Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޝަހީމް އިލްޔާސް

ފަސް އަހަރުން ފާޅުވާ އިލްމުވެރިންނަކީ ކޮބައި ކަމެއް ނޭނގުނު!

2 ސެޕްޓެމްބަރު 2018 | އާދީއްތަ 13:30

ވަކި ކަމަކަށް ތިމާ ދަހިވެތިވުމުން ދެއްކޭ ނުދެއްކޭ ވާހަކަ ނޭނގޭ

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު | 2 ސެޕްޓެމްބަރު 2018 | އާދީއްތަ 13:30
ޝަހީމާއި އިލްޔާސް އަދާލަތު ޕާޓީގެ ބައްދަލުވުމެއްގައި

ޝަހީމާއި އިލްޔާސް އަދާލަތު ޕާޓީގެ ބައްދަލުވުމެއްގައި

ވަކި ވަރަކަށްވުރެ ބޮޑަށް ވަކި ކަމަކަށް ތިމާ ދަހިވެތިވުމުން ދެއްކޭ ނުދެއްކޭ ވާހަކަ ނޭނގޭ ފަހަރު އާދެއެވެ. ހަމައެއާއެކު ތިމާ އެންމެ ލޯބިވާ އަޚުންކަމުގައި ދެކޭ މީހުން ހަތުރުންނަށް ބަދަލުވާ ފަހަރު އާދެއެވެ. ކުރިން ތިމާ ދެއްކި ވާހަކަތައް ހަދާންނެތި އެއަށްވުރެ ލޯބިވާ ބަޔަކު މިއުޑުދަށުގައި ނެތް ކަމަށް ބުނި ބަޔަކަށް، ރަތް މަހަކަށްވެސް ނުދޭ ވަރުކޮށްލާތަން ފެންނަލެއް މަދެއް ނޫނެވެ. އެގޮތުން ޝައިޚް އިލްޔާސް ހުސައިނަށް ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރައްދު ދެއްވުމަކީ އެފަދަ ނަޒަރިއްޔާތަކުން ބެލިދާނެ ކަމެކެވެ.

ޝައިޚް އިލްޔާސް ހުސައިނާއި ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަކީ ވަރަށް ގާތް ދެބޭފުޅުންނެވެ. ޝަހީމްގެ ވާހަކަތަކުން އެމަނިކުފާނާ އެކުގައި މަސައްކަތްކުރައްވަން ހަމައެކަނި ބޭނުންފުޅުވާ ދެބޭފުޅުންގެ ތެރޭ އިލްޔާސަކީ އެކަކެވެ. ނަމަވެސް ސަރުކާރުގެ އަނިޔާވެރިކަމުގެ ވާހަކަ ޝޭޚް އިލްޔާސް ވިދާވުމުން އެކަންވެގެންދިޔައީ ޝަހީމަށް ހަޖަމްކުރައްވަން ދަތިފުޅުވި ކަމަށެވެ. އެވާހަކަތަކުގެ ރައްދުގައި ކޮންމެ ފަސް އަހަރަކުން އެއް އަހަރު، ޝެއިޚަކު ނިކުމެ ދިވެހިރާއްޖޭގެ ވެރިމީހާއަށް ހުކުމް އިއްވައިގެން ޤާނޫނީ ވެރިކަން ވައްޓާލާކަށް ނުޖެހޭ ކަމަށް ޝަހީމް ވިދާޅުވިއެވެ. ޝެއިހުން ފަތުވާދީގެން ވެރިކަން ވައްޓާނުލެވޭނެ ކަމަށް ވިދާޅުވެ ޝަހީމްގެ ބަހުގެ ޙަމަލާތައް އަމާޒުކުރެއްވީ ޝޭޚު އިލްޔާސަށެވެ.

Advertisement - newsAdvertisement

ޝޭޚް އިލްޔާސްގެ ވާހަކަތައް ހަޖަމު ކުރައްވަން ޝަހީމަށް ދަތިފުޅު ވެދާނެއެވެ. ސަބަބީ މިއަދު ޝަހީމު އެ މަސައްކަތް ކުރައްވަނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމަށް ވަޑައިގަތުމަށެވެ. އެތަކެއް ދުވަހު ކުރަމުން އައި އުއްމީދަކަށް ހުރަސް އެޅޭފަދަ އެއްޗެއް މީހަކު ބުނެފިނަމަ އެކަން ބަލައިގަންނަ އުދަގޫވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ޝަހީމާއި އިލްޔާސް އާއި ދެމެދު އުޑާއި ބިމާއި ހުރި ތަފާތު ހުންނަ ކަމަށް ގިނަ ރައްޔިތުން އެއްބަސްވެއެވެ. ސަބަބަކީ ދެގޮތެއް ނުވެ ޙައްޤުބަސް ބުނުމުގައި އިލްޔާސް އެއްގޮތެއްގައި ހުންނެވުމެވެ. 2008 ވަނަ އަހަރު އެމްޑީޕީ ކޯލިޝަން ވެރިކަމަށް ގެނައުމުގައި އިލްޔާސްގެ ދައުރު ވަރަށް ބޮޑެވެ. ނަމަވެސް އެމްޑީޕީގެ ސަރުކާރުންވެސް ގޯހުން ކުރާ ކަންކަމާއި ދެކޮޅަށް ބަސް ބުންޏެވެ. ނަމަވެސް މިހުރިހާ ދުވަހު ޝަހީމު ހުންނެވީ އަނގަމަތީގައި މަލަންގަނޑެއް އަޅުއްވައިގެންނެވެ.

ދީނީ ނަޒަރުން ބެލި ކަމުގައި ވިއަސް އިލްޔާސް އުޅުއްވަނީ ޝަހީމަށް ވުރެ މާ ކުރީގައި ކަމަށް ބެލެވެއެވެ. ރައްޔިތުންގެ މެދުގައި ދީނީ ދަރުހެއް ބޭއްވިއަސް ބައި ބޯވާނީ އިލްޔާސް ދެއްވާ ދީނީ ދަރުސުތަކެވެ. އެކަމާ ޖަދަލުކޮށް ޝައްކުކުރާނެ ރައްޔިތަކު ނެތެވެ. މި ހުންނަނީ މިކަމުގެ ކުޑަ ކުޑަ ހެއްކެކެވެ. މިހިރަ ކަންތައްތައް ޚުދު ޝަހީމް ވެސް އަމިއްލަފުޅަށް ޤަބޫލު ކުރައްވާނެކަން ޔަޤީނެވެ. ދެން އޮތް އަނެއް ކަމަކީ އިލްޔާސްގެ ވާހަކައިގައި، ފަތުވާއަކުން ވެރިކަން ވައްޓާލާ ވާހަކައެއް ނުދައްކަވައެވެ. އެހެން ނަމަ ރައީސް ޔާމީން ނޫން ބޭފުޅަކަށް ވެރިކަން ލިބިއްޖެނަމަ ރާއްޖޭގައި އިސްލާމްދީން ނޯންނާނެކަމަށް ވިދާޅުވާ ސަބަބު ޝަހީމްވެސް ސާފުކޮށްދެއްވުން ރަނގަޅުވާނެއެވެ. އިސްލާމްދީން ރާއްޖޭގައި މި އޮންނަނީ ވަކި މީހަކު ވެރިކަމުގައި ހުރެގެނެއް ނޫނެވެ. ޒަމާން ގަނޑަކަށް އަދިރި އަދިރިންވެސް ދިވެހިރާއްޖޭގެ މައްޗަށް ވެރިގަނެގެން މިތަނުގައި ވެރިކަންކުރިއެވެ. ދިވެހިންގެ ކަރަށް ގަދަކަމުން ރާ އެޅަމުންދިޔައިރުވެސް މިގައުމުގެ ފަސްގަނޑުން އިސްލާމްދީން ފޮހިވެގެން ގޮސްފައެއް ނުވެއެވެ.

ވެރިއެއްގެ ކިބައިގައި ހުންނަންޖެހޭ އެންމެ މުޙިއްމު ސިފަޔަކީ ޢަދުލު އިންސާފު ޤާއިމް ކުރުމެވެ. އެސިފަ ނެތް ކަމުގައިވާ ނަމަ ރައްޔިތުންވެސް ދީނީ އިލްމުވެރިންވެސް އެވާހަކަ ދައްކާނެއެވެ. ވެރިކަން ވައްޓާލަން އުޅޭ ވާހަކަ އާއި އިސްލާމްދީނުގެ ކާޑު ކުޅުއްވުމުގެ ބަދަލުގައި އަދުލު އިންސާފުގެ ވާހަކަ އާއި، އަނިޔާ ވެރިކަމާއި ގުޅޭ ގޮތުން އިލްޔާސް ވިދާޅުވި ވާހަކަތައް ޝަހީމު ރައްދު ނުދެއްވަނީ ކީއްވެކަން ރައްޔިތުންނަށް ސާފުކޮށްދިނުމަކީ މާ މުހިންމު ކަމެކެވެ.

އިލްޔާސް ވިދާޅުވީ ޤުރުއާނުގެ އާޔަތާ ހަދީޘެވެ. އިލްޔާސް ދެއްކެވި ވާހަކަ އެއީ ހައްގުކަން އާންމު ރައްޔިތުންނަށް ވުރެ ބޮޑަށް އެނގޭނީ ޝަހީމްފަދަ ޢިލްމު ވެރިންނަށެވެ. އެވިދާޅުވި އާޔަތްތަކާއި ވިދާޅުވި ހަދީޘަކީ ކަނޑައެޅިގެން ދޮގެއް ކަމަށް ޝަހީމަށް ވިދާޅުނުވެވޭނަމަ ދެން އިތުރަށް ދައްކާނެ ބަހަނާއެއް ނެތެވެ. މިއަދު މަގާމުގެ ދަހިވެތި ކަމުގައި އުޅެނީ ކާކުކަން އެންމެނަށް ވެސް އެނގެއެވެ. އިލިޔާސް ބުނީ އަބަދުވެސް މިހާރުވެސްމާދަންވެސް ހައްޤު ބަސް ބުނާނެ ވާހަކައެވެ. ނަޝީދު ކުރި ގޯސް ކަންކަމާ ދެކޮޅަށް ވަކާލާތު ކުރެއްވިއެވެ. ރައީސް ޔާމީން ކުރާ ގޯސް ކަންކަމާވެސް ދެކޮޅުވާން ވާނެއެވެ. އިބޫ ހޮވިގެން އިބޫ ވެސް އަނިޔާ ވެރި ވާނަމަ އެކަމާ ދެކޮޅުވާނެ ޢިލްމުވެރިއެއް ކަން އިލްޔާސް ދެއްކެވި ވާހަކަ އަޑު އެހި މީހަކަށް އެނގޭނެއެވެ

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަކުން މާބޮޑު އަސަރެއް ނުކުރާނެ:ލަތީފް

01 ފެބުރުއަރީ 2017
 ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަކުން މާބޮޑު އަސަރެއް ނުކުރާނެ:ލަތީފް
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
24 ޖެނުއަރީ 2017

ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި

24 ޖެނުއަރީ 2017
ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

23 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި
16 ޖެނުއަރީ 2017

ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

16 ޖެނުއަރީ 2017
ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި

11 ޖެނުއަރީ 2017
ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް