Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

ޝާހިދު ކަޕޫރުގެ ދަރިފުޅަށް ނަންކިޔައިފި

ދަރިފުޅަށް ކިޔާފައިވާ ނަމަކީ ޒައިން ކަޕޫރު

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ, ރާއްޖެ އެމްވީ | 8 ސެޕްޓެމްބަރު 2018 | ހޮނިހިރު 07:51
ޝާހިދު ކަޕޫރުގެ އާއިލާ

ޝާހިދު ކަޕޫރުގެ އާއިލާ

ބޮލީވުޑްގެ ތަރި ޝާހިދު ކަޕޫރަށް ލިބުނު ފިހެން ދަރިފުޅަށް ކިޔާފައިވާ ނަން އޭނާ ހާމަކޮށްފިއެވެ.

ޝާހިދު އާއި އަންހެނުން މީރާ ރާޖް ޕުތްގެ ދަރިފުޅަށް ކިޔާފއިވަނީ ޒައިން ކަޕޫރެވެ.

ޝާހިދު އޭނާގެ ދަރިފުޅަށް ކިޔާފައިވާ ނަން ހާމަކޮށްފައި ވަނީ ހުކުރު ދުވަހު އޭނާ ކޮށްފައިވާ ޓްވީޓެއްގައެވެ. އަދި ދަރިއަކު ލިބުމުން އޭނާ އަށް މަރުހަބާ ކީ އެންމެންނަށް ޝާހިދު ވަނީ ޝުކުރު އަދާކޮށްފައެވެ.

ޒައިން ވިހާފައި ވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ މުމްބާއީގައި ހުންނަ ހިންދޫޖާ ހޮސްޕިޓަލުގައެވެ. ހުކުރު ދުވަހު މީރާ ހޮސްޕިޓަލުން ޑިސްޗާޖް ކުރުމުން ޝާހިދު، މީރާ، ޒައިން އަދި ދެ އަހަރުގެ އަންހެން ދަރިފުޅު މީޝާއާ އެކު ހޮސްޕިޓަލުން ނުކުންނަ މަންޒަރު ވަނީ ފެނިގެން ގޮސްފައެވެ.

ހޮސްޕިޓަލުން ޑިސްޗާޖް ކުރުމުގެ ކުރިން ވެސް ބުރާސްފަތި ދުވަހު މީޝާ ގޮވައިގެން ޝާހިދު ވަނީ ހޮސްޕިޓަލަށް ގޮސްފައެވެ. އަދި އެދެމައިންނާ ބައްދަލުކުރުމަށް މީރާގެ ދައްތަ އާއި ޝާހިދުގެ ބައްޕަ ޕަންކަޖް ކަޕޫރާއި އަންހެނުން ސުޕްރިޔާ ޕަތަކް ވެސް ވަނީ ބުރާސްފަތި ދުވަހު ހޮސްޕިޓަލަށް ގޮސްފައެވެ.

ޝާހިދު އާއި މީރާ ވަނީ ބޮލީވުޑްގައި މިހާރު އެންމެ މަޝްހޫރު އެއް ޖޯޑަށް ވެފައެވެ. މި އާއިލާގެ ފޮޓޯ ވަނީ އިންޓަނެޓްގައި އެންމެ ހިނގާ އެއް ފޮޓޯއަށް ވެފައެވެ.

ކާމިޔާބު ފިލްމުތައް ކުޅެފައިވާ ޝާހިދު ކަޕޫރު ދެން އެންމެ އަވަހަށް ފެނިގެންދާނީ "ބައްޓީ ގުލް މީޓަރ ޗާލޫ" އިންނެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ އަންނަ އޮކްޓޯބަރގައި ޝޫޓިން ފަށާ އަރުޖުން ރެޑީގެ ރިމޭކިންއެވެ.

އިތުރަށް ކިޔާލަން

04 އެޕްރީލު 2018

ބްލެކްމެއިލްގައި ޝާހިދު ކަޕޫރުގެ މަންމަ

04 އެޕްރީލު 2018
ބްލެކްމެއިލްގައި ޝާހިދު ކަޕޫރުގެ މަންމަ
31 ޖެނުއަރީ 2018

ޝާހިދު ކަޕޫރަކީ އަހަރެންގެ ޓީޗަރ: އިޝާން ކައްޓަރު

31 ޖެނުއަރީ 2018
ޝާހިދު ކަޕޫރަކީ އަހަރެންގެ ޓީޗަރ: އިޝާން ކައްޓަރު
07 ޖެނުއަރީ 2018

ވިރުޝްކާގެ ކައިވެންޏަށް ފަހު ބޮލީވުޑްގައި ދެން އޮތީ ސޯނަމް ކަޕޫރުގެ ކައިވެނިތަ؟

07 ޖެނުއަރީ 2018
ވިރުޝްކާގެ ކައިވެންޏަށް ފަހު ބޮލީވުޑްގައި ދެން އޮތީ ސޯނަމް ކަޕޫރުގެ ކައިވެނިތަ؟
02 ޖެނުއަރީ 2018

ޝާހިދުގެ އާ ފިލްމުގައި ޝްރައްދާ ކަޕޫރު؟

02 ޖެނުއަރީ 2018
ޝާހިދުގެ އާ ފިލްމުގައި ޝްރައްދާ ކަޕޫރު؟
04 ޑިސެމްބަރު 2017

ޝަޝީ ކަޕޫރުގެ އާއިލާއަށް ރައީސް ނަޝީދު ތައުޒިޔާ ވިދާޅުވެއްޖެ

04 ޑިސެމްބަރު 2017
ޝަޝީ ކަޕޫރުގެ އާއިލާއަށް ރައީސް ނަޝީދު ތައުޒިޔާ ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު