ބުދަ 17 ޖުލައި 2019
03 ފުސް
1440 ޒުލްގައިދާ 14
ފަތިސް 04:43
އިރުއަރާ 06:00
މެންދުރު 12:16
އަސްރު 15:38
މަޣްރިބް 18:24
އިޝާ 19:41
ރާއްޖެ - ރިޔާސީ އިންތިހާބު 2018

ދައުލަތަށް ފައިސާ ވަދޭ، ކުރަނީ އިސްރާފު: އިބޫ

  • މަޝްރޫއުތަކަށް ހަރަދުވާ މިންވަރަށްވުރެ އިތުރަށް ހޭދަކުރޭ
  • ބޭކާރު ހަރަދުތައް ކުރަންޖެހޭ

ފާތިމަތު ޝަނާ މުހައްމަދު
FathimathShana

ކ. މާލެ 5 ސެޕްޓެންބަރ 2018 | ބުދަ 15:26 1,504

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯޅިހު (އިބޫ) - ރާއްޖެ އެމްވީ

ދައުލަތަށް ފައިސާ ވަންނަ ކަމަށާއި އެހެން ނަމަވެސް ފެނިގެންދަނީ ފައިސާ އިސްރާފުކުރަމުންދާ މަންޒަރު ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

ހއ.ތުރާކުނަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ، ދައުލަތަށް ރަނގަޅު މިންވަރަކަށް އާމްދަނީ ވަންނަ ކަމަށާއި އެހެން ނަމަވެސް ބޭކާރު ގޮތް ގޮތަށް ފައިސާ ހަރަދުކުރާ ކަމަށެވެ. ނަތީޖާއެއްގެ ގޮތުން އަދިވެސް އަސާސީ ހިދުމަތްތައް ފުރިހަމަ ނުވާ ރަށްތައް އެބަހުރި ކަމަށް ވިދާޅުވި އެވެ. 

"މައްސަލައަކީ ބޭކާރު ހަރަދުތައް ސަރުކާރުން ކުރާތީ. މައްސަލައަކީ ކުރާ މަސައްކަތްތައް ބޮޑު އަގުގައި ކުރާތީ،"އިބޫ ވިދާޅުވިއެވެ.

ނަރުދަމާގެ މަސައްކަތްތައް ކުރުމުގައިވެސް ބޮޑެތި ކޮރަޕްޝަންގެ އަމަލުތައް ހިންގާކަން އެނގެމުންދާ ކަމަށާއި އެންމެ ކުޑަކޮށް ނަރުދަމާގެ ނިޒާމު ގާއިމް ކުރުމަށްވެސް ސަރުކާރުން ތިން މިލިއަން ޑޮލަރު ވަރު ހަރަދު ކުރާ ކަމަށް އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ، ބޭކާރު ހަރަދު ހުއްޓުވާލަން ޖެހޭ ކަމަށާއި އެފަދަ ގޮތަކަށް ކަންކަން ނުކުރި ނަމަ މިއަދު ނަރުދަމާ ނެތް އެއްވެސް ރަށެއް ނޯންނާނެ ކަމަށެވެ.

އިބޫ ވިދާޅުވީ، ގުޅިފައިވާ ސިޔާސީ ޕާޓީގެ ވެރިކަމެއްގައި ކޮރަޕްޝަނާ ނުލާ މަސައްކަތްތައް ކުރާނެ ކަމަށެވެ. އަދި ވެރިކަން ކުރުމުގެ ފުރުސަތު ރައްޔިތުން ދީފި ނަމަ، ދައުރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި އަސާސީ ހުރިހާ ހިދުމަތްތަކެއް ގާއިމް ކުރާނެ ކަމަށެވެ. މީގެ އިތުރުން ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލު ހޯދާ ދިނުމަށް މުހިއްމު މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް