Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިޚާބު 2018

ވެލިދޫގައި އެމްޑީއޭގެ ގިނަ މެންބަރުންތަކެއް އިބޫ އަށް ތާއީދުކުރަން ނިންމައިފި

5 ސެޕްޓެމްބަރު 2018 | ބުދަ 11:11

އެމްޑީއޭގެ މެންބަރުން ވަނީ އިބޫގެ ކެމްޕޭން ހަރަކާތްތަކުގައި ބައިވެރިވާން ފަށާފައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 5 ސެޕްޓެމްބަރު 2018 | ބުދަ 11:11
ވެލިދޫ އެމްޑީއޭގެ މެންބަރުން އެމްޑީއޭގެ ލީޑަރޝިޕާ އެކު

ވެލިދޫ އެމްޑީއޭގެ މެންބަރުން އެމްޑީއޭގެ ލީޑަރޝިޕާ އެކު

ނ. ވެލިދޫގައި މޯލްޑިވްސް ޑިވެލެޕްމެންޓް އެލަޔަންސް (އެމްޑީއޭ) ގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ގިނަ މެންބަރުންތަކެއް ގުޅިފައިވާ ސިޔާސީ ޕާޓީ ތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހް އަށް ތާއީދު ކުރަން ނިންމައިފިއެވެ.

ނަން ހާމަ ނުކުރުމަށް އެދި ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން އެމްޑީއޭގެ މެންބަރަކު ބުނީ އެމްޑީއޭގެ ގައުމީ ކައުންސިލްގެ ކުރީގެ މެންބަރު މުހައްމަދު އައްބާސް ވެސް މިހާރު ހުންނެވީ ގުޅިފައިވާ ޕާޓީތަކާ އެކުގައި ކަމަށެވެ. އެ ގޮތުން އައްބާސްގެ ވަރަށް ގާތް މީހަކު ބުނީ އައްބާސް އާއި ވެލިދޫ އެމްޑީއޭގެ ގިނަ މެންބަރުންތަކެއް އިބޫއަށް ތާއީދުކުރަން ނިންމައި ވެލިދޫގައި ހިންގާ އިބޫގެ ކެމްޕޭން ހަރަކާތްތަކުގައި ވެސް ބައިވެރިވާން ފަށާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް 2013 ވަނަ އަހަރު މުޅި އަތޮޅުގައި ކެމްޕޭން ހަރާކާތްތަކުގައި އެންމެ އިސްކޮށް އުޅުއްވި އައްބާސް އިބޫއަށް ތާއީދު ކުރައްވަން ނިންމަވާފައި ވަނީ މި ސަރުކާރުގެ އަނިޔާވެރިކަމާއި އަޅުވެތި ކަމަށް ކެތް ނުކުރެވިގެން ކަމަށާއި، އަނިޔާވެރިކަން ނިމުމަކަށް ގެނެވޭނީ މި ސަރުކާރު ނިމުމަކަށް ގެނެވިގެން ކަމަށް ފެންނާތީ ކަމަށް އައްބާސް ވިދާޅުވި ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި، ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމާއި، އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲގެ އިތުރުން ވެސް ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ސިޔާސީ ހައްޔަރީންނަށް ހުކުމް ކުރެވިފައި ވަނީ ބޭއިންސާފުން ކަމަށް ގަބޫލު ކުރެވޭ ކަމަށް އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދާ ވެސް ގާތް ގުޅުމެއް އޮންނަ އައްބާސް ވިދާޅުވެފައިވާ ކަމަށް ވެސް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އައްބާސް ވަނީ ޑީއާރުޕީގެ ވެލިދޫ ގޮފީގެ ރައީސް ކަމާއި، އެމްޑީއޭގެ އިންތިގާލީ ކައުންސިލްގެ މެންބަރު ކަމާއި، އެމްޑީއޭ ގައުމީ ކައުންސިލްގެ މެންބަރު ކަމާއި، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ޕީޕީއެމް އެމްޑީއޭ ކޯލިޝަންގެ ކޮމިޓީގެ މެންބަރު ކަމާއި ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމް އެމްޑީއޭ ކޯލިޝަންގެ ކޮމިޓީގެ މެންބަރުކަން ވެސް ކުރައްވާފައެވެ. އެމްޑީއޭ ވެލިދޫ ގްރޫޕްގެ ނައިބް ރައީސް މުހައްމަދު މާލިކް ދަނީ އިބޫއަށް ތާއިދުކޮށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރިޔަށް ގެންދާ ކެމްޕެއިންގައި ބައިވެރިވަމުންނެވެ.

އައްބާސް ގެ އިތުރުން ވެސް ޕީޕީއެމްގެ މެންބަރު ނ. ޅޮހީ ކައުންސްލިގެ ކުރީގެ ރައީސް މުހައްމަދު އިރުފާން ވެސް ވަނީ މައުމޫން ރީފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ފަރާތުން އިބޫއަށް ތާއީދު ހޯދުމުގެ ގޮތުން ވެލިދޫގައި ހިންގާ ހަރަކާތްތަކުގައި ބައިވެރިވަޑައިގެންފައެވެ.

އަދި ކުރިއަށް އޮތް ދުވަސް ތަކުގައި ވެލިދޫ އެމްޑީއޭގެ ގިނަ މެންބަރުތަކެއް އިބޫގެ ކެމްޕޭން ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވާނެ ކަމަށް ރާއްޖެ އެމްވީއަށް ވަނީ މައުލޫމާތު ލިބިފައެވެ.

ވެލިދޫ އެމްޑީއޭގެ މެންބަރުން އިބޫއަށް ތާއީދު ކުރަން ނިންމުމުން ވެލިދޫގެ 80 ޕަސެންޓް ރައްޔިތުންގެ ތާއީދު އިބޫއަށް ލިބިގެންދާނެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކަށް އެހީތެރިވާ ބޯޓުފަހަރާ ކުންފުނިތަކަށް އީރާނުގެ އަސްކަރިއްޔާ އިން ފާރަލާން ފަށައިފި

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު

10 ފެބުރުއަރީ 2017
މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު
05 ފެބުރުއަރީ 2017

ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

05 ފެބުރުއަރީ 2017
ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި
01 ފެބުރުއަރީ 2017

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް