Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޝެއިޚް އިލްޔާސް

ޝެއިޚް އިލްޔާސްގެ އިންޒާރު އިސްލާމިކް މިނިސްޓަރަށް: އަޅުގަނޑުގެ ދޫ ނުހުޅުވައްޗޭ!

2 ސެޕްޓެމްބަރު 2018 | އާދީއްތަ 11:55

ދައްކާފައި ހުރި ވާހަކަތަކާއި ސިއްރުތައް ހާމަކުރާކަށް ނެތިން

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 2 ސެޕްޓެމްބަރު 2018 | އާދީއްތަ 11:55
ޝެއިޚް އިލްޔާސް ހުސައިން. ގުޅުފައިވާ ޕާޓީތަކުގެ ކެންޑިޑޭޓަށް ތާއީދު ކުރައްވަން ނިންމެވީ އެދެބޭފުޅުންގެ ފަރާތުން ކިބުރުވެރިކަމާއި ބޮޑާކަން ނުފެންނާތީކަމަށް ވިދާޅުވި

ޝެއިޚް އިލްޔާސް ހުސައިން. ގުޅުފައިވާ ޕާޓީތަކުގެ ކެންޑިޑޭޓަށް ތާއީދު ކުރައްވަން ނިންމެވީ އެދެބޭފުޅުންގެ ފަރާތުން ކިބުރުވެރިކަމާއި ބޮޑާކަން ނުފެންނާތީކަމަށް ވިދާޅުވި

އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒިޔާދު ބާގިރަށް މަޝްހޫރު ދީނީ އިލްމު ވެރިޔާ އިލްޔާސް ހުސައިން ވަރުގަދަ "އިންޒާރެއް" ދެއްވައިފި އެވެ.

އައްޑޫ ސިޓީގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިލްޔާސް ވިދާޅުވީ،

Advertisement - newsAdvertisement
"އަޅުގަނޑު އިސްލާމިކް މިނިސްޓަރަށް ވިދާޅުވާނީ އަޅުގަނޑުގެ ދޫ ނުހުޅުވައްޗޭ، އަޅުގަނޑުގެ ހުޅުވިއްޖެނަމަ އަޅުގަނޑަށް ހީވަނީ ވަރަށް ދެރަކަންތައް ވެދާނެހެން. އެއީ އަޅުގަނޑުގެ ކައިރީގައި ދައްކާފައިހުރި ވާހަކަތަކާއި އެ ސިއްރުތައް އަޅުގަނޑު ނެތިން ބޭޒާރު ކޮށްލާކަށް،" ޝެއިޚް އިލްޔާސް ވިދާޅުވިއެވެ.

ކޯލިޝަނުން އައްޑޫގައި ބޭއްވި ޖަލްސާގައި އިލްޔާސް ވިދާޅުވީ މި ސަރުކާރުން އެތަކެއް ކަމެއް ހުށައެޅި ކަމަށާއި އެހެން ނަމަވެސް އެ ކަންތައްތަކަށް ނޫނެކޭ ބުނީ ހައްގުބަސް ނުބުނެ، ޒާތީ މަންފާ އިސްކުރުމުން އަތުވެދާނެ ކޯފާއަކަށް ބިރުވެތި ވުމުން ކަމަށެވެ.

އަޑު އުފުލުމަކީ ކޮންމެ ރައްޔިތަކަށް ލިބިގެންވާ އަސާސީ ހައްގެއްކަން ފާހަގަކޮށް ޝެއިޚް އިލްޔާސް ވިދާޅުވީ އަނިޔާވެރިކަމާއި ދެކޮޅަށް ތެދުވުމަކީ ދީން ހުއްދަ ކުރާކަމެއް ކަމަށެވެ. ވެރިޔަކު ހޮވަނީ ރައްޔިތުންކަމަށާއި ވެރިމީހާ ގޯސްކޮށް ކަންތައް ކުރާނަމަ އެކަން ހުއްޓުވުމަށް ތެދުވުމަކީ ރައްޔިތުންގެ މައްޗަށް ލާޒިމު ކަމެއްކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ ހައްގު ގެއްލިގެންދާނަމަ ހައްގު ހޯދައި ދިނުމަކީ ގާޒީގެ ވާޖިބެއްކަމަށެވެ. އެހެން ނަމަވެސް މިހާރު ފެންނަނީ ގާޒީން ލައްވާ ބޭނުންވާ ހުރިހާ ހުކުމެއް ކުރުމަށްފަހު ބޭނުން ނެތުމުން އެއްލާލާތަން ކަމަށް ވިދާޅުވިއެވެ.

" ހުކުމް ކުރެއްވުމުގެ ކުރީގައި ކޮންމެ ގާޒީއަކު 100 ފަހަރު ނިސާ ސޫރަތުގެ 105 ވަނަ އާޔަތުން ފެށިގެން 113 ވަނަ އާޔަތުގެ ނިޔަލަށް ކިޔަވާ ވިދާޅުވެ މިއާޔަތް ބާވައިލެއްވުނު ސަބަބުތަކާއި މެދު ވިސްނާލެއްވުމަށް އަޅުގަނޑު ވަސިއްޔަތް ކުރަން. ނަސޭހަތްތެރިވަން. މީހަކު ބުނާ ގޮތަކަށް ނޫން ހުކުމް ކުރާނީ. ﷲ ސުބުހާނަހޫ ވަތައާލާ ބާވައިލެއްވި ގޮތަށް. ހައްގު ގެއްލިގެން އެބަދޭ، އެހެންވެއްޖިއްޔާ ހައްގު ހޯދައިދިނުމަކީ ގާޒީގެ ވާޖިބެއް، އޭރުން ﷲ ގެ ނަސްރާއި މަދަދު ލިބޭނީ. އަޅުގަނޑުމެންނަށް މި ފެންނަނީ އަޅުގަނޑުމެންގެ ގާޒީން ލައްވާ ބޭނުންވާ ހުރިހާ ކަމެއް ކޮށްފަ ބޭނުން ހިފުނީމަ ނަގާފަ ސައްޕެއް ޖަހާފަ ނަގާފަ އެއްލާލާ ތަން. އެއްލާލީމަ ބައެއް ގާޒީން ވިދާޅުވަނީ...ހާދަ އަނިޔާވެރިއޭ." ޝެއިޚް އިލްޔާސް ވިދާޅުވިއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ރަނިންމޭޓް ފައިސަލް ނަސީމަށް ތާއީދު ކުރައްވަން ނިންމެވީ "އެ ދެ ބޭފުޅުންގެ ފަރާތުން ކިބުރުވެރިކަމާއި ބޮޑާކަން ނުފެންނާތީ" ކަމަށް ވެސް އިލްޔާސް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

02 މާރިޗު 2017

ފ އަތޮޅަށް އަރައިގެން ނުވާނެ ކަމަށް ރާއްޖެޓީވީއަށް އިންޒާރުދީފި

02 މާރިޗު 2017
ފ އަތޮޅަށް އަރައިގެން ނުވާނެ ކަމަށް ރާއްޖެޓީވީއަށް އިންޒާރުދީފި
01 މާރިޗު 2017

ވަޅިހަރައި މަރާލާނެ ކަމުގެ އިންޒާރުދިންތާ ފަސް ދުވަސް ވީއިރު ވެސް އެމީހާ ހައްޔަރެއް ނުކުރެވުނު!

01 މާރިޗު 2017
ވަޅިހަރައި މަރާލާނެ ކަމުގެ އިންޒާރުދިންތާ ފަސް ދުވަސް ވީއިރު ވެސް އެމީހާ ހައްޔަރެއް ނުކުރެވުނު!
26 ފެބުރުއަރީ 2017

އިސްކަންދަރު ކޮއްޓަށް އިންޒާރުގެ ލިޔުން ތަކެއް އެޅި ދެ ފުލުހަކު ވަޒީފާއިން ވަކިކޮށްފި

26 ފެބުރުއަރީ 2017
އިސްކަންދަރު ކޮއްޓަށް އިންޒާރުގެ ލިޔުން ތަކެއް އެޅި ދެ ފުލުހަކު ވަޒީފާއިން ވަކިކޮށްފި
25 ފެބުރުއަރީ 2017

ތިނަދޫގައި އަޅާ އިސްލާމިކް ސެންޓަރުގެ ޕްރޮޖެކްޓް އެއްކޮށް މިސަރުކާރުން މިވަނީ ބަދަލުކޮށްފަ: ގަސަމް

25 ފެބުރުއަރީ 2017
ތިނަދޫގައި އަޅާ އިސްލާމިކް ސެންޓަރުގެ ޕްރޮޖެކްޓް އެއްކޮށް މިސަރުކާރުން މިވަނީ ބަދަލުކޮށްފަ: ގަސަމް
25 ފެބުރުއަރީ 2017

މެމްބަރު އިމްތިޔާޒަށް މަރުގެ އިންޒާރުދިން މައްސަލަ ބަލަނީ

25 ފެބުރުއަރީ 2017
މެމްބަރު އިމްތިޔާޒަށް މަރުގެ އިންޒާރުދިން މައްސަލަ ބަލަނީ
25 ފެބުރުއަރީ 2017

ވަޅި ހަރައި މަރާލާނެ ކަމަށް ބުނެ މެމްބަރު އިމްތިޔާޒަށް އިންޒާރުދީފި

25 ފެބުރުއަރީ 2017
ވަޅި ހަރައި މަރާލާނެ ކަމަށް ބުނެ މެމްބަރު އިމްތިޔާޒަށް އިންޒާރުދީފި
22 ފެބުރުއަރީ 2017

ބީއެމްއެލްގެ އިސްލާމިކް ބޭންކުން ގެދޮރު އިމާރާތް ކުރުމަށް ފައިނޭންސް ކޮށްދެނީ

22 ފެބުރުއަރީ 2017
ބީއެމްއެލްގެ އިސްލާމިކް ބޭންކުން ގެދޮރު އިމާރާތް ކުރުމަށް ފައިނޭންސް ކޮށްދެނީ
15 ފެބުރުއަރީ 2017

އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި

15 ފެބުރުއަރީ 2017
އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި
29 ޖެނުއަރީ 2017

އިންޒާރު: މޫނު ބުރުގާ އަޅައިގެން ސްކޫލަށް އައިސްގެން ނުވާނެ!

29 ޖެނުއަރީ 2017
އިންޒާރު: މޫނު ބުރުގާ އަޅައިގެން ސްކޫލަށް އައިސްގެން ނުވާނެ!
19 ޖެނުއަރީ 2017

ރައީސް ޔާމީން ފެކްޝަނުން ރައީސް މައުމޫނަށް އިންޒާރު ދީފި

19 ޖެނުއަރީ 2017
ރައީސް ޔާމީން ފެކްޝަނުން ރައީސް މައުމޫނަށް އިންޒާރު ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް