Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުހޮލީވުޑް

ޑެނިއަލް ކްރެއިގް އާއި ރޭޗަލް ވައިޒް ފުރަތަމަ ދަރިފުޅަށް މަރުހަބާ ކިޔައިފި

މި ދެމީހުންގެ އަލަތު ދަރިފުޅަށް މަރުހަބާ ކިޔާފައިވަނީ މިދިޔަ ހޮނިހިރު ދުވަހު

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 3 ސެޕްޓެމްބަރު 2018 | ހޯމަ 07:22
ޑެނިއަލް ކްރެއިގް އާއި ރޭޗަލް ވައިޒް

ޑެނިއަލް ކްރެއިގް އާއި ރޭޗަލް ވައިޒް

ހޮލީވުޑްގެ ދެމަފިރިން ކަމަށްވާ ޑެނިއަލް ކްރެއިގް އާއި ރޭޗަލް ވައިޒް އަށް އަންހެން ދަރިއަކު ލިބިއްޖެ އެވެ.

މި ދެމީހުންގެ އަލަތު ދަރިފުޅަށް މަރުހަބާ ކިޔާފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ކަމަށް ޚަބަރުތައް ބުނެއެވެ.

"ޖޭމްސް ބޮންޑް"ގެ ރޯލް ކުޅޭ އުމުރުން 50 އަހަރުގެ ތަރި ކްރެއިގް އަދި އޮސްކާ އެވޯޑް ހާސިލްކޮށްފައިވާ އުމުރުން 48 އަހަރުގެ ވައިޒް ބަލިވެ އިންކަން ހާމަކޮށްފައި ވަނީ މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގައެވެ.

ޒާތީ ދިރިއުޅުން ސިއްރުކޮށްގެން އުޅޭ ކަމަށް ގިނަ ބަޔަކު ފާހަގަކުރާ މި ދެ ތަރިން 2011 ވަނަ އަހަރު ކައިވެނި ކޮށްފައިވާއިރު މި ޖޯޑަށް ކުރީގެ ގުޅުންތަކަށް ވަނީ ކުދިން ލިބިފައެވެ

ކްރެއިގް އާއި އެކްޓަރ ފިއޯނާ ލައުޑޮން އަށް 26 އަހަރުގެ އަންހެން ދަރިއަކު ލިބިފައިވެއެވެ. ވައިޒްއާއި ހޮލީވުޑް ޑައިރެކްޓަރ ޑެރަން އަރޮނޮފްސްކައި އަށް ވަނީ 12 އަހަރުގެ ފިރިހެން ދަރިއަކު ލިބިފައެވެ.

މި ދެރަތިންގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު ކްރެއިގް ދެން ފެނިގެންދާނީ "ބޮންޑް25" އިންނެވެ.

ވައިޒް އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ރޮމޭންޓިކް ޑްރާމާ "ޑިސްއޮބީޑިއަންސް" އިންނެވެ.

އިތުރަށް ކިޔާލަން

16 މާރިޗު 2017

"ބަދްރިނާތުކީ ދުލްހަނިޔާ"ގެ ކާމިޔާބީ އާއި ގުޅިގެން ބެލުނތެރިނަށް އުފާވެރި ޚަބަރެއް!

16 މާރިޗު 2017
"ބަދްރިނާތުކީ ދުލްހަނިޔާ"ގެ ކާމިޔާބީ އާއި ގުޅިގެން ބެލުނތެރިނަށް އުފާވެރި ޚަބަރެއް!
14 މާރިޗު 2017

އަނިލް އާއި ދަރިން އެކުގައި އެއް ފިލްމެއްގައި!

14 މާރިޗު 2017
އަނިލް އާއި ދަރިން އެކުގައި އެއް ފިލްމެއްގައި!
06 މާރިޗު 2017

ކޭޓީ ޕެރީ އާއި އޮލެންޑޯ ބްލޫމް ރުޅިވީ ދިރިއުޅުމާ މެދު "ހިޔާލު ތަފާތު ވުމުން"

06 މާރިޗު 2017
ކޭޓީ ޕެރީ އާއި އޮލެންޑޯ ބްލޫމް ރުޅިވީ ދިރިއުޅުމާ މެދު "ހިޔާލު ތަފާތު ވުމުން"
27 ފެބުރުއަރީ 2017

ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް

27 ފެބުރުއަރީ 2017
ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް
14 ފެބުރުއަރީ 2017

"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ

14 ފެބުރުއަރީ 2017
"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު