Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ދިވެހިން

ތަފާތު ފިކުރަކަށް ތާއީދު ކުރި ނަމަވެސް އަޅުގަނޑުމެންނަކީ ދިވެހިން!

ސިޔާސީ ފޯރި މިވަނީ މުޅި ގައުމުގައި ހިއްޕާލާފައި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 7 ސެޕްޓެމްބަރު 2018 | ހުކުރު 06:24
ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މުހައްމަދު ޖުނައިދު އެމްޑީޕީ ހަރުގޭގައި

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މުހައްމަދު ޖުނައިދު އެމްޑީޕީ ހަރުގޭގައި

ދިވެހިންނަކީ އެއްދީނަކަށް އުޅެމުން އަންނަ އެއްބައިވަންތަ ބައެކެވެ. ޒަމާނުއްސުރެ އެއްބަޔަކު އަނެއް ބަޔަކަށް މެހެމާންދާރީ އަދާކުރާ ބައެކެވެ. އެބައެއްގެ ތެރޭގައި އެއްބައިވަންތަކަމާއި އެއްބަނޑުއެއްބަފައިކަން ދެމިއޮތް ބައެކެވެ. ނަމަވެސް ހިތާމައަކީ މި ރިވެތި އަހުލާގުތަކުގެ ތެރެއިން ބައެއް ކަންތައްތައް ބަދަލުވެ އުވެމުންދާކަމެވެ. ރާއްޖެ އަށް އައި ޑިމޮކްރަސީ އާއި މަލްޓި ޕާޓީ ސިސްޓަމްގެ އޮއިވަރުގެ ތެރެއިން އެންމެ ބޮޑު ގެއްލުމެއް ލިބުނީ އިޖުތިމާއީ ފޭރާމަށެވެ. އިޖތުމާއީ ފޭރާން ވަނީ ވީދި ކުދިކުދިވެފައެވެ.

ރާއްޖޭގައި އުފެދިގެން ދިޔަ ޕާޓީ ސިސްޓަމަކީ އެއް ބަޔަކު އަނެއްބަޔަކާއި މޫނު ކެނޑިގެން ދިޔަ އެއް ސަބަބު ކަމަށް ގިނަ މީހުން ގަބޫލުކުރެއެވެ. އެ މީހަކު ތާއީދުކުރާ ފިކުރަށް އަނެކާ ތާއީދު ނުކުރުމަކީ މައްސަލައަކަށްވެ ޒުވާބު ކުރާތަން މި މުޖުތަމައުއިން ފެނުމަކީ އާންމު ކަމެކެވެ. ފިރިމީހާ އާއި އަނބިމީހާއެވެ. ކޮއްކޮ އާއި ދައްތައެވެ. ބޭބެ އާއި، ދޮންބެއެވެ. އާއިލާއިން ފެށިގެން މުޅި މުޖުތަމައުގައި ވެސް ސިޔާސީ ފިކުރުގެ ސަބަބުން ޒުވާބު ނުކުރާ ބަޔަކު ވަރަށް މަދެއެވެ. އާއިލީ ގުޅުންތައް ކެނޑި ހީނަރުވެފައި ވެއެވެ. ވަކި ބަޔަކާ އެކު ރަށަށް ދިޔުމުން ގެއަށް ނުވަދެވި ނުވަދެވި އާއިލީ ގުޅުން ކަނޑައި ވަރިފަށަށް އަރާ ހިސާބަށް ދާތަން މި އިންތިޚާބުގެ ތެރެއިން ވެސް ދަނީ ފެންނަމުންނެވެ.

ރިޔާސީ އިންތިޚާބަށް ވަގުތު ކުޑަތަންވަމުންދާއިރު ސިޔާސީ ފޯރި މިވަނީ މުޅި ގައުމުގައި ހިއްޕާލާފައެވެ. އެއް ބަޔަކު ކޯލިޝަނަށް ތާއިދު ކުރާއިރު އެނެއް ބަޔަކު ތާއިދު ކުރަނީ ރައީސުލްޖުމްހޫއްރިއްޔާ އަބްދުﷲ ޔާމިންނަށެވެ. ކޯލިޝަންގެ ދިދަތަކާއި ކުލަތަކުން ރަށްތައް ޖަރީކުރަމުން ދާއިރު އަނެއް ބަޔަކު ފިޔާތޮށި ކުލައިން ދަނީ ޖަރީކުރަމުންނެވެ.

މީގެ އިތުރުން އެއްބަޔަކު އަނެއް ބަޔަކަށް ޖެއްސުންކޮށް، ހަރުގެތަކާއި، ޖަހަތަކަށް ކަޅުތެޔޮ ޖަހާ ގެއްލުންދޭ މައްސަލަ ވެސް މިވަނީ ފެންމަތިވެފައެވެ. މިހުރިހާ ކަމެއް މިހެން ހުރިއިރު އަޅުގަނޑުމެން ހަދާން ކުރަންވީ ކަމަކީ މިއީ ދިވެހިން ކަމެވެ. އެއް ދީނަކަށް އެއްފަސްގަނޑެއްގައި ދިރިއުޅެމުން އަންނަ އެއްބައިވަންތަ ބައެއްކަން ހަދާން ކުރަންޖެހެއެވެ. ކޮންމެ ފިކުރުރަކަށް ތާއީދު ކުރި ނަމަވެސް އެކަކު އަނެކަކަށް އިހުތިރާމް ކުރަން އެބަޖެއެވެ. އެމީހެއް ސިޔާސީ ފިކުރު އެއްފަރާތުގައި ބޭއްވުމަށް ފަހު ޒަމާންވީ ދިވެހިންގެ އެކުވެރިކަމާއި އެއްބައިވަންތަކަން ދަމަހައްޓަން ޖެހެއެވެ. އާއިލީ ގުޅުންތައް ދަމަހައްޓަންޖެހެއެވެ.

ޖުނައިދު އެމްޑީޕީގެ ހަރުގޭގައި

އެގޮތުން ރައީސް ޔާމީނުގެ އަރިސް ބޭފުޅަކު އެމްޑީޕީގެ ހަރުގެއަކަށް ވަނުމުން ކޯލިޝަނަށް ތާއީދުކުރާ މީހުންތަކެއް މެހަމާންދާރީ އަދާކުރާ މަންޒަރު ފެންނަ ފޮޓޯއެއް ސޯޝަލް މީޑިއާގައި މިވަނީ އާންމުވެފައެވެ. މިފޮޓޯއިން ފެންނަނީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގައި ހުންނެވި މުހައްމަދު ޖުނައިދު އައްޑޫ ސިޓީ ފޭދޫ އެމްޑީޕީ ޖަގަހައަށް ޒިޔާރަތްކުރެއްވުމުން އެމީހުންނާއި ހީސަމާސާކޮށް ވާހަކަ ދައްކަވާ މަންޒަރެއެވެ. ޖުނައިދަކީ ރައީސް ޔާމީންގެ އަރިސް ބޭފުޅެއް ނަމަވެސް ކޯލިޝަނަށް ތާއިދުކުރާ މީހުންނާ އެކު ކައިބޮއެ ހަދާ މަންޒަރު ވެސް ފެނެއެވެ.

މިފޮޓޯގެ އެންމެން މޫނުމަތިން އުފާވެރި މަންޒަރު ފެންނައިރު މިފޮޓޯއަކީ ބަލާލަން ހިތްގައިމު ފޮޓޯއެކެވެ. މިފޮޓޯއާ އެކު ޖުނައިދު ކޯލިޝަނާ ގުޅުވަޑައިގެންނެވި ކަމަށް ދެކެވޭ ވާހަކަތަކަށް ރާއްޖެއެމްވީއިން ދެންނެވި ސުވާލަށް ޖުނައިދު ވިދާޅުވީ ކޮންމެ ޕާޓީއެއްގައި ހުއްޓަސް މިއީ ދިވެހިން ކަމަށާއި، އެއްބައިވަންތަ ބައެއް ކަމަށެވެ.

"ކޮންމެ ޕާޓީއެއްގައި ތިއްބަސް މިއީ ދިވެހިން ތެދެއްތޯ؟ އަޅުގަނޑު ނެތިން އިތުރު ކޮމެންޓެއް ކުރާކަށް. ރައީސް ޔާމިންގެ އަރިސް ބޭފުޅަކަށް ވިއަސް،" ޖުނައިދު ވިދާޅުވިއެވެ.

މިފޮޓޯއާ ބެހޭ ގޮތުން ޖުނައިދު ދެއްވި ޖަވާބު ކުރުވެފައި ފޮންޏެވެ. ނަމަވެސް އެހާމެ މާނަ ފުނެއެވެ. އަޅުގަނޑުމެންނަކީ ކޮންމެ ޕާޓީއަކަށް އުޅުނަސް ދިވެހިންނެވެ. ޕާޓީ އާއި ފިކުރު ބަދަލު ނަމަވެސް އެބަދަލު ނުވާނެކަން ކަށަވަރެއެވެ. އަދި ތިމާގެ ފިކުރު ޕްރޮމޯޓްކުރަންޖެހެނީ ހަމައެކަނި ތިމާގެ ފިކުރަށް ތަބާވާ މީހުންނަކަށް ނޫނެވެ. ތިމާއާ އިދިކޮޅު އިޔާލުގެ މީހުންނަށް ވެސް ތިމާގެ ފިކުރު ޕްރޮމޯޓްކޮށްގެން ނޫނީ ތާއީދު އިތުރެއް ނުކުރެވޭނެއެވެ. އެހެންކަމުން ތިމާގެ ފިކުރަށް ތާއީދު ނުކުރާ މީހުންނަށް ވެސް ވިސްނައިދެވޭތޯ މަސައްކަތްކުރުމަކީ ރިވެތި އަހްލާގުގެ ތެރެއިން ކުރެވިދާނެ ކަމެއްކަނއް ޖުނައިދު ވަނީ ދައްކުވައިދެއްވާފައެވެ. ހަމަ އެ ފަދަ މި ކެމްޕެއިންގެ ތެރެއިން ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހާއި ރަނިންގ މޭޓް ފައިސަލް ނަސީމްގެ ފަރާތުން ވެސް މި ކަން ފާހަގަކުރެވެއެވެ. ރައީސް ޔާމީނަށް ތާއީދުކުރާ ފަރާތްތަކާ ވެސް ބައްދަލުކުރައްވައި ހީސަމާސާކުރައްވައި ޕީޕީއެމްގެ ޖަގަހަތަކަށް ޒިޔާރަތްކުރައްވައި އެ ފަރާތްތަކުގެ ހާލު އަހުވާލު ވެސް ބައްލަވާ މަންޒަރު ތަކުރާރުކޮށް ދަނީ ފެންނަމުންނެވެ.

އިންތިޚާބުގައި ވާދަކުރައްވާ އަދި ކެމްޕެއިންގެ ކުރީ ސަފުގައި ތިއްބެވި ބައެއް ބޭފުޅުންގެ ފަރާތުން މިފަދަ ރިވެތި އަހްލާގު ފެނިގެން ދިޔަ ނަމަވެސް ހިތާމައަކީ މުޖުތަމައުގެ ހަމަނުޖެހުން ނަގާލައި ކުދިކުދި އާބާދީތަކުގެ މެދުގައި އޮންނަ އަހްވަންތަކަމުގެ ގުޅުންތައް ކެނޑޭ ގޮތަށް ބައެއް ފަރާތްތަކުން އަމަލުކުރަމުންދާ ކަމެކެވެ. ސިޔާސީ ވިސްނުމާއި ފިކުރު ތަފާތުވުމުގެ ސަބަބުން އާއިލީ ގުޅުންތައް ކެނޑޭކަށް ނުޖެހެއެވެ. އެކްޓިވިސްޓުންނާއި އާންމު ފަރުދުން ވެސް މިކަން ދަންނަންޖެހެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކެނެޑާގެ ބޮޑުވަޒީރަށް މުސްލިމުން ތާއީދުކުރާ ހަ ސަބަބެއް

ކެނެޑާގެ ބޮޑުވަޒީރަށް މުސްލިމުން ތާއީދުކުރާ ހަ ސަބަބެއް

20 އޮކްޓޯބަރު 2017
ރައީސް ޔާމީނަށް ތާއީދު ހޯދަން ހަދާ ކޮންމެ "ސިހުރަކުން" ނުރުހުމުގެ އެތައް ލޮލެއް

ރައީސް ޔާމީނަށް ތާއީދު ހޯދަން ހަދާ ކޮންމެ "ސިހުރަކުން" ނުރުހުމުގެ އެތައް ލޮލެއް

03 އޮކްޓޯބަރު 2017
ޕީޕީއެމުން ރައީސް މައުމޫން ދުރުކުރެއްވި ނަމަވެސް ޕާޓީ ތެރޭގައި ހަމަޖެހުމެއްނެތް!

ޕީޕީއެމުން ރައީސް މައުމޫން ދުރުކުރެއްވި ނަމަވެސް ޕާޓީ ތެރޭގައި ހަމަޖެހުމެއްނެތް!

19 ސެޕްޓެމްބަރު 2017
ތަރައްގީގައި ސިންގަޕޫރަށް ވާން ބޭނުންވި ނަމަވެސް ސިޔާސީ ގޮތުން ސިންގަޕޫރަށް ވާކަށް ބޭނުމެއް ނޫން!

ތަރައްގީގައި ސިންގަޕޫރަށް ވާން ބޭނުންވި ނަމަވެސް ސިޔާސީ ގޮތުން ސިންގަޕޫރަށް ވާކަށް ބޭނުމެއް ނޫން!

18 ސެޕްޓެމްބަރު 2017
ހައްދު: ތަފާތު ފިލްމެއް، އެކަމަކު ބެންޗްމާކަކަށް ވާނެބާ؟

ހައްދު: ތަފާތު ފިލްމެއް، އެކަމަކު ބެންޗްމާކަކަށް ވާނެބާ؟

07 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު