Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާސީ އިންތިހާބު 2018

އިބޫއަށް ވޯޓް ދޭންވީ ވެރިންނަށް އަޅުވެތިނުވުމަށް: އީވާ

އިބޫއަށް ވޯޓްދޭންވީ ވަޒީފާއަކީ ވެރިންގެ އިޙްތިޔާރުގައި އޮންނަ އެއްޗަކަށް ނުހެދުމަށް

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 7 ސެޕްޓެމްބަރު 2018 | ހުކުރު 21:41
މައްޗަންގޯޅީގައި ބޭއްވި ކަންމަތީ ބައްދަލުވުމުގައި އީވާ ވާހަކަ ދައްކަވަނީ

މައްޗަންގޯޅީގައި ބޭއްވި ކަންމަތީ ބައްދަލުވުމުގައި އީވާ ވާހަކަ ދައްކަވަނީ

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ މި ބިރުވެރިކަމުގައި ދެން ދުވަހުކުވެސް އުޅެން ބޭނުންނުވާނަމަ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން މި އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓް ދެއްވުމަށް ގަލޮޅު އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ

މައްޗަންގޯޅީގައި ހުކުރު ދުވަހުގެރޭ ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ މުވައްޒަފުންނާއި ސަރުކާރަށް ނިސްބަތްވާ ކުންފުނިތަކުގެ މުވައްޒިފުން އިބޫއަށް ވޯޓް ދޭންވީ ވެރިންގެ އަޅުވެތިކަމުގެ ތެރޭގައި ނޫޅުމަށް ކަމަށެވެ. މި މަހުގެ 23 ވަނަ ދުވަހު ދިވެހި ރައްޔިތުންލާ ވޯޓަކީ އަމިއްލަ ފަރުދީ މިނިވަންކަން ހޯދުމަށްލާ ވޯޓެއް ކަމަށާއި، ބިރުވެރިކަމެއްނެތި އަމިއްލަ އިޙްތިޔާރުގައި މިނިވަންކަމާއި އެކު ވަޒީފާ އަދާކުރުމުގެ ފުރުސަތު އިބޫގެ ސަރުކާރެއްގައި ލިބިގެންދާނެ ކަމަށް އީވާ ވިދާޅުވިއެވެ.

މައްޗަންގޯޅީގައި ގުޅިފައިވާ ސިޔަސީ ޕާޓީތަކުން ބޭއްވި ކަންމަތީ ބައްދަލުވުމުގެ ތެރެއިން

"ތި ބޭފުޅުންގެ ވަޒީފާ ތަކަކީ ދެން ވެރިންގެ އިޙްތިޔާރުގައި އޮންނަ އެއްޗަކަށް ނަހަދާން، އެއީ ވެރިންގެ އަޅުންނަން ނުވާން، އެއީ ތިބޭފުޅުންގެ ވަޒީފާތަކަކީ ވެރިންގެ އިޙްތިޔާރުގައި އޮންނަ އެއްޗަކަށް ނުހަދާން، އެއީ ވެރިންގެ އަޅުންނަން ނުވާން، އެއީ އަމިއްލަ އިޙްތިޔާރުގައި އޮންނަ އެއްޗަކަށް ވަޒީފާތަށް އަލުން އަބުރާ ހަދަން ވެގެން އަޅުގަނޑުމެން މި ދަންނަވަނީ މި އަނިޔާވެރިކަމުން ސަލާމަތްވާން ޖެހެއޭ" އީވާ ވިދާޅުވިއެވެ.

އިވާ ވިދާޅުވީ ގޮތުގައި ހޮނިހިރު ދުވަހުގެރޭ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބާއްވާ ޖަލްސާއަށް ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވާންވީ އެކެއް އަނެކެއްގެ ކިބައިން ހިތްވަރު ލިބިގަތުމަށް ކަމަށެވެ. ޖަލްސާގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވާ މަންޒަރު ފެނިއްޖެނަމަ ގިނަ ރައްޔިތުން އަނެއްކާވެސް ބިރުފަހަނައަޅާ ގުޅިފައިވާ ޕާޓީތަކުގެ ހަރަކާތަކުގައި ބައިވެރިވާން ރައްޔިތުން ނުކުންނާނެ ކަމަށް އީވާ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ އާއި މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ބައިވެރިވަޑައިގެންނެވިއިރު، މައްޗަންގޯޅިއަށް ނިސްބަތްވާ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިކަން ފާހަގަކޮށްލެވެއެވެ.

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

ޗެއާޕާސަންގެ ވޯޓްގައި ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް: ރައީސް ނަޝީދު

10 ފެބުރުއަރީ 2017
ޗެއާޕާސަންގެ ވޯޓްގައި ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް: ރައީސް ނަޝީދު
10 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ވޯޓްލުން ފަށައިފި

10 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ވޯޓްލުން ފަށައިފި
10 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓްލުން މިއަދު ބާއްވާނީ

10 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓްލުން މިއަދު ބާއްވާނީ
09 ފެބުރުއަރީ 2017

ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު

09 ފެބުރުއަރީ 2017
ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު
09 ފެބުރުއަރީ 2017

ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި

09 ފެބުރުއަރީ 2017
 ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި
08 ފެބުރުއަރީ 2017

އެމްޑީޕީގެ ސައިޒު ދައްކާލަން ވޯޓްލާން ނުކުންނަންޖެހޭ:ހަސަން ލަތީފް

08 ފެބުރުއަރީ 2017
އެމްޑީޕީގެ ސައިޒު ދައްކާލަން ވޯޓްލާން ނުކުންނަންޖެހޭ:ހަސަން ލަތީފް
05 ފެބުރުއަރީ 2017

އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!

05 ފެބުރުއަރީ 2017
އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!
04 ފެބުރުއަރީ 2017

ގއ. ހިތާދޫ އަށް ގެއްލުންދިން ފަތުރުވެރިންނަށް އަދި ފިޔަވަޅެއް ނާޅަން: މިނިސްޓްރީ

04 ފެބުރުއަރީ 2017
ގއ. ހިތާދޫ އަށް ގެއްލުންދިން ފަތުރުވެރިންނަށް އަދި ފިޔަވަޅެއް ނާޅަން: މިނިސްޓްރީ
24 ޖެނުއަރީ 2017

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

24 ޖެނުއަރީ 2017
ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ
23 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

23 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް