Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޝެއިހް އިލްޔާސް ހުސައިން

ދޮގާއި ފިތުނަ އުފައްދާ ކަމަށް ބުނެ، އިލްޔާސް ފުލުހަށް ހާޒިރުވާން އަންގައިފި

5 ސެޕްޓެމްބަރު 2018 | ބުދަ 11:31

އަފްރާޝީމްގެ މަރާ ގުޅިގެން ނުވަ މަރެއް ހިނގި ކަމަށް ސޯޝަލް މީޑިޔާގައި ތުހުމަތު ކުރެވިފައިވާކަމަށް އިލްޔާސް ވިދާޅުވި

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 5 ސެޕްޓެމްބަރު 2018 | ބުދަ 11:31
ޝެއިހް އިލްޔާސް ހުސައިން

ޝެއިހް އިލްޔާސް ހުސައިން

ދޮގު ވާހަކަތަކާއި ފިތުނަ އުފައްދާ ކަމަށް ބުނެ، މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އިލްޔާސް ހުސައިން ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފިއެވެ.

އޭނާ ފުލުހަށް ހާޒިރުވާން އެންގީ އަވަހާރަކޮށްލާފައިވާ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ މަރާ ގުޅިގެން ދެއްކި ކަމަށް ބުނާ ވާހަކަތަކާ ގުޅިގެންނެވެ.

Advertisement - newsAdvertisement

ނޫސްވެރިން ބައިތިއްބައިގެން އިސްކަންދަރު ބިލްޑިންގައި ދެއްވި ބަޔާނެއްގައި ފުލުހުންގެ ސްޕޯކްސްޕާސަން، ސްޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ޑރ. އަފްރާޝީމްގެ މަރާ ގުޅިގެން، ނުވަ ޒުވާނަކު މަރާލާފައިވާ ކަމަށް ޝެއިހް އިލްޔާސް ތުހުމަތު ކުރައްވާފައިވާ ކަމަށެވެ. އަދި އެ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށާއި އެއީ ފިތުނަ އުފެއްދުމަށް ދެއްކި ވާހަކަތަކެއް ކަމަށް ޝިފާން ވިދާޅުވިއެވެ.

މިމަހުގެ 1 ވަނަ ދުވަހުގެރޭ އައްޑޫ ސިޓީގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޝައިޚް އިލްޔާސް ވިދާޅުވީ ޑރ އަފްރާޝީމްގެ މަރާ ގުޅިގެން ސޯޝަލް މީޑިޔާގައި ފެނިގެންދިޔަ ޚަބަރުތަކަށް ބަލާއިރު 9 ވަރަކަށް ޒުވާނުން އެއްވެސް ކަހަލަ ރަހުމެއްނެތި މަރާލެވިފައިވާ ކަމަށާއި އެކަން ތަހުގީގް ނުކުރެވުނީ ކީއްވެތޯ ކަމަށެވެ.

"އަޅުގަނޑުގެ ސުވާލަކީ މިފަދަ ގޮތަކަށް ދުވަސްތަކެއް ފާއިތުވެގެން ދިޔައިރު ކީއްވެތޯ ތަހުގީގް ނުކުރެވުނީ. ޑރ އަފްރާޝީމްގެ މަރާ ގުޅިގެން ސޯޝަލް މީޑިޔާގައި އަޅުގަނޑުމެންނަށް ފެނިގެންދިޔަ ޚަބަރުތަކަށް ބަލާއިރު 9 ވަރަކަށް ޒުވާނުން އެއްވެސް އެއްވެސް ކަހަލަ ރަހުމެއް ނެތި މަރާލެވިގެން ހިނގައްޖެއޭ ކީއްވެހޭ ތަހުގީގް ނުކުރެވުނީ. މިނޫން ދުވަހެއް އަންނާނެ." އިލްޔާސް ވިދާޅުވިއެވެ.

ސޯޝަލް މީޑިޔާގައި ޑރ. އަފްރާޝީމްގެ މަރާ ގުޅޭގޮތުން ކުރެވިފައިވާ ތުހުމަތުތައް ބަލަން ޖެހޭނެ ކަމަށް އިލްޔާސް ވިދާޅުވުމުން އެއީ ދޮގުވާހަކަ ދައްކައިގެން ފުލުހުންނާއި ދިވެހި ދައުލަތާއި ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް ޝައިޚް ދެއްކެވި އަމިއްލަ ވާހަކަ ތަކެއް ކަމަށް ޝިފާން ވިދާޅުވިއެވެ. އަދި ޝައިޚް އިލްޔާސް ދެއްކެވި ގޮތްކަމަށް ވިދާޅުވެ ޝިފާން ވިދާޅުވި ވާހަކަ ފުޅުގައި ސޯޝަލް މީޑިޔާގައިވާ ތުހުމަތު ތަކެއް ކަމަށް އިލްޔާސް ވިދާޅުވާ ބައި ޝިފާން ވަނީ އުނިކުރައްވާފައެވެ.

ދީނީ ގޮތުން އެކަމާ ގުޅޭ ގޮތުން އޮތްގޮތްވެސް އިލްޔާސް ވިދާޅުވިނަމަވެސް ޝިފާން ވިދާޅުވީ އެއީ އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅެއް ކަމަށެވެ.

"ޝައިޚް އިލްޔާސް ވިދާޅުވި މޭރުމުން ދަންނަވާލާނަން. އަޅުގަނޑު ސުވާލުކުރަން ބޭނުންވަނީ ކީއްވެގެންތޯ މިހާ ގިނަދުވަސްވެގެން ދިޔައިރު އަވަހާރަ ކޮށްލެވުނު ޑރ އަފްރާޝީމް ޢަލީގެ މައްސަލަ ތަހުގީގް ނުކުރެވުނީ ކީއްވެތޯ. އަދި މައްސަލައާ ގުޅިގެން ނުވަ ޒުވާނުން ރަހުމެއް ނެތްގޮތުގައި މަރާލެވުނުއިރު ތަހުގީގް ނުކުރެވުނީ ކީއްވެގެންތޯ." ޝިފާން ވިދާޅުވިއެވެ.

ޝިފާން ވިދާޅުވީ ޑރ އަފްރާޝީމް އަލީގެ މައްސަލައަކީ އެމެރިކާގެ އެފްބީއައިގެ އެހީތެރިކަމާއި އެވަގުތު ދިވެހި ފުލުހުންގެ ގިނަ އިދާރާގެ ބޭނުންކޮށްގެން ފުޅާ ދާއިރާއެއްގައި ފުލުހުން ހިންގި ތަހުގީގެއް ކަމަށެވެ. އަދި އެތަހުގީގް ފުރިހަމަކޮށް އެމައްސަލަ ޕީޖީ އޮފީހަށް ފޮނުވި މައްސަލައިގެ ޝަރީޢަތް ހިންގައި އެމައްސަލައިގާ އެކިފަރާތްތަކަށް ހުކުމްވެސް ކުރެވިފައިވާ މައްސަލައެއް ކަމަށެވެ.

ޝިފާން ވިދާޅުވީ އިލްޔާސްގެ ވާހަކަތަކަކީ މިހާ ގިނަދުވަސް ވީއިރުވެސް އެއްވެސް ފަރާތަކުން ހިއްސާ ކޮށްފައިވާ ވާހަކަތަކެއް ނޫންކަމަށެވެ.

"އަޅުގަނޑުމެންނަށް ސުވާލު އުފެދޭ މިހާގިނަދުވަސްވެގެން ދިޔައިރު މިހާ ނުރައްކާތެރި ވާހަކައެއް ފުލުހުންނާއި ދިވެހި ދައުލަތާއި، ކަމާ ގުޅޭ ހުރިހާ ފަރާތްތަކެއް ފަޟީޙަތްވެ ފިތުނަ އުފެއްދުމުގެ ނިޔަތުގައި މިވާހަކަ ދެއްކެވިއިރު މިހާ ގިނަދުވަސްވީއިރު ރަސްމީ ސިފައެއްގައި ނުވަތަ ނުރަސްމީ ސިފައެއްގައި ވިޔަސް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަނޭޅުއްވީ ކީއްވެތޯ. ހަމަ ގައިމުވެސް މިފަދަ ދޮގުވާހަކަތަކެއް ދެއްކުމުގެ ބޭނުމަކީ ފުލުހުންނާ، ދިވެހި ދައުލަތާ، ރައްޔިތުންގެ މެދުގައި ބިރުވެރިކަމާއި ފިތުނަ އުފައްދާ މިކަންކަމުގައި ރައްޔިތުންގެ ވިސްނުން ބަދަލުކޮށް ރައްޔިތުންގެ މެދުގައި ދިވެހި ފުލުހުންނާ ދޭތެރޭގައި އޮންނަ އިތުބާރު ނަގާލުން ކަމުގައި ނުވަތަ ނަގާލަން މަސައްކަތް ކުރުން ކަމުގައި ފުލުހުން ދެކެން. މިކަމަކީ މިފަދަ ސިޔާސީ ގޮތުން ދިވެހިރާއްޖެ ހަލަބޮލިވެފައިވާ ދުވަސްވަރެއްގައި އަދި ކުރިއަށް އޮތީ ރިޔާސީ އިންތިޚާބު ކަމުން ، މިފަދަ ދުވަސްވަރެއްގައި ޝައީކް އިލްޔާސް ހުސައިން އަމިއްލަ ޒާތީ އަދި ސިޔާސީ މަޤްސަދެއް ހާސިލް ކުރުމުގެ މަޤަސަދުގައި އަދި ކުރިއަށް މިއޮތް އިންތިޚާބުގައި ނުފޫޒު ފޯރުވުމުގެ ނިޔަތުގައި ކުރެއްވި ޢަމަލެއް ނުވަތަ ދެއްކެވި ވާހަކައެއް ކަމުގައި ފުލުހުން ޤަބޫލުކުރަން. މިކަމުގެ އިތުރު މައުލޫމާތު ސާފުކުރުމަށްޓަކައި ޝައިޚް އިލްޔާސްއަށް ވާނީ ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް މިހާރު އެންގިފައި" ޝިފާން ވިދާޅުވިއެވެ.

އެއީ އެތައް ބަޔަކު ދައްކަމުންދާ ވާހަކަ ތަކަކަށް ވީ ނަމަވެސް އެކަން ބެލުމެއް ނެތި ތަހުގީގް ނިންމައި ހިންގި ޝަރީއަތަށް ފަހު ސުޕްރީމް ކޯޓުންވެސް ހުސައިން ހުމާމް މަރަން ހުކުމްކޮށް މަރަންޖެހޭ މުއްދަތުވެސް ފަހަނައަޅާ ގޮސްފައެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޝައިޚް އިލްޔާސް މިވަގުތު ހުންނެވީ އަމިއްލަފުޅު ދަތުރުފުޅެއްގައި މެލޭ ޝިޔާގައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2017

ވަޅި ހަރައި މަރާލާނެ ކަމަށް ބުނެ މެމްބަރު އިމްތިޔާޒަށް އިންޒާރުދީފި

25 ފެބުރުއަރީ 2017
ވަޅި ހަރައި މަރާލާނެ ކަމަށް ބުނެ މެމްބަރު އިމްތިޔާޒަށް އިންޒާރުދީފި
25 ފެބުރުއަރީ 2017

ފްރީހޯލްޑް އުސޫލުންކަމަށް ބުނެ ގަންނަ ފަރާތަށް ބިން މިލްކުކޮށްދެނީ: ހުސްނުއް ސުއޫދު

25 ފެބުރުއަރީ 2017
ފްރީހޯލްޑް އުސޫލުންކަމަށް ބުނެ ގަންނަ ފަރާތަށް ބިން މިލްކުކޮށްދެނީ: ހުސްނުއް ސުއޫދު
23 ފެބުރުއަރީ 2017

ހައްގުބަސް ނުބުނެވިއްޖެ ނަމަ ލިބިފައިވާ މިނިވަންކަން ވެސް ގެއްލޭނެ: އާޒިމް

23 ފެބުރުއަރީ 2017
ހައްގުބަސް ނުބުނެވިއްޖެ ނަމަ ލިބިފައިވާ މިނިވަންކަން ވެސް ގެއްލޭނެ: އާޒިމް
21 ފެބުރުއަރީ 2017

އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް

21 ފެބުރުއަރީ 2017
އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް
12 ފެބުރުއަރީ 2017

ޕީޕީއެމް އަށް 11،000 މެމްބަރުން ސޮއި ކޮށްފައިވާ ކަމަށް އެޕާޓީން ބުނެފި

12 ފެބުރުއަރީ 2017
ޕީޕީއެމް އަށް 11،000 މެމްބަރުން ސޮއި ކޮށްފައިވާ ކަމަށް އެޕާޓީން ބުނެފި
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!
02 ފެބުރުއަރީ 2017

ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި

02 ފެބުރުއަރީ 2017
ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
13 ޖެނުއަރީ 2017

ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް

13 ޖެނުއަރީ 2017
ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް