Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

އިބޫ ވިދާޅުވަނީ ހުރިހާ ކުދިންނަށް ހިލޭ މަތީ ތައުލީމު ހާސިލްކުރެވޭނެ ކަމަށް!

4 ސެޕްޓެމްބަރު 2018 | އަންގާރަ 22:51

ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލްކުރަން ބޭނުންވާ ކުދިންނަށް ލުއި ލޯނު ލިބޭނެ

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 4 ސެޕްޓެމްބަރު 2018 | އަންގާރަ 22:51
ގުޅިފައިވާ ސިޔަސީ ޕާޓީތަކުގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު އެމަނިކުފާނުގެ ރަނިންގމޭޓް ފައިސަލް ނަސީމާއި ސަލާމް ކުރައްވަނީ

ގުޅިފައިވާ ސިޔަސީ ޕާޓީތަކުގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު އެމަނިކުފާނުގެ ރަނިންގމޭޓް ފައިސަލް ނަސީމާއި ސަލާމް ކުރައްވަނީ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި މަތީ ތައުލީމު ހާސިލް ކުރަން ބޭނުންވާ ހުރިހާ ކުދިންނަން ރާއްޖޭގައި ތިބެގެން ހިލޭ މަތީ ތައުލީމު ހާސިލް ކުރެވޭނެކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން މި އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

މާލޭގައި ގުޅިފައިވާ ޕާޓީތަކުގެ "ފުވައްމުލަކު ޖަގަހަ" ހުޅުވައިދެއްވުމަށް ފަހު އިބޫ ވިދާޅުވީ އޯލެވެލް ނިންމާލުމަށްފަހު މަތީ ތައުލީމް ހާސިލް ކުރަން ބޭނުންވާ ކޮންމެ ކުއްޖަކަށް ރާއްޖޭގައި ހުރެގެން ހިލޭ މަތީ ތައުލީމު ހާސިލް ކުރެވޭނެ ގޮތް ހަމަޖައްސައި ދެއްވާނެ ކަމަށެވެ. އަދި ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލްކުރަން ބޭނުންވާ ކޮންމެ ކުއްޖަކަށް ބޭނުން ގައުމަކުން މަތީ ތައުލީމް ހާސިލް ކުރުމަށް ލުއި ލޯނު ލިބޭނެ ފުރުސަތު ހޯދައިދެއްވާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

Advertisement - newsAdvertisement
"މަތީ ތައުލީމު ހާސިލް ކުރަން ބޭނުންވާ ހުރިހާ ކުދިންނަށް ރާއްޖޭގައި ތިބެގެން ހިލޭ މަތީ ތައުލީމު ހާސިލް ކުރެވޭނެ ގޮތް އަޅުގަނޑުމެން ހަދައިދޭނަން، އަދި ރާއްޖެއިން ބޭރަށް މަތީ ތައުލީމު ހާސިލް ކުރަން ދާން ބޭނުންވާ ކުއްޖަކަށް ލުއި ލޯން ލިބޭނެ ގޮތް އަޅުގަނޑުމެން ހަދައި ދޭނަން،" އިބޫ ވިދާޅުވިއެވެ.

ފުވައްމުލަކު ޖަގަހަ ހުޅުއްވާ ދެއްވުމަށްފަހު އިބޫ ވާހަކަފުޅު ދައްކަވަނީ

ގުޅިފައިވާ ޕާޓީތަކެއްގެ ވެރިކަމުގައި މަތީ ތައުލީމަށް ދޫކުރާ ލުއި ލޯނުތަކަކީ މަތީ ތައުލީމު ހާސިލް ކުރުމަށްފަހު ވަޒީފާ އަދާކުރަމުން ފަސޭހައިން ދެއްކޭނެ ގޮތަށް ދޫކުރާ ލޯނުތަކަށް ވާނެ ކަމަށް އިބޫ ވިދާޅުވިއެވެ. މަތީ ތައުލީމުގެ ލޯނު ދެއްކުން ބުރައަކަށް ވެގެން ނުދާނެކަން ފާހަގަކުރައްވާ ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ މިހާރުވެސް އެކި ގޮތްގޮތުން ލޯން ހޯދައިގެން ރާއްޖެއިން ބޭރުގައި އެތައް ކުދިންނެއް ތައުލީމު ހާސިލްކުރަމުންދާ ކަމަށާއި، ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމުގައި ދޫކުރާ ލޯނު ސްކީމްގައި އެކުދިންނަށްވެސް ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

"ނިމިގެން ދިޔަ އަހަރު، 2017 ވަނަ އަހަރުގެ ފަހުކޮޅުގައި ނިމުނު ކުދިންނާއި، މިއަހަރު ފަހުކޮޅު ނިމުނު ކުދިންނަށް ލިބެންޖެހޭ ސްކޮލަރޝިޕް މި ސަރުކާރުން ދީފަ މި އޮތީ ކައިރި އަވަށްޓެރި ގައުމުތަކަށް. އެހެންމަވެސް އަޅުގަނޑުމެންގެ ވެރިކަމުގައި މިގެންނަ ބަދަލާއި އެކުގައި އެކުދިންނަން ވެސް މީގައި ބައިވެރިވުމުގެ ފުރުސަތު އަޅުގަނޑުމެން ހުޅުވާލާނަން،" އިބޫ ވިދާޅުވިއެވެ.

މާލޭގައި ފުވައްމުލަކުގެ ޖަގަހައެއް ހުޅުވިއިރު، އެ ސިޓީގެ 3000 އެއްހާ މީހުން މާލޭގައި ދިރިއުޅޭކަމަށް އިބޫ ވިދާޅުވިއެވެ. އާބާދީގައި ގާތްގަނޑަކަށް 13000 މީހުން ދިރިއުޅޭ ފުވައްމުލަކު ޖަގަހަ ހުޅުވައިދެއްވުމުގެ ރަސްމިޔާތުގައި އެ ސިޓީއަށް ނިސްބަތްވާ އިބޫގެ ރަނިންގމޭޓް ފައިސަލް ނަސީމް ބައިވެރިވެވަޑައިގެންނެވިއިރު، ގިނަ އަދަދެއްގެ އާންމު ރައްޔިތުންވެސް ވަނީ ބައިވެރިވެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުވަން މަޖިލީހުން ހުރަސް އަޅާ: އިބޫ

22 ފެބުރުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުވަން މަޖިލީހުން ހުރަސް އަޅާ: އިބޫ
14 ފެބުރުއަރީ 2017

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

14 ފެބުރުއަރީ 2017
ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު
11 ފެބުރުއަރީ 2017

ފުއާދަށް އިއްވި ހުކުމުގެ މުއްދަތު ހަމަވަނީ، އަދިވެސް ވިދާޅުވަނީ ގާނޫނާ ޚިލާފު ހުކުމެއް ކަމަށް!

11 ފެބުރުއަރީ 2017
ފުއާދަށް އިއްވި ހުކުމުގެ މުއްދަތު ހަމަވަނީ، އަދިވެސް ވިދާޅުވަނީ ގާނޫނާ ޚިލާފު ހުކުމެއް ކަމަށް!
08 ފެބުރުއަރީ 2017

ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ

08 ފެބުރުއަރީ 2017
ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ
01 ފެބުރުއަރީ 2017

ވިލާ ހައި ސުކޫލުން މަތީ ސާނާވީއަށް ދަރިވަރުން ހޯދަނީ

01 ފެބުރުއަރީ 2017
ވިލާ ހައި ސުކޫލުން މަތީ ސާނާވީއަށް ދަރިވަރުން ހޯދަނީ
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް