Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާސީ އިންތިހާބު 2018

ރީހަބްލިޓޭޝަން ސެންޓަރުތައް އިތުރުކޮށް، ހެޔޮގޮތުގައި ހިންގާނަން: ފައިސަލް

މާލޭގެ ރައްޔިތުންގެ އެންމެ ބޮޑު އެއްކަންބޮޑުވުމަކީ އަމާންކަން ނެތުން

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 5 ސެޕްޓެމްބަރު 2018 | ބުދަ 13:09
ޖަގަހައެއް ހުޅުވުމުގެ ރަސްމިއްޔާތުގައި ފައިސަލް ވާހަކަ ދައްކަވަނީ

ޖަގަހައެއް ހުޅުވުމުގެ ރަސްމިއްޔާތުގައި ފައިސަލް ވާހަކަ ދައްކަވަނީ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ރީހަބްލިޓޭޝަން ސެންޓަރުތައް ގާއިމްކޮށް ހެޔޮގޮތުގައި އެ ސެންޓަރުތައް ހިންގާނެ ކަމަށް ކޯލިޝަން ކެންޑިޑޭޓްގެ ރަނިންގމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު މާލޭގައި ކުރިއަށް ގެންދިޔަ ދޮރުން ދޮރަށް ކެމްޕެއިން ނިންމާލެއްވުމަށްފަހު ފައިސަލް ވިދާޅުވީ މާލޭގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެ ސިޓީގައި އަމާންކަން ނެތުމުގެ ކަންބޮޑުވުން ކަމަށެވެ. ރައްޔިތުންނަން އަމާންކަމާއި އެކު އުޅެވޭނެ މާހައުލެއް ބޭނުންވާކަން ފާހަގަކުރައްވާ ފައިސަލް ވިދާޅުވީ މަސްތުވާތަކީގެ ވަބާގައި ޖެހިފައިވާ ޒުވާނުން އަނބުރާ މުޖުތަމައުއަށް ނެރުމަށްޓަކައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ގިނަ ރީހަބްލިޓޭޝަން ސެންޓަރުތައް ގާއިމްކޮށް ހެޔޮގޮތުގައި އެ ސެންޓަރުތައް ހިންގާ ޒުވާނުންނަން މަސައްކަތަށް ދަސްކޮށްދޭނެ ކަމަށެވެ.

"ޒުވާނުންނަށް މިއަދު އެންމެ އެދެވޭގޮތުގައި ހަރަކާތްތެރިވުމުގެ ފުރުސަތު ނެތުން ރައްޔިތުން ގަބޫލުކުރާ ގޮތުގައި އެއީ ވަރަށް ގިނަ ބައެއްގެ އިހްމާލް އޭގައި އޮތް ކަމަށް، އަޅުގަނޑުމެން ހަމަ ރައްޔިތުންނަށް ދެމުންދާ ޔަގީން ކަމަކީ އަޅުގަނޑުމެންގެ ސަރުކާރެއްގައި ރީހަބްލިޓޭޝަން ސެންޓަރުތައް ގިނަ ސަރަހައްދުތަކެއްގައި ގާއިމްކޮށް ހެޔޮގޮތުގައި އެތަންތަން ހިންގާނަން. އަޅުގަނޑުމެން މަސައްކަތްތަށް ދަސްކޮށްދީ މިހާރު މަގުން ކައްސާލާފައިވާ ނުވަތަ އިހްމާލުން ވަޒީފާތައް ގެއްލިފައިވާ ޒުވާނުންނަށް މަސައްކަތްތަށް ދަސްކޮށްދީގެންވެސް އެޒުވާނުންނަން ވެސް ދިވެހި ރާއްޖޭގެ ތަރައްގީގައި ބައިވެރިވެވޭ މައިންބައިފައިން އެ ޒުވާނުން ދެކެ ފަހުރުވެރިވާ ބަޔަކަށް ހަދަން މަސައްކަތް ކުރާނަން" ފައިސަލް ވިދާޅުވިއެވެ

ފައިސަލް މާލޭގައި ކުރިއަށް ގެންދަވާ ދޮރުން ދޮރަން ކެމްޕެއިންގެ ތެރެއިން

އިންތިހާބު ބޯމަތިވެފައިވާ މި ދަނޑިވަޅުގައި ގައުމުގެ އަމަންއަމާންކަން ބަލަހައްޓަން ތިބި ފުލުހުންނަން ރައްޔިތުންގެ އިތުބާރު އޮންނަ ގޮތަށް މަސައްކަތް ކުރުމަށް ރައްޔިތުން އަބަދުވެސް ހަނދާންކޮށްދޭކަމަށް ފައިސަލް ވިދާޅުވިއެވެ. ރައްޔިތުންނަށް ދިމާވާ ކޮންމެ ކަމެއްގައި ސަލާމަތްތެރިކަން ދޭން ތިބި ބަޔަކީ ފުލުހުންކަން ކަމަށާއި ސިޔާސީ ކުލަ ފުލުހުންގެ މުއައްސަސާގައި ޖެހިގެން ނުވާނެ ކަމަށް ރައްޔިތުން ގަބޫލުކުރާ ކަމަށް ފައިސަލް ވިދާޅުވިއެވެ

ފައިސަލް ވަނީ ބުދަ ދުވަހު މެންދުރުފަހު ގަލޮޅު ދެކުނު ދާއިރާއާއި، މައްޗަންގޯޅި ދެކުނު ދާއިރާގެ އިތުރުން މާފަންނު މެދު ދާއިރާގައި ދޮރުން ދޮރަށް ކެމްޕެއިން ކުރިއަށް ގެންދަވާފައެވެ. ފައިސަލްގެ އަރިހުގައި ދޮރުން ދޮރަށް ހަރަކާތް ކުރިއަށް ގެންދިއުމަށް ގަލޮޅު އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިވާ އަބްދުﷲ ބައިވެރިކަން ފާހަގަކޮށްލެއެވެ.

އިތުރަށް ކިޔާލަން

23 މާރިޗު 2017

ބްރޯޑްކާސްޓަރުންގެ އަހަރީ ރިޕޯޓު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

23 މާރިޗު 2017
ބްރޯޑްކާސްޓަރުންގެ އަހަރީ ރިޕޯޓު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
23 މާރިޗު 2017

އަލަށް ޓެކްސީ ހުއްދަ ހޯދުމުގެ ފުރުސަތު މުއްދަތެއް ނެތްގޮތަށް އިތުރުކޮށްފި

23 މާރިޗު 2017
އަލަށް ޓެކްސީ ހުއްދަ ހޯދުމުގެ ފުރުސަތު މުއްދަތެއް ނެތްގޮތަށް އިތުރުކޮށްފި
21 މާރިޗު 2017

ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ މަންދޫބަކަށް ވުމުގެ މުއްދަތު އިތުރުކޮށްފި

21 މާރިޗު 2017
ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ މަންދޫބަކަށް ވުމުގެ މުއްދަތު އިތުރުކޮށްފި
21 މާރިޗު 2017

އިންފްލުއެންޒާ ވެކްސިން ދޭ މީހުން އިތުރުކޮށްފި

21 މާރިޗު 2017
އިންފްލުއެންޒާ ވެކްސިން ދޭ މީހުން އިތުރުކޮށްފި
03 މާރިޗު 2017

ވޯޓު ލުމަށް ރީރަޖިސްޓްރީ ކުރުމުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި

03 މާރިޗު 2017
ވޯޓު ލުމަށް ރީރަޖިސްޓްރީ ކުރުމުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި
23 ފެބުރުއަރީ 2017

އޮބްޒާރވަރުންނާއި މޮނިޓަރުންނަށް ވުމަށް އެދި ހުށަހަޅުމުގެ މުއްދަތު އިތުރުކޮށްފި

23 ފެބުރުއަރީ 2017
އޮބްޒާރވަރުންނާއި މޮނިޓަރުންނަށް ވުމަށް އެދި ހުށަހަޅުމުގެ މުއްދަތު އިތުރުކޮށްފި
23 ފެބުރުއަރީ 2017

ދޮރުން ދޮރަށް ކެމްޕޭނުން ރައްޔިތުންގެ ހާލު ދެނެގަނެވޭ، މުޅި ރާއްޖޭގައި ހަރަކާތް ހިންގާނަން: ހަސަން ހަތީފް

23 ފެބުރުއަރީ 2017
ދޮރުން ދޮރަށް ކެމްޕޭނުން ރައްޔިތުންގެ ހާލު ދެނެގަނެވޭ، މުޅި ރާއްޖޭގައި ހަރަކާތް ހިންގާނަން: ހަސަން ހަތީފް
16 ފެބުރުއަރީ 2017

ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފި

16 ފެބުރުއަރީ 2017
ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފި
12 ފެބުރުއަރީ 2017

ގޭ ބަންދުގައި ހުރި ޒައިދުލް އަމީންގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި

12 ފެބުރުއަރީ 2017
ގޭ ބަންދުގައި ހުރި ޒައިދުލް އަމީންގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި
01 ފެބުރުއަރީ 2017

އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި

01 ފެބުރުއަރީ 2017
އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު