Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރިޔާސީ އިންތިހާބު 2018

ހުވަދޫ ދަތުރުގެ އަނެއް ފަރާތް: ގެކޮޅަށް ގާ އުކި، ބާރުގެ ބޭނުން ކުރީ ޕީޕީއެމާ ދެކޮޅަށް!

އިބޫ ހުންނެވި ގެކޮޅަށް ގާ އުކީ ވިލިނގިލިން

ޙުސައިން ޙަސަން
ޙުސައިން ޙަސަން, ރާއްޖެ އެމްވީ | 5 ސެޕްޓެމްބަރު 2018 | ބުދަ 11:23
ހުވަދު އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އިބޫ ގދ. އަތޮޅުގައި

ހުވަދު އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އިބޫ ގދ. އަތޮޅުގައި

ސިޔާސީ ފޯރި ގަދަވެ، ބަހުގެ ހަމަލާތަކުގެ އަޑު ވަނީ ގަދަވެފައެވެ. އެއް ބަޔަކު، އަނެއް ބަޔަކަށް އެ ހަމަލާތައް ކޮންމެ ދުވަހަކުމެ ދެމުންދެއެވެ. އިންތިހާބީ މޫސުމުގައި އެ މަންޒަރު އާންމުކޮށް ފެނެއެވެ. ހުވަދޫގެ ބައެއް ރަށްތަކުން ވެސް ފެނުނީ އެ މަންޒަރެވެ. އިވުނީ އެ އަޑުތަކެވެ.

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހުވަދު އަތޮޅަށް ވަޑައިގެންނެވި ދަތުރުފުޅުގައި ތަފާތު މަންޒަރުތަކެއް ފެނިގެން ދިޔައެވެ. ކުރި ހޯދުމަށް ފޯރިއާއެކު މަސައްކަތް ކުރިތަން ފެނުނެވެ. ހަރުގެތަކުގެ އަޑަށް ވުރެ ޖަގަހަތަކުގެ އަޑު ގަދަކުރަން އުޅުނެވެ. ދިދަ ފަތިތަކާއި އެކި ކުލަތަކުން ކުރި ހޯދަން މަސައްކަތް ކުރިއެވެ.

Advertisement - newsAdvertisement

އެ ފޯރީގައި ހައްދު ފަހަނަ އަޅާ ދިޔަތަން ވެސް ފެނުނެވެ. އެގޮތުން އިބޫ ވަޑައިގެންނެވި ވަގުތާ ދިމާކޮށް ބައެއް ރަށްތަކުގެ ބައެއް ޖަގަހަތަކުން "ޖެއްސުން" ކުރުމުގެ ގޮތުން އަޑުގަދަކޮށް ލަވަ ޖެހިއެވެ. އިބޫއަށް މަރުހަބާ ދެންނެވުމަށް ސަފު ހަދައިގެން ތިބި މަގުތަކުގައި ވެހިކަލް ބުރު ބާއްވާއި، އިދިކޮޅު ހަރަކާތަށް ހުރަސް އެޅިއެވެ.

އެ ހާލަތަށް ކަންތައްތައް ދިއުމުން، އިތުރަށް ގޯސްވެދާނެތީ، ފުލުހުން އިސް ކުރީ މަސްލަހަތެވެ. އިބޫ ގއ. ވިލިނގިއްޔަށް ވަޑައިގެންނެވި ވަގުތު އެ ރަށުގައި ޕީޕީއެމްގެ ރެލީއެއް ކުރިއަށްދިޔައެވެ. ޕީޕީއެމް ސަޕޯޓަރުން އިސްވެ އޮވެ، ސަރުކާރުގެ މުވައްޒަފުންނާއި ސިވިލްސާވަންޓުން ނެރެގެން ބޭއްވި އެ ވެހިކަލް ބުރު ގޮސް ހުއްޓުނީ އިބޫއަށް މަރުހަބާ ދަންނަވަން ރަށުގެ ބޮޑު މަގުގައި ދަމާލާފައިވާ ސަފާ ހިސާބަށެވެ. ބޭނުމަކަށްވީ އިބޫއަށް މަރުހަބާ ދަންނަވަން ގޮސް ތިބި މީހުންނަށް ހުރަސް އެޅުމެވެ. ނަމަވެސް އެ ދެމެދަށް ވަނީ ފުލުހުންނެވެ. ފުލުހުން ސުލްހައަށް މަސައްކަތް ކުރިއެވެ. ހަމަނުޖެހުން ހިންގަން އުޅުނު މީހުން ދުރަށް ޖެއްސިއެވެ. އިބޫއަށް މަރުހަބާ ދަންނަވަން ހުރަސް އަޅަން އުޅުނު މީހުންނަށް ހުރަކަށް ވީ ފުލުުހުންނެވެ.

އެންމެ ފަހުން އެ މީހުން ފުލުހުންނާ ކުރިމަތިލާން އުޅުމުން ފުލުހުން ޕެޕާ ސްޕްރޭ ވެސް ޖެހިއެވެ. ރައްދުގައި ބާރުގޭ ބޭނުންކޮށް އިބޫއަށް ހުރަސް އަޅަން އުޅުނު މީހުން މައިތިރި ކުރިއެވެ.

އެ ހިސާބުން އެ ވާހަކަ ނިމުނީއެއް ނޫނެވެ. ފުރަން އޮތް ދުވަހު ނޫން އޭގެ ކުރީ ދުވަހު އިބޫ މަޑު ކުރެއްވީ ވިލިނގިލީގައެވެ. އެ ރަަށުގައި ހުންނަ ކުރީގެ އަތޮޅުގެ ނުވަތަ މިހާރުގެ ނަމުންނަމަ ސްޓޭޓް ހައުސްގައެވެ. ސަރުކާރަށް ތާއިދު ކުރާ ބަޔަކު ހަމަލާ އަމާޒު ކުރީ އެތަނުގެ ދޮރަށެވެ. ދެ ފުލުހަކު ފޯރިއަށް ތިއްބާ، ބަޔަކު އައިސް، ގަލަކުން އެ ގޭގެ ދޮރުގައި ޖެހިއެވެ. އެހާ ހިސާބަކުން، ދަންވަރުގެ އެ ވަގުތުގައި ރަށުގެ މަސް ރަހު ހޫނިވިއެވެ. އިބޫގެ ސަޕޯޓަރުންނަށް އެއީ ކެއްކުރެވޭ ކަމަކަށް ނުވިއެވެ. ނަމަވެސް އެ ރަށަށް ވަޑައިގެން ތިއްބެވި ޕާޓީތަކުގެ އިސް ބޭފުޅުން ނަސޭހަތްތެރިވީ އަތް އިސް ނުކުރުމަށެވެ. ރައްދުގައި އެއްވެސް ކަމެއް ނުކުރުމަށެވެ. އެ އެދުމާއެކު، އިބޫގެ ސަޕޯޓަރުން މައިތިރިވެގެން ތިބީއެވެ.

އެއަށްފަހު އެމަނިކުފާނު ހުވަދޫގައި ހޭދަ ކުރެއްވި އެންމެ ފަހު ދުވަހު ވަޑައިގެންނެވި ގދ. އަތޮޅުގެ ހަތަރު ރަށަކަށެވެ. އިބޫއަށް ހުރަސް ތަކެއް ކުރިމަތި ކުރަން މަދު ބަޔަކު ދެން މަސައްކަތް ފެށީ މަޑަވެލިންނެވެ. ހޯޑެއްދޫ އާއި މަޑަވެލި ކޯޒްވޭއިން ސައިކަލުގައި ވަޑައިގެން، މަޑަވެއްޔަށް ފައިބައިވަޑައިގެން ސަލާމް ކުރައްވަމުން ގެންދަވަނިކޮށް، އަޑުގަދަކޮށް ޕީޕީއެމްގެ ޖަގަހައަކުން ލަވަ ޖަހަމުން ދަނިކޮށް ފުލުހުން އެ ތަނަށް ވަދެ، އަޑު ގަދަ ކުރާގެ އަޑު ކަނޑާލިއެވެ. އަދި އެކަން ތަކުރާރު ނުކުރުމަށް ނަސޭހަތްތެރިވިއެވެ.

ހުވަދޫ ދަތުރުގައި އިބޫއަށް ސަލާމަތާއި ރައްކާތެރިކަން ދޭން އުޅުނީ 30 ވަރަކަށް ފުލުހުންނެވެ. އިބޫ ވަޑައިގަންނަވާ ކޮންމެ ރަށަކަށް އެ ފުލުހުން ދެއެވެ. ކުރިއާލައި މަގުތައް ބަލަހައްޓައެވެ. އެއްވުންތަކާއި ޖަލްސާތައް ބާއްވާ ތަންތަނަށް ދުއްވާ އެއްޗެހި ނުވަދެވޭ ގޮތް ހަދައި، ބެެރިކޭޑް ޖަހައި، ކޯޑަން ކުރުމުގައި ވެސް އުޅުނީ އެ ފުލުހުންނެވެ. އެ ފުލުހުންގެ ފަރާތުން ފެނުނީ ތައުރީފު ހައްގު މަސައްކަތެކެވެ.

އެ ސަބަބާ ހުރެ، އިބޫ ހުވަދޫއަށް ކުރެއްވި ހަތަރު ދުވަހުގެ ދަތުރުފުޅު މަޑަވެލިން ނިންމާލައްވަމުން ވަނީ ފުލުހުންނަށް ތައުރީފު ކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. އަދި ހުވަދޫގެ މީހުން ދިރިއުޅޭ 18 ރަށަކަށް އެމަނިކުފާނު ވަޑައިގެންނެވުމުން ފުލުހުންގެ ފަރާތުން ފެނުނު މަސައްކަތަށް ފަށްފަށުން ޝުކުރު އަދާ ކުރާ ކަމަށް އިބޫ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ކޯޓުތަކުގެ ނިންމުންތަކާ ބެހުމުގެ ޖާގައެއް ބޭރުގެ ފަރާތްތަކަށް ނެތް: ރައީސް

ކޯޓުތަކުގެ ނިންމުންތަކާ ބެހުމުގެ ޖާގައެއް ބޭރުގެ ފަރާތްތަކަށް ނެތް: ރައީސް

31 ޖެނުއަރީ 2017
ސައިލެއްގެ އިންޖީނުގެ ވެރިފަރާތް ހޯދަން އިއުލާންކޮށްފި

ސައިލެއްގެ އިންޖީނުގެ ވެރިފަރާތް ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ

އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު