Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

ބަންޓީ އައުރު ބަބްލީގެ ދެވަނަ ބަޔާއި ގުޅޭގޮތުން އަބީޝެކް ބުނެފައިވަނީ މިހެން!

ކުރިން ޕްރޮޑިއުސަރގެ ވިސްނުންހުރި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 3 ސެޕްޓެމްބަރު 2018 | ހޯމަ 11:23
އަބީޝެކް ބަޗަން އާއި ރާނީ މުކަރްޖީ

އަބީޝެކް ބަޗަން އާއި ރާނީ މުކަރްޖީ

2005 ވަނަ އަހަރު ރިލީޒްކުރި ފިލްމް "ބަންޓީ އައުރު ބަބްލީ" ގެ ކާމިޔާބަށް ފަހު އެއިރު ފިލްމްގެ ދެވަނަބައެއް ހެދުމަށް ފިލްމްގެ ޕްރޮޑިއުސަރ އަދިއްތުޔާ ޗޯޕްރާގެ ވިސްނުން ހުރި ކަމަށް ބޮލީވުޑްގެ ތަރި އަބީޝެކް ބަޗަން ބުނެފިއެވެ.

އަބިޝެކް ބުނެފައި ވަނީ ނަމަވެސް އެއިރު ފިލްމްގެ ދެވަނަ ބައެއް ހެދުމަށް ސްކްރިޕްޓް ތައްޔާރުކޮށްފައި ނެތް ކަމަށެވެ.

ދާދި ފަހުން ވަނީ މި ފިލްމްގެ ދެވަނަ ބައެއް ހެދުމުގެ މަސައްކަތް ފަށާފައި ކަމަށް ޚަބަރު ފެތުރިފައިވަނިކޮށް އަބިޝެކް ބުނެފައިވަނީ އެއްވެސް މީހަކު އޭނާ އެ ފިލްމް ކުޅުމަށް ހުށަހަޅާފައި ނުވާ ކަމަށެވެ.

އަބީޝެކް ބުނެފައިވަނީ އާދީ އަށް ރަނގަޅު ސްޓޯރީއެއް ހޯދިއްޖެ ނަމަ އަދި އޭނާ ލައްވާ އެ ފިލްމް ކުޅުވަން ބޭނުންވާނަމަ އެކަން އަންގާނެ ކަމަށެވެ. މިވަގުތު އެއްވެސް އެއްޗެއް ބުނެވެން ނެތް ކަމަށް އަބީޝެކް ވަނީ ބުނެފައެވެ.

"އާދީ އަހަރެންގެ ގާތު އެއްވެސް އެއްޗެއް ނުބުނަނީސް މީޑިއާގައި ދެކެވޭ ވާހަކަތައް އަހަރެން ގަބޫލެއް ނުކުރާނަން" އަބީޝެކް ވަނީ ބުނެފައެވެ.

ޝާދް އަލީ ޑައިރެކްޓް ކޮށްފައިވާ "ބަންޓީ އައުރު ބަބްލީ" އިން ފެނިގެން ގޮސްފައިވަނީ އަބީޝެކް ބަޗަން އާއި ރާނީ މުކަރްޖީ އެވެ.

"ދޫމް4" އިން ވެސް އަބީޝެކް ފެނިގެންދާނެ ކަމުގެ އަޑުތައް ވަނީ ފެނިގެން ފަށާފައެވެ. މި ފިލްމްގައި ނުބައިބައި ރޯލު ކުޅޭނީ ޝާހުރުކް ޚާން ކަމަށް ޚަބަރުތައް ބުނެއެވެ. މި އެކްޝަން ފްރެންޗައިސްގައި ވިލަންގެ ރޯލުން ފެނިގެން ގޮސްފައިވަނީ ޖޯން އަބްރަހަމް، ރިތިކް ޜޯޝަން އަދި އެންމެ ފަހުން ރިލީޒް ކުރި "ދޫމް3" އިން ފެނިގެން ގޮސްފައިވަނީ އާމިރު ޚާން އެވެ.

އުމުރުން 42 އަހަރުގެ އެކްޓަރ ހުރީ އޭނާގެ އަންހެނުން އައިޝްވަރިޔާ އާއި އެކު ދިހަ އަހަރުގެ މެދުކެންޑުމަކަށްފަހު އަލުން ފިލްމް "ގުލްބް ޖާމުން" ގައި މަސައްކަތް ކުރެވޭތީ ވަރަށް އުފަލުންނެވެ.

" ގުލާބް ޖާމޫން ކުޅެން އައިސްވަރިޔާ ވެސް އަހަރެން ވެސް ވަނީ އެއްބަސް ވެފައި. ކުރިއަށް އޮތީ އެފިލްމްގެ މަސައްކަތް. ނަމަވެސް އެ ފިލްމްގެ މަސައްކަތް ފަށާނެ އިރެއް އަދި ނުނިންމޭ" އަބިޝެކް ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

21 ޖޫން 2017

ޝަލަބީގެ ދެވަނަ މަދަހަ އަލްބަމް މިއަދު ނެރެނީ

21 ޖޫން 2017
ޝަލަބީގެ ދެވަނަ މަދަހަ އަލްބަމް މިއަދު ނެރެނީ
25 މެއި 2017

ޓޮމް ކުރޫޒް: "ޓޮޕް ގަން"ގެ ދެވަނަ ފިލްމެއް ކުޅެނީ

25 މެއި 2017
ޓޮމް ކުރޫޒް: "ޓޮޕް ގަން"ގެ ދެވަނަ ފިލްމެއް ކުޅެނީ
22 މެއި 2017

"މާމާ މިއާ" ގެ ދެވަނަ ބައި ނެރެނީ

22 މެއި 2017
"މާމާ މިއާ" ގެ ދެވަނަ ބައި ނެރެނީ
13 މެއި 2017

ޕްރިޔަންކާގެ ހޮލީވުޑްގެ ދެވަނަ ފިލްމުން އޭނާ ފެންނާނީ މަންމައެއްގެ ރޯލުން

13 މެއި 2017
ޕްރިޔަންކާގެ ހޮލީވުޑްގެ ދެވަނަ ފިލްމުން އޭނާ ފެންނާނީ މަންމައެއްގެ ރޯލުން
10 މެއި 2017

"ތާރޓީން ރީޒަންސް ވައި" ގެ ދެވަނަ ސީޒަންއެއް ނެރެނީ

10 މެއި 2017
"ތާރޓީން ރީޒަންސް ވައި" ގެ ދެވަނަ ސީޒަންއެއް ނެރެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު