Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިިޔާސީ އިންތިޚާބު 2018

މާލޭގެ ހުރިހާ ރަށްވެހިންނަން ބޯހިޔާވަހިކަން ހޯދައި ދޭނަން: އިބޫ

4 ސެޕްޓެމްބަރު 2018 | އަންގާރަ 22:03

އެންމެ ދަތިހާލުގައި ދިރިއުޅެނީ މާލޭގެ ރައްޔިތުން

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 4 ސެޕްޓެމްބަރު 2018 | އަންގާރަ 22:03
މާފަންނު ދެކުނުދާއިރާގެ ޖަގަހަ ހުޅުވުމުގެ ތެރެއިން

މާފަންނު ދެކުނުދާއިރާގެ ޖަގަހަ ހުޅުވުމުގެ ތެރެއިން

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލޭގެ ހުރިހާ ރަށްވެހިންނަން ބޯހިޔާވަހިކަން ލިބިގެންދާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

މާފަންނު ދެކުނު ދާއިރާގައި "މާފޮޅޭ ޖަގަހަ" ހުޅުވައިދެއްވުމަށްފަހު އިބޫ ވިދާޅުވީ، ދޮރުން ދޮރަށް ކެމްޕެއިންގެ ތެރެއިން މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ދެނެގަނެވިއްޖެ ކަމަށެވެ. ބޯހިޔާވަހިކަން ނުލިބި އެންމެ ދަތިތަކާއި އެކު ދިރިއުޅެނީ މާލޭގެ ރައްޔިތުންކަން ފާހަގަކުރައްވާ ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމުގައި ބޯހިޔާވަހިކަމުގެ ސިޔާސަތު ކަނޑައެޅިގެންދާއިރު މާލޭގެ އެއްވެސް ރައްޔިތަކަށް ބޯހިޔާވަހިކަން ނުލިބި ނުހުންނާނެ ކަމަށެވެ.

Advertisement - newsAdvertisement

ބޯހިޔާވަހިކަމުގެ މައްސަލައަށް ވޭދެވެދިޔަ ދުވަސްތަކުގައި ހައްލެއް ނުގެނެވި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ފެއިލްވެފައިވާތީ ކަމަށް އިބޫ ވިދާޅުވިއެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ފްލެޓްގެ ހައްގުވެރިންނަން ފްލެޓް ނުލިބޭކަން ފާހަގަކުރައްވާ ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ މި ސަރުކާރުން ފްލެޓް ދޫކޮށްފައިވަނި މިނިސްޓަރ ދޭ ލިސްޓަކަށް ކަމަށެވެ.

"މިހާރު މި އޮތް ސަރުކާރުން ވެސް ބޯހިޔާވަހިކަން ރައްޔިތުންނަން ދިނުމުގެ ނަމުގައި މަސައްކަތްތަކެއް ކޮށްފައި އެބަހުރި، އެހެންނަމަވެސް އެކަން ކޮށް، އޭގެ ޙައްގު ފަރާތްތަކަށް އެވަނީ ނުލިބި. އިންސާފުން ބޭރުން ވަކި ބަޔަކަށް، ހާއްސަކޮށް މިނިސްޓަރ ބޭނުންވާ ލިސްޓެއް ހަދައިގެން ފްލެޓްތަކާއި ތަންތަން ބަހަމުން އެގެންދަނީ،" އިބޫ ވިދާޅުވިއެވެ.

މާފަންނު ދެކުނުގައި ބޭއްވި ކަންމަތީ ބައްދަލުވުމުގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި

މިހާރު ވެސް ދަތިހާލުގައި އެތަކެއް ރައްޔިތުން މާލޭގައި ދިރިއުޅެމުންދާއިރު، އެ ރައްޔިތުންނަން ގޮތެއް ފެންނަގޮތަށް ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމުގައި ހިލޭ ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށް އިބޫ ވިދާޅުވިއެވެ. ލިބޭ އާމްދަނީން ކުލިދައްކައިގެން ނޫޅެވޭ ރައްޔިތުންނަންވެސް ސަރުކާރުން ލުއި ގޮތްތައް ހޯދައިދެއްވާނެ ކަމަށް ވެސް އިބޫ ވިދާޅުވިއެވެ.

މީގެ އިތުރުން ފްލެޓް ގަންނަން ބޭނުންވާ ފަރާތްތަކުން ދައްކަން ޖެހޭ ޑައުންޕޭމަންޓް ކުޑަކުރާނެ ކަމަށް އިބޫ ވިދާޅުވިއެވެ. އަދި ޑައުންޕޭމަންޓްގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ލޯނުގެ ގޮތުގައި ލިބޭނެ ގޮތް ހަމަޖައްސައި ދޭނެ ކަމަށް ވެސް އިބޫ ވިދާޅުވިއެވެ. އަދި އެލޯނަކީ ދިގު މުއްދަތުން ދައްކާ ޚަލާސް ކުރާ ލޯނަކަށް ވެގެންދާނެކަން އިބޫ ފާހަގަކުރެއެވިއެވެ.

"އެންމެ ބޮޑުކޮށް ހަ ޕަސެންޓްގެ އިންޓްރެސްޓުގައި، 5000 ރުފިޔާ މަހަކު ދައްކާ ގޮތަށް އެލޯނު ދޫކުރެވިގެންދާނެ، އިރާދަކުރެއްވިއްޔާ މި ސިޔާސަތުގެ ދަށުން ހަމަޖެހިގެން ފަސޭހަކަމާއި އެކީގައި އަރާމު ދިރިއުޅުމެއް އުޅެން ބޯހިޔާވަހިކަން މާލެ އާއި ރާއްޖެގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަން ލިބިގެންދާނެ،" އިބޫ ވިދާޅުވިއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރިއަށް ގެންދާ ދޮރުން ދޮރަށް ކެމްޕެއިންގައި ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަވެފައި ވަނީ ބޯހިޔާވަހިކަމުގެ މައްސަލައެވެ. އެ މައްސަލަ ހައްލުކުރުމުގެ ގޮތުން އެމްޑީޕީ ސަރުކާރުގައި މާލޭގެ ރަށްވެހިންނަން ހާއްސަކޮށްގެން ފަށާފައިވާ 'ވެށިފަހި މާލެ' ޕްރޮގްރާމް ވެސް އަލުން ފަށާނެ ކަމަށް އިބޫ ވަނީ މީގެ ކުރިން ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ކޮންމެ މީހަކުވެސް އެމީހަކު އުފައްދާ ކުނިބުނި އަމިއްލައަށް ސާފުކުރުން ޖެހޭނެ ކަމަށް ބުނެ ޣައްޒާއާ ބެހޭގޮތުން ދެއްކި ވާހަކަތަކަށް، ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރަށް ގިނަ ބައެއްގެ ނުރުހުން!

2

ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު ޔަހޫދީންގެ ކައިވެނީގެ ހަފުލާއެއްގައި ދުޢާކުރި މަައްސަލަ، މިއީ އަނިޔާ ލިބެމުންދާ ފަލަސްތީނުގެ އަޚުންނާއި އުޚުތުންނަށް ކުރެވޭ ފުރައްސާރައެއް!

3

ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރެމުންދާދިއުމާ މެދު ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި

4

ގަލޮޅު ގެއަކަށް ބަޔަކު ވަދެ ފޭރުނު މައްސަލައެއް!

5

ރަސްމާލެ މަޝްރޫއާ ގުޅޭ އެއްވެސް ކަމެއް އެނގެން ނެތް، ހަމައެކަނި އެނގެނީ "ޝެއިހު" އަކަށް 400 މިލިއަން ޑޮލަރު ދިންކަން: މެންބަރު ޝަމްހީދު

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ފެނަކަ ކޯޕަރޭޝަނުން ޕީޕީއެމްއަށް 2،300 މެމްބަރުން ހޯދައިދީފި

12 ފެބުރުއަރީ 2017
ފެނަކަ ކޯޕަރޭޝަނުން ޕީޕީއެމްއަށް 2،300 މެމްބަރުން ހޯދައިދީފި
11 ފެބުރުއަރީ 2017

!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

11 ފެބުރުއަރީ 2017
!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ
11 ފެބުރުއަރީ 2017

ރީރަޖިސްޓްރޭޝަނަށް އެކަށީގެންވާ މުއްދަތެއް ދޭނަން: އިލެކްޝަންސް ކޮމިޝަން

11 ފެބުރުއަރީ 2017
ރީރަޖިސްޓްރޭޝަނަށް އެކަށީގެންވާ މުއްދަތެއް ދޭނަން: އިލެކްޝަންސް ކޮމިޝަން
06 ފެބުރުއަރީ 2017

އިންތިޚާބު ފަސްކުރާކަށް އިތުރު ފުރުސަތެއް ނުދޭނަން: ޑރ ޑީޑީ

06 ފެބުރުއަރީ 2017
އިންތިޚާބު ފަސްކުރާކަށް އިތުރު ފުރުސަތެއް ނުދޭނަން: ޑރ ޑީޑީ
05 ފެބުރުއަރީ 2017

މަސް ހިފަން މޫދަށްފޭބި ތިން މީހުން އެމްއެންޑީއެފް އިން ހޯދައިފި

05 ފެބުރުއަރީ 2017
މަސް ހިފަން މޫދަށްފޭބި ތިން މީހުން އެމްއެންޑީއެފް އިން ހޯދައިފި
24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް