާ މީހުން މަދުވެގެން އަލީ އާރިފް ހިތްހަމަ ނުޖެހިއްޖެ

24 މެއި 2017
ސަރުކާރު ކޯލިޝަންގެ ޖަލްސާއަށް ދާ މީހުން މަދުވެގެން އަލީ އާރިފް ހިތްހަމަ ނުޖެހިއްޖެ
15 މެއި 2017

ކުރިނބީގެ ވޯޓު ފޮށީގެ ނަތީޖާ އާއި މެދު ހިންހަމަ ނުޖެހިގެން ޕީޕީއެމްގެ ސަޕޯޓަރުން އީސީއަށް ވަދެއްޖެ

15 މެއި 2017
ކުރިނބީގެ ވޯޓު ފޮށީގެ ނަތީޖާ އާއި މެދު ހިންހަމަ ނުޖެހިގެން ޕީޕީއެމްގެ ސަޕޯޓަރުން އީސީއަށް ވަދެއްޖެ
30 އެޕްރީލު 2017

ސެކިއުރިޓީއާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމުން ފަނޑިޔާރުންގެ ސެކިއުރިޓީ ވަރުގަދަ ކޮށްފި

30 އެޕްރީލު 2017
ސެކިއުރިޓީއާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމުން ފަނޑިޔާރުންގެ ސެކިއުރިޓީ ވަރުގަދަ ކޮށްފި
08 އެޕްރީލު 2017

ރައުދާ މަރުވި ރޭގައި އޭނާ ރައްޓެހިވެގެން އުޅުނު ކުއްޖާއާ ހިތްހަމަ ނުޖެހިގެން ވާހަކަދައްކާފައިވޭ: ފުލުހުން

08 އެޕްރީލު 2017
ރައުދާ މަރުވި ރޭގައި އޭނާ ރައްޓެހިވެގެން އުޅުނު ކުއްޖާއާ ހިތްހަމަ ނުޖެހިގެން ވާހަކަދައްކާފައިވޭ: ފުލުހުން
28 މާރިޗު 2017

ޕީޕީއެމްގެ ގިނަ މެމްބަރުން ތިބީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި: ފާރިސް

28 މާރިޗު 2017
ޕީޕީއެމްގެ ގިނަ މެމްބަރުން ތިބީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި: ފާރިސް
15 މާރިޗު 2017

އަންގާރަ ދުވަހު އެކަނި 400 ބަލިމީހުން، މުޅި ޖުމްލަ 1،000 ބަލިމީހުން ފްލޫ ކްލިނިކުން ފަރުވާހޯދާފައިވޭ!

15 މާރިޗު 2017
އަންގާރަ ދުވަހު އެކަނި 400 ބަލިމީހުން، މުޅި ޖުމްލަ 1،000 ބަލިމީހުން ފްލޫ ކްލިނިކުން ފަރުވާހޯދާފައިވޭ!
22 ފެބުރުއަރީ 2017

ބިޝާމްއާ މެދު ހިތްހަމަނުޖެހިގެން ޕީޖީގެ ފުންނާބު އުސް ދެ ވަކީލަކު އިސްތިއުފާ ދީފި

22 ފެބުރުއަރީ 2017
ބިޝާމްއާ މެދު ހިތްހަމަނުޖެހިގެން ޕީޖީގެ ފުންނާބު އުސް ދެ ވަކީލަކު އިސްތިއުފާ ދީފި
06 ފެބުރުއަރީ 2017

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް
04 ފެބުރުއަރީ 2017

ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!

04 ފެބުރުއަރީ 2017
ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު