Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ޝަހީމްގެ ރަށުން، ސަރުކާރަށް ނޫނެކޭ ބުނެ، އިބޫއަށް އޮތް ތާއިދު ދައްކާލައިފި

2 ސެޕްޓެމްބަރު 2018 | އާދީއްތަ 12:50

ގިނަ އަދަދެއްގެ ބަޔަކު އިބޫގެ އިސްތިއުގުބާލުގައި ބަނދަރުމަތީގައި ތިބި

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 2 ސެޕްޓެމްބަރު 2018 | އާދީއްތަ 12:50
ގއ. މާމެންދޫއިން އިބޫއަށް މަރުހަބާ ކިޔުން

ގއ. މާމެންދޫއިން އިބޫއަށް މަރުހަބާ ކިޔުން

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓް ޑރ. މުހައްމަދު ޝާހީމްގެ އުފަން ރަށް، ގއ. މާމެންދޫއިން ސަރުކާރަށް ނޫނެކޭ ބުނެ، ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އަށް އޮތް ތާއިދު ދައްކާލައިފިއެވެ.

ހުވަދު އަތޮޅަށް އިބޫ ކުރައްވާ ދަތުރުފުޅުގައި އާދީއްތަ ދުވަހުގެ މެންދުރުފަހު މާމެންދޫއަށް ވަޑައިގެންނެވުމުން ގިނަ އަދަދެއްގެ ބަޔަކު ވަނީ ބަނދަރު ސަރަހައްދަށް ޖަމާވެ، އެމަނިކުފާނަށް އޮތް ތާއިދު ދައްކާލާފައެވެ. އެގޮތުން ބަނދަރުތަމަތީ ސަރަހައްދަށް ޖަމާވެފައި ތިބި މީހުންނާ ސަލާމް ކުރެއްވުމުގައި އިބޫ ގިނަ ވަގުތުތަކެއް ހޭދަ ކުރެއްވިއެވެ.

Advertisement - newsAdvertisement

އިބޫ މާމެންދޫއަށް ވަޑައިގަތުމުން އެމަނިކުފާނުގެ އިސްތިގުބާލުގައި، އެ ރަށަށް ނިސްބަތްވެވަޑައިގަންނަވާ ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް މުހުތާޒު މުހުސިންގެ އާއިލާގެ ގިނަ ބޭފުޅުން ބަނދަރު ސަރަހައްދަށް ވަޑައިގެން ތިއްބެވިއެވެ. ޖަލަށްލާފައިވާ މުހުތާޒަށް ދެމުންދާ އަނިޔާއާ ދެކޮޅަށް، އެ އާއިލާ ސަރުކާރާ ދެކޮޅަށް ތެދުވެފައިވާއިރު، އޭނާގެ ބައްޕާފުޅު އަބްދުﷲ މުހުސިން ވެސް ކުރީ ސަފުގައި އިބޫއަށް މަރުހަބާ ދެންނެވުމަށް ބަނދަރު ސަރަހައްދަށް ވަޑައިގެން ހުންނެވިއެވެ. އަދި މާމެންދޫގެ މީހުންނާ އިބޫ ސަލާމް ކުރެއްވި ވަގުތު ވެސް އިބޫގެ އަރިހުގައި މުހުސިން ހުންނެވިއެވެ.

މީގެ އިތުރުން ޖަލު ހުކުމް ތަމްފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ގާޒީ ނިހާންގެ އާއިލާގެ މެމްބަރުން ވެސް އިބޫގެ އިސްތިގުބާލުގައި ބަނދަރު ސަރަހައްދަށް ޖަމާވެފައި ތިއްބެވެ.

މާމެންދޫގައި ދެ ޖަގަހައެއް ހުޅުވުމަށްފަހު، ބޭއްވި ހަފްލާގައި ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒު ވިދާޅުވީ އީބޫއަށް ތާއިދު ކުރަން ނިންމާފައި ވަނީ ޕީޕީއެމްގެ ތާއިދު ބޮޑު އާއިލާތަކުން ކަމަށާއި މިފަހަރުގެ އިންތިހާބުގައި މާމެންދޫއިން އިބޫއަށް 80 ޕަސެންޓަށް ވުރެ މަތިން ވޯޓު ލިބޭނެ ކަމަށެވެ.

އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ރައީސް ޔާމީނަށް މި ރަށުން ބޮޑުތަނުން ނޫނެކޭ ބުނެފައިވާ ކަމަށެވެ. އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދުވަހުގެ ތެރޭގައި އިންސާފުން ބޭރުން ކަންތައް ކުރައްވާފައިވާ ބޭފުޅުން މިނިވަން ކުރައްވާނެ ކަމަށާއި އެގޮތުން ހައްޔަރުކޮށްފައިވާ ކުރީގެ ޕީޖީ މުހުތާޒާއި ގާޒީ ނިހާން މިނިވަން ކުރައްވާނެ ކަމަށެވެ.

އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގެ ފަހު ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް މާމެންދޫއިން ލިބިފައި ވަނީ 50.3 ޕަސެންޓް ވޯޓެވެ. އަދި ޕީޕީއެމަށް ލިބިފައި ވަނީ 49.7 ޕަސެންޓް ވޯޓެވެ.

ކައުންސިލް އިންތިހާބުގައި ވެސް މެޖޯރިޓީ ލިބިފައި ވަނީ އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީއަށެވެ. އެގޮތުން މި ރަށުގެ ކައުންސިލްގެ ތިން ގޮނޑިވެސް ހޯދާފައި ވަނީ އެމްޑީޕީންނެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ޕީޕީއެމް އަށް 11،000 މެމްބަރުން ސޮއި ކޮށްފައިވާ ކަމަށް އެޕާޓީން ބުނެފި

12 ފެބުރުއަރީ 2017
ޕީޕީއެމް އަށް 11،000 މެމްބަރުން ސޮއި ކޮށްފައިވާ ކަމަށް އެޕާޓީން ބުނެފި
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!
02 ފެބުރުއަރީ 2017

ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި

02 ފެބުރުއަރީ 2017
ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި
26 ޖެނުއަރީ 2017

ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

26 ޖެނުއަރީ 2017
ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި
22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
13 ޖެނުއަރީ 2017

ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް

13 ޖެނުއަރީ 2017
ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް