Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ދިއްދޫގެ ކުރީގެ ކައުންސިލަރަކާއި، އެކްޓިވިިސްޓަކު ހައްޔަރުކޮށްފި

3 ސެޕްޓެމްބަރު 2018 | ހޯމަ 19:23

އެ މީހުން ހައްޔަރުކޮށްފައިވަނީ ހޯމަ ދުވަހުގެރޭ ކޯޓު އަމުރެއްގެ ދަށުން

އަރުޝަމް އަބްދުލް ޢަޒީޒް
އަރުޝަމް އަބްދުލް ޢަޒީޒް | 3 ސެޕްޓެމްބަރު 2018 | ހޯމަ 19:23
އިބޫއާއެކު ދިއްދޫގެ ކުރީގެ ކައުންސިލަރު އަބްދުﷲ ވަހީދު، އޭނާގެ އިތުރުން އެކްޓިވިސްޓަކު ވަނީ ހައްޔަރުކޮށްފައި

އިބޫއާއެކު ދިއްދޫގެ ކުރީގެ ކައުންސިލަރު އަބްދުﷲ ވަހީދު، އޭނާގެ އިތުރުން އެކްޓިވިސްޓަކު ވަނީ ހައްޔަރުކޮށްފައި

ކޯޓު އަމުރެއްގެ ދަށުން ދިއްދޫގެ ކުރީގެ ކައުންސިލަރަކާއި، އެމްޑީޕީގެ އެކްޓިވިސްޓައަކު ހައްޔަރުކޮށްފި އެވެ.

އެ މީހުން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. އަދި ފުލުހުން ވަނީ ކޯޓު އަމުރާއެކު ދިއްދޫ އެމްޑީޕީ އޮފީހަށްވެސްވަދެފަ އެވެ.

Advertisement - newsAdvertisement

ކޯޓު އަމުރާއެކު ދިއްދޫއިން ހައްޔަރުކޮށްފައިވަނީ، އެ ރަށުގެ ކުރީގެ ކައުންސިލަރެއްކަމަށްވާ އަބްދުﷲ ވަހީދާއި، އެމްޑީޕީގެ އެކްޓިވެސްޓް އަލީ ހާޝިމް (ސްމިތް) ވެސް ވަނީ ހައްޔަރުކޮށްފައެވެ.

ރާއްޖެ.އެމްވީއަށް މައުލޫމާތުދެއްވަމުން ދިއްދޫ އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ނައީމް ވިދާޅުވީ ބެލެވޭ ގޮތުގައި އެ މީހުން ހައްޔަރު ކޮށްފައިވަނީ ޕީޕީއެމްގެ ވެރިންނާއި އާދީއްތަ ދުވަހު ޖެހުނު މައްސަލައަކާ ގުޅިގެންކަމަށެވެ.

އާދީއްތަ ދުވަހުގެ ރޭ އެމްޑީޕީގެ އޮފީހަށް ޕިކަޕަކުން ތަކެތި ބާލަނިކޮށް ޕީޕީއެމްގެ އިސް ވެރިން ކާރެއްގައި އައިސް ވަރަށް ހުތުރު ބަހުން ވާހަކަ ދެއްކި ކަމަށާއި އެ މީހުން ވަނީ އެ ޕިކަޕު އެތަނުން ވަގުތުން ވަގުތަށް ނެގުމަށް އަންގާފައިކަމަށް ނައީމް ވިދާޅުވި އެވެ. އަދި ޕިކަޕު ނުނެގެނީސް، އެ މީހުންގެ ކާރު ނިއްވާލުމަށްފަހު ވަނީ އެ މީހުންނާއެކު ގެނައި ލައުޑް ސްޕީކަރުތަކެއް އެމްޑީޕީގެ ހަރުގެ ތެރެއަށް ވައްދާ، ޕީޕީއެމްގެ ލަވަތައް ޖަހަން ފަށާފައި ކަމަށާއި، އެ ކަމުގައި އުޅުނީ ފެނަކައިގެ ރީޖަނަލް މެނޭޖަރު އަބްދުﷲ ޝުޖާއުއާއި އެ ރަށު ހޮސްޕިޓަލްގެ މެނޭޖަރަކާއި އަދިވެސް އިތުރު ދެ ބޭފުޅެއް ކަމަށް ވެސް ނައީމް ތުހުމަތުކުރެއްވި އެވެ.

އެ މީހުންތައް އެތަނުން ނެރެފައި ވަނީ ފުލުހުންނަށް ރިޕޯޓް ކޮށްގެން ކަމަށް ވެސް ނައީމް ވިދާޅުވިއެވެ.

ނައީމް ވިދާޅުވީ ޕީޕީއެމްގެ އިސްވެރިން އަދިވެސް ދަނީ އެމްޑީޕީގެ އެކްޓިވިސްޓުން ހައްޔަރުކުރާނެ ކަމަށް ބުނެ ބިރު ދައްކަމުންކަމަށެވެ. އަދި މިހާރު އެންމެ ދެ މީހުން ހައްޔަރުކޮށްފައި ވީނަމަވެސް ކުރިމަގުގައި އެއަދަދު ބޮޑުވާނެ ކަމުގެ އިޝާރާތެއް ދީފައި ކަމަށްވެސް ނައީމް ވިދާޅުވި އެވެ.

މިކަމާއި ގުޅެގޮތުން ފުލުހުންގެ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.

ދިއްދޫ އެމްޑީޕީ އެކްޓިވިސްޓުންތަކެއް ހައްޔަރުކޮށްފައިވާއިރު، ރިޔަސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް މި ހަފްތާގައި ދިއްދޫއަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ރ. މަޑުއްވަރީގައި ހިންގި 3 މާރާމާރީއަކާ ގުޅިގެން 7 މީހަކު ހައްޔަރުކޮށްފި

06 ފެބުރުއަރީ 2017
ރ. މަޑުއްވަރީގައި ހިންގި 3 މާރާމާރީއަކާ ގުޅިގެން 7 މީހަކު ހައްޔަރުކޮށްފި
05 ފެބުރުއަރީ 2017

ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

05 ފެބުރުއަރީ 2017
ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
27 ޖެނުއަރީ 2017

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

27 ޖެނުއަރީ 2017
ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް