Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޔާމީން 2018

ވޯޓުލާ ދުވަހުގެ ކުރިން ވެލާނާ އެއާރޕޯޓްގައި ދުނިޔޭގައި މިހާތަނަށް ނުވެސް އުފައްދާ މަތިންދާބޯޓެއް ޖައްސާނެ ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ!

4 ސެޕްޓެމްބަރު 2018 | އަންގާރަ 12:01

ރައީސް ޔާމީން ތަކުރާރުކޮށް ވިދާޅުވަނީ ވޯޓުގެ ކުރިން އެންމެބޮޑު މަތިންދާ ބޯޓު A38 ވެލާނާ އެއާރޕޯޓުގައި ޖައްސާނެ ކަަމަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 4 ސެޕްޓެމްބަރު 2018 | އަންގާރަ 12:01
ދުނިޔޭގެ އެންމެބޮޑެތި މަތިންދާ ބޯޓު އެއާރބަސް A380 މަރުކާގެ މަތިންދާ ބޯޓެއް

ދުނިޔޭގެ އެންމެބޮޑެތި މަތިންދާ ބޯޓު އެއާރބަސް A380 މަރުކާގެ މަތިންދާ ބޯޓެއް

މިމަހުގެ 23 ވަނަ ދުވަހު ވޯޓުލާން ފެށުމުގެ ކުރިން ވެލާނަ އިންޓަރނޭޝަނަލް އެއާރޕޯޓުގައި މިހާތަނަށް ދުނިޔޭގެ އެއްވެސް ބަޔަކު އުފައްދާފައިނުވާ މަތިންދާ ބޯޓެއް ޖައްސާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

އދ. މާމިގިއްޔަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ރައީސް ޔާމީން ވިދާޅުވީ މިމަހުގެ 23 ވަނަ ދުވަހުގެ ކުރިން ރާއްޖޭގެ ބައިނަލްއަގްވާމީ އެއާރޕޯޓުގައި ދުނިޔޭގައި އުދުއްސާ އެންމެ ބޮޑު މަތިންދާ ބޯޓު A38 ޖައްސާނެ ކަމަށެވެ.

Advertisement - newsAdvertisement
"މިއަދު އަޅުގަނޑުމެން މިދައްކަނީ 23ގެ ވޯޓުގެ ކުރިން އަޅުގަނޑުމެންގެ ބައިނަލްއަގްވާމީ އެއާރޕޯޓުގައި ދުނިޔޭގައި އުދުއްސާ އެންމެ ބޮޑު މަތިންދާ ބޯޓް A38 ޖައްސާ ވާހަކަ. މިއީ ކުޑަކުޑަ ގައުމަކުން ރޮކެޓް ހަދައިގެން ހަނދަށް ދިއުން ކަހަލަކަމެއް، މީގެކުރިން ދިވެހިން މީގެކުރީގަތިބި ވިސްނުމުގައި ތިބިނަމަ. މިއަދު މިދައްކަނީ A38 ދިވެހިރާއްޖޭގެ އެއާރޕޯޓަށް ޖައްސާ ވާހަކަ،" ރައީސް ޔާމީން ވިދާޅުވި އެވެ.

އެ ޖަލްސާގައި ރައީސް ޔާމީން ވަނީ ތަކުރާރުކޮށް A38 މަތިންދާ ބޯޓު ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުގައި ޖައްސާނެ ކަމަށް ވިދާޅުވެފަ އެވެ.

ރައީސް ޔާމީން އެގޮތަށް ވިދާޅުވެފައިވާތީ އެފަދަ ކަންކަން އެނގޭ އަދި އެއާރޕޯޓުގައި މަސައްކަތްކުރާ ބައެއް ފަރާތްތަކުން ދަނީ ރައީސް ޔާމީނަށް ފާޑު ވިދާޅުވަމުން ނެވެ.

މިހާތަނަށް ދުނިޔޭގެ އެއްވެސް ބަޔަކު ރައީސް ޔާމީން އެވިދާޅުވާ މަތިންދާ ބޯޓެއް އުފައްދާފައިވާކަން އެނގޭކަށް ނެތެވެ. ނަމަވެސް އެއާބަސްއިން އުފައްދާ ދުނިޔޭގެ އެންމެ ބޮޑު މަތިންދާބޯޓުގެ މޮޑެލްއަށް ދީފައިވާ ނަމަކީ އެއާރބަސް A380 އެވެ. އެއީ ޑަބަލް ޑެކް އަދި އެހެން މަތިންދާ ބޯޓުތަކަށްވުރެ ފުޅާކޮށް، ހަތަރު ޖެޓް އިންޖީނާއެކު އުފައްދާފައިވާ މަތިންދާ ބޯޓެކެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓް މިސަރުކާރުން 1.2 ބިލިއަން ޑޮލަރުގެ ލޯނެއްގައި ތަރައްގީ ކުރަމުންދާއިރު، މިމަހުގެ 23ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓުގެ ކުރިން އަލަށް ހެދި ރަންވޭއާއި އެއާރޕޯޓްގައި އަލަށް ހެދި ބައެއް ތަންތަން ހުޅުވުމަށްޓަކައި ސަރުކާރުން ދަނީ މަސައްކަތް ކުރަމުން ނެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

އެމްޔޫއޯގެ ވަފުދެއް ތިނަދޫއަށް ހާއްސަ ޖަލްސާއެއް ބުރާސްފަތި ދުވަހުގެ ރޭ

23 ފެބުރުއަރީ 2017
އެމްޔޫއޯގެ ވަފުދެއް ތިނަދޫއަށް ހާއްސަ ޖަލްސާއެއް ބުރާސްފަތި ދުވަހުގެ ރޭ
22 ފެބުރުއަރީ 2017

ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ

22 ފެބުރުއަރީ 2017
ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ
14 ފެބުރުއަރީ 2017

ޕީޕީއެމްގެ "ހޭވައްލާ" ޖަލްސާ ބުރާސްފަތި ދުވަހުގެ ރޭ!

14 ފެބުރުއަރީ 2017
ޕީޕީއެމްގެ "ހޭވައްލާ" ޖަލްސާ ބުރާސްފަތި ދުވަހުގެ ރޭ!
13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި
08 ފެބުރުއަރީ 2017

ފެބްރުއަރީ ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި

08 ފެބުރުއަރީ 2017
ފެބްރުއަރީ  ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި
05 ފެބުރުއަރީ 2017

އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ

05 ފެބުރުއަރީ 2017
އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ
04 ފެބުރުއަރީ 2017

ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި

04 ފެބުރުއަރީ 2017
ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
02 ފެބުރުއަރީ 2017

ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!

02 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!
27 ޖެނުއަރީ 2017

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

27 ޖެނުއަރީ 2017
ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް