ކ. މާލެ
|
4 ސެޕްޓެންބަރ 2018 | އަންގާރަ 17:03
ބޮޑުތަކުރުފާނު މަގު ތާރު އެޅިފައިވާ ސަރަހައްދު
ބޮޑުތަކުރުފާނު މަގު ތާރު އެޅިފައިވާ ސަރަހައްދު
ޓްވިޓަރ
ބޭރު މަގު ތާރުއެޅުން
ޖަންކްޝަންތަކުގެ މަތިގަނޑު ތާރު އަޅައި ބައްދާލުމުން މައްސަލަ ބޮޑުވެއްޖެ!
 
ތާރު އެޅުމުގެ ސަބަބުން ދިމާވާ މައްސަލައެއް ނޫން:ހައުސިންގ މިނިސްޓްރީ
 
ބައެއް ގެތަކުގެ ފާހާނާތައް ބޭނުން ނުކުރެވޭ
 
ހެންވޭރުގެތަކުގެ ނަރުދަމާގެ މައްސަލަ ހައްލު ކުރުމަށް އެމްޑަބްލިއުއެސްސީ އިން ދަނީ މަސައްކަތް ކުރަމުން

ބޮޑުތަކުރުފާނު މަގުގައި ހުރި ބައެއް ޖަންކްޝަންތަކުގެ މަތި ނުނެގޭ ގޮތަށް ތާރު އަޅައި ބައްދާލުމުން ބައެެއް ސަރަހައްދުތަކުގެ ފާޚާނައިގެ މައްސަލަ ބޮޑުވެއްޖެ އެވެ. 

ބައެއް މީހުން ކިޔާދިން ގޮތުގައި ޖަންކްޝަން ފުރި، އެ ގެތަކުގެ ފާޚާނައިން ފެން ނުދިއުމުގެ މައްސަލަ ހައްލު ކުރުމަށްޓަކާއި މަސައްކަތް ކުރާތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ. އެމްޑަބްލިއުއެސްސީއަށް އަންގައިގެން މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވަނީ އެނގިފަ އެވެ.  

"މައްސަލަ ހައްލު ނުވެ ގިނަ ދުވަސްވަމުން ދާތީ، ބެލިއިރު އެނގުނީ ޖަންކްޝަންތަކުގެ މަތިގަނޑު ނުނެގޭ ގޮތަށް ތާރު އަޅާފައި ހުރުމުން ކަމަށް މައްސަލަ ހައްލު ނުވެގެން އުޅެނީ" ހެންވޭރު ގެއެއްގެ މީހަކު ކިޔާދިނެއެވެ.

މިކަމާ ގުޅޭ ގޮތުން ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި ޖަންކްޝަން ބެދުމުގެ ސަބަބުން ބައެއް ގެތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް އެމްޑަބްލިއުއެސްސީ އިން މަސައްކަތް ކުރަމުންދާ ކަމަށެވެ. މިކަންކަން ބުރާސްފަތި ދުވަހުގެ ކުރިން ހައްލު ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

ހައުސިންގ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އިބްރާހިމް ނަޒީމް ވިދާޅުވީ، ތާރު އެޅުމުގެ ކަންކަން ކޮށްފައިވަނީ ކަނޑައެޅިފައިވާ ޑިޒައިންއާ އެއްގޮތަށް ކަމަށާއި ޖަންކްޝަންތައް މަތީގައި ތާރު އެޅިފައިވަނީ އެއްވެސް ހާލެއްގައި އޮޅިގެން ނޫން ކަމަށެވެ. އެގޮތުން ތާރު އެޅުމުގެ ކުރިން ޖަންގްޝަންތައް މަތީގައި ދަގަނޑުތައް އެޅިފައިވާނެ ކަމަށާއި އެއްވެސް ހާލެއްގައި ޖަންކްޝަންތަކަށް ތާރު އެޅުމުގެ ސަބަބުން މައްސަލައެއް ދިމާނުވާނެ ކަމަށެވެ. 

ނަޒީމު ވިދާޅުވީ، ހެންވޭރުގެ ގެތަކުގެ ނަރުދަމާގެ މައްސަލަ ދިމާވެގެން އުޅެނީ، އެއްވެސް ހާލެއްގައި ތާރު އެޅުމުގެ ސަބަބުން ނޫން ކަމަށާއި އެއީ އެމްޑަބްލިއުއެސްސީގެ ބައެއް ޖަންގްޝަންތަކަށް ދިމާވެގެން އުޅޭ މައްސަލައަކާ އުޅޭ ކަމެއް ކަމަށެވެ.

ތާރުގަނޑު ކަފާލައިގެން ނެގުމަށް ފަހު ޖަންކްޝަންތައް ސާފުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
0%
0%
7%
14%
7%
71%
ކޮމެންޓް
5 ސެޕްޓެންބަރ 2018 | ބުދަ 08:41
ދޮސް
މިީކީ ތާރުގެ ކަމެއް ނޫން އެކަމަކު ތާރުގަނޑު ނަގައިގެން ސާފު ކުރަންވީޔޯ ބޯބުރާންތި
5 ސެޕްޓެންބަރ 2018 | ބުދަ 06:39
ބޮރުމައްސަލަ
ނަސީބެއް 23 ސެޕްޓެމްބަރުގެ ކުރިންނޭ ނުބުނިކަން.
5 ސެޕްޓެންބަރ 2018 | ބުދަ 00:35
Muizzu
Muizzu design Muizzu vefa